ކުޑަކުދިން ބައިވެރިވެގެން ކުރާ ކުށްތައް ދަނީ އިތުރުވަމުން --
ހަބަރު
17 Sep 2024 | 23:57
ހޯޕް އައިލެންޑުން ކުޑަކުދިން އިޞްލާޙުކުރުމުގެ ގޮންޖެހުންތަކުގެ 95 އިންސައްތަ ޙައްލުވާނެ: ހޯމް މިނިސްޓްރީ

ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް މުޖުތަމަޢަށް އަނބުރާ ގެނައުމަށް ސަރުކާރުން ޤާއިމުކުރަން ނިންމާފައިވާ "ހޯޕް އައިލެންޑް" އާއެކު، ކުޑަކުދިން ރިހެބިލިޓޭޓްކުރުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކުގެ 95 އިންސައްތަ ޙައްލުވެގެންދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ވަޙީދު ވިދާޅުވި ގޮތުގައި، މިހާރު ކުޑަކުދިން ރިހެބިލިޓޭޓްކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ދަތިކަން ދިމާވާއިރު، ހޯޕް އައިލެންޑަކީ ކުޑަކުދިން ރިހެބިލިޓޭޓްކުރުމުގެ ހުރިހާ ވަސީލަތްތަކެއް އެއްތަނަކުން ލިބޭނެ ތަނެކެވެ. މީގެ އިތުރުން، ކުދިންނަށް ރަނގަޅު ފަހި ފުރުޞަތުތަކެއް މި ތަނުން ހޯދައިދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) ގެ މަޤްޞަދަކީ ކުށްކުރާ ކުދިންނަށް އަދަބުދިނުމުގެ ބަދަލުގައި އެ ކުދިން މުޖުތަމަޢަށް އަނބުރާ ގެނައުން ކަމަށް ހަސަން ވަޙީދު ފާހަގަކުރެއްވިއެވެ. ޤާނޫނާ ފުށުއަރާ ކުޑަކުދިންގެ މައްސަލަތައް ބަލައި، އެ ކުދިން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ ޑީޖޭޖޭ އަށެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުތަކާ އަޅާބަލާއިރު މި އަހަރު ކުޑަކުދިންގެ މައްސަލަތައް މަދުވެފައިވެއެވެ. ނަމަވެސް، ކުޑަކުދިން އެންމެ ގިނައިން ބައިވެރިވަނީ މަސްތުވާތަކެތި، މާރާމާރީ، ވައްކަން، ޖިންސީ ޢަމަލު އަދި މުދަލަށް ގެއްލުންދިނުމުގެ މައްސަލަތަކުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުއާއެކު، ކުށުގެ ވެށިން ކުޑަކުދިން ދުރުކޮށް، އެ ކުދިން ރަނގަޅު މަގަށް ގެނައުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.