އައްޑޫގައި ހިނގި އެކްސިޑެންޓް
ހަބަރު
19 Sep 2024 | 10:26
ވޭނަކުން ޖެހި، މީހަކު މަރުވި އެކްސިޑެންޓްގައި ވޭނުގެ ޑްރައިވަރުގެ މައްޗަށް ކުށް ސާބިތު ނުވި

އައްޑޫ ސިޓީ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލަާގައި ވޭން ދުއްވަން އިން މީހާގެ މައްޗަށް ކުށް ސާބިތު ނުވެ އޭނާ ސަލާމަތްވެއްޖެ އެވެ. 

2019 ވަނަ އަހަރުގެ ކުރީކޮޅު އައްޑޫ ހިތަދޫ ކުނިކޮށި ސަރަހައްދުން ސައިކަލަކާއި ވޭނެއް ޖެހި ހިނގި އެކްސިޑެންޓްގައި، ވެމްކޯގެ އައްޑޫ ބްރާންޗުގެ މުވައްޒަފަކު ވަނީ ނިޔާވެފައެވެ.

އެގޮތުން މި އެކްސިޑެންޓް އެކްސިޑެންޓް ހިނގާފައިވަނީ ކުނިކޮށި ސަރަހައްދުގައި ހުންނަ ވެމްކޯ އޮފީހަށް، ނިޔާވި މުވައްޒަފު ސައިކަލުގައި ވަންނަން އުޅެނިކޮށް ފޭދޫ މެޑިސިޓީގެ ވޭނަކުން ސައިކަލުގައި ޖެހިގެންނެވެ. 

އެ މައްސަލަ އާއި ގުޅިގެން ވޭން ދުއްވަން އިން މީހާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. މީހަކު މަރުވެދިޔުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. އެ މީހާގެ މައްޗަށް އުފުލި އަނެއް ދައުވާއަކީ، އަނިޔާއެއް ދިނުމުގެ ދައުވާ އެވެ.

މި ދެ ދައުވާއިންވެސް އޭނާ ވަނީ ސަލާމަތްވެފަ އެވެ.

އެގޮތުން މައްސަލާގައި ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަފީފް، ކުރި ހުކުމުގައި ވާގޮތުން ދެ ދައުވާވެސް ވޭން ދުއްވި މީހާގެ މައްޗަށް ސާބިތުވާވަރަށް ހެއްކެއް ނެތެވެ. 

ކޮމެންޓް
އައްޓަމަސް
އަމިއްލައަށް މަރުވީތާ
19 Sep 2024
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.