އިކޮނޮމިކް މިނިސްޓަރު ސައީދު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Sep 2024 | 21:51
ޗައިނާގެ އެފްޓީއޭ ފެށުމުން ވެސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެ: މިނިސްޓަރ ސައީދު

ޗައިނާގެ އެފްޓީއޭ ފެށުމުން ވެސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެކަމުގެ ޔަޤީންކަން އިކޮނޮމިކް މިނިސްޓަރު ސައީދު ދެއްވައިފިއެވެ.

މިނިސްޓަރ ސައީދު ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ފެށުމުން ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައިވާއިރު، މި އެއްބަސްވުމަށް އަމަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ 1 ގައެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ބޮޑެތި ވިޔަފާރިތަކާ ދިވެހި ވިޔަފާރިތަކަށް އެއްހަމައެއްގައި ވާދަކުރަން ނުޖެހޭނެ ކަމަށެވެ.

"ރާއްޖޭގައި އެ ބޭފުޅުންނަށް [ޗައިނާ ކުންފުނިތަކަށް] ހަރަކާތްތެރިއެއް ނުވެވޭނެ އީކުއަލް ޓާފެއްގައި. އަޅުގަނޑުމެން ހުންނާނެ ރެސްޓްރިކްޝަންތަކެއް ލާފައި ދިވެހި ކުންފުނިތައް ހިމާޔަތް ކުރަން،" 

މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ޓޫރިޒަމް ދާއިރާގައި ޗައިނާގެ އޭޖެންޓުންނަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނެ ފުރުސަތު ނުލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 އިންސައްތަ ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއިން ޗައިނާއަށް މަހުގެ 296 ބާވަތެއް ސުން ޕަސެންޓު ޑިއުޓީގައި އެކްސްޕޯޓް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ބޭރު ގައުމުތަކުން މަހުގެ ބާވަތްތައް ގެނެސް ވެލިއު އެޑްކޮށް ޗައިނާއަށް ރީއެކްސްޕޯޓް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމަކީ ދިވެހި ވިޔަފާރިތަކަށާއި އިޤްތިޞާދަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެ އެއްބަސްވުމެއް ކަމުގައި މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.