މިޔަންމާގައި ފެން ބޮޑުވެފައި:ފޮޓޯ/އަލް-ޖަޒީރާ
ދުނިޔެ
19 Sep 2024 | 11:25
ތޫފާން ޔާގީ: މިޔަންމާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް މަރުވި މީހުންގެ އަދަދު 200 އިން މައްޗަށް

ތޫފާން ޔާގީގެ ސަބަބުން މިޔަންމާގައި މަރުވި މީހުންގެ އަދަދު 220 އަށް ވުރެ މައްޗަށް އަރާފައިވާއިރު އިތުރު 80 އެއްހާ މީހުން އަދިވެސް ގެއްލިފައިވާ ކަމަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނެފި އެވެ.

ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ވިއެޓްނާމާއި ލާއޯސް، ތައިލެންޑް އަދި މިޔަންމާގެ އުތުރުގެ ސަރަހައްދުތަކަށް އެރި މި ތޫފާނުގައި މިހާތަނަށް އެ ސަރަހައްދުގެ 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިޔަންމާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިޔަންމާގެ އަވަށްތައް ހަލާކުވެ 226 މީހުން ވަނީ މަރުވެފައެވެ.

އެތައް ލައްކަ އޭކަރުގެ ދަނޑުތައް ހަލާކުވެފައިވާއިރު، ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ އެ ގައުމުގެ ބައި މިލިއަނަށް ވުރެ ގިނަ މީހުންނަށް ކާބޯތަކެތީގެ އިތުރުން ބޯފެނާއި ބޯހިޔާވަހިކަމާއި ފޭރާން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމުގެ އިންޒާރު ވެސް އދ އިން ވަނީ ދީފަ އެވެ.

އދ އިން ބުނީ ތޫފާނުގެ ސަބަބުން ނުވަ ސްޓޭޓަކާއި ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި އެ ގައުމުގެ ވެރިރަށް ނެޕިޑޯގެ އިތުރުން އުތުރުން މަންޑަލޭ އާއި ހުޅަނގުން މެގްވޭ އަދި ދެކުނުން ބާގޯ ހިމެނޭ ކަމަށެވެ.

މި ތޫފާނުގެ ސަބަބުން ތައިލެންޑަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއްލިބިފައެވެ.
ޑިޕާޓްމަންޓް އޮފް ޑިޒާސްޓަރ ޕްރިވެންޝަން އެންޑް މިޓިގޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުން ފެށިގެން ތައިލޭންޑުގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމާއި ފެންބޮޑުވުމުގެ ހާދިސާތަކުގައި 45 މީހުން ވަނީ މަރުވެފައެވެ.

ޔުނިސެފުން ބުނި ގޮތުގައި ލާއޯސްގައި ފެންބޮޑުވެ 7،825 އޭކަރު (3،166 ހެކްޓަރު) ގެ ދަނޑުތަކުގައި ފެންބޮޑުވެ، ތިން މީހުން މަރުވެ، 440 އަށް ވުރެ ގިނަ އާއިލާ ސަލާމަތީ ހިސާބުތަކަށް ގެންގޮސްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.