މާލޭ ބޭރު ތޮށި މަރާމާތު ކުރުމަށް ޖަޕާނުން 140،000 ޑޮލަރުގެ ހިލޭ އެހީ ދޭން އެއްބަސްވުން: ފޮޓޯ/ ފޮރިން މިނިސްޓްރީ
ހަބަރު
17 Sep 2024 | 12:42
މާލޭ ބޭރު ތޮށި މަރާމާތު ކުރުމަށް ޖަޕާނުން 140،000 ޑޮލަރުގެ ހިލޭ އެހީ ދޭން އެއްބަސްވެއްޖެ!

މާލޭގެ ބޭރު ތޮށި މަރާމާތު ކުރުމަށްޓަކައި ޖަޕާނު ސަރުކާރުން 20 މިލިއަން ޖަޕާނީ ޔެން (ގާތްގަނޑަކަށް 140،000 އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީއެއް ދިވެހި ސަރުކާރަށް ދޭން އެއްބަސްވެއްޖެއެވެ.

މި އެހީ ދިނުމަށް އެއްބަސްވެފައިވަނީ "މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމުގެ މަޝްރޫޢު" ފެށުމަށް މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު އަލްފާޟިލާ ތަކެއުޗި މިދޯރި އާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލް މޫސާ ޒަމީރެވެ.

މި މަޝްރޫޢަކީ 1988 އިން 2006 އަށް ހިންގުނު މާލޭ ބޭރު ތޮށި އެޅުމުގެ ތާރީޚީ މަޝްރޫޢުގެ ދެވަނަ ފިޔަވައްސެވެ.

ޖަޕާނު އެންބަސީން ފާހަގަކޮށްފައިވާ ގޮތުން އެ މަޝްރޫޢުގެ ސަބަބުން 2004 ގެ ސުނާމީގައި މާލެއަށް ލިބުނު ގެއްލުން ކުޑަކޮށް މާލޭގެ ރައްޔިތުން ރައްކާތެރިކުރުމަށް އެހީވެދިނެވެ.

އަދި އެއީ ދެ ޤައުމުގެ ދެމެހެއްޓެނިވި ގުޅުމާއި އިތުބާރުގެ ނިޝާނެއް ކަމަށްވެސް ބުންޏެވެ.

މާލޭ ބޭރު ތޮށި މަރާމާތު ކުރުމަށް ޖަޕާނުން 140،000 ޑޮލަރުގެ ހިލޭ އެހީ ދޭން އެއްބަސްވުން: ފޮޓޯ/ ފޮރިން މިނިސްޓްރީ<br>

މީގެ އިތުރުން، މި އައު މަޝްރޫޢުގެ ދަށުން މާލޭގެ އުތުރާއި އިރުމަތީ ފަރާތުގެ ބޭރު ތޮށި އަޕްގްރޭޑްކޮށް، ފެނާ ގުޅުންހުރި ކާރިސާތަކުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއް އެޅޭނެ ކަމަށާ، އަދި މާލޭގައި ވާރޭ ފެން ހިންދުމަށް ބޭނުންވާ ޚާއްޞަ އާލާތްތަކެއް ޖަޕާނު ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް އެ އެނއބަސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ޑިޒައިން މަރުހަލާ ނިންމުމަށް 1 އަހަރު ދުވަސް ނަގާނެ ކަމަށް ޖަޕާނުން ލަފާކުރާއިރު، އޭގެ ފަހުން ކޮންސްޓްރަކްޝަން މަރުހަލާގައި ބޮޑު އަދަދެއްގެ ހިލޭ އެހީ ދީގެން 2027 ވަނަ އަހަރުގެ ނިޔަލަށް މާލޭ ބޭރު ތޮށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމުމަށް ރޭވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޖަޕާނުން އިތުރަށް ބުނީ، މި ދެ ފިޔަވަހީގެ މަޝްރޫޢު ހިންގާނީ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރާ ގުޅިގެން ކަމަށެވެ.

ޖަޕާނުގެ ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.