ޖަޕާނުގެ ޚާރިޖީ ވަޒީރު ޔޯކޯ ކަމިކަވާ:ފޮޓީ/އަލް-ޖަޒީރާ
ދުނިޔެ
19 Sep 2024 | 14:19
ޗައިނާގައި ޖަޕާނުގެ ސްކޫލެއް ކައިރީ ވަޅިން ހަމަލާދީ ކުޑަކުއްޖަކު މަރާލައިފި

ޗައިނާގެ ޝެންޒެން ސިޓީގައި ހުންނަ ޖަޕާނުގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް 44 އަހަރުގެ ފިރިހެނަކު ވަޅިން ހަމަލާދީ މަރާލާފައިވާކަމަށް ކަމަށް ދެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ޖަޕާނުގެ ޚާރިޖީ ވަޒީރު ޔޯކޯ ކަމިކަވާ ވިދާޅުވީ ބުދަ ދުވަހުގެ ހެނދުނު ޝެންޒެން ޖަޕާން ސްކޫލްގެ ގޭޓުން ގާތްގަނޑަކަށް 200 މީޓަރު (220 ޔާޑު) ދުރުން ހަމަލާދިން ކުއްޖާ މަރުވެފައިވަނީ ބުރާސްފަތި މިއަދު ކަމަށެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ އެ ކުއްޖާގެ ބައްޕައަކީ ޖަޕާނުގެ ރައްޔިތެއް ކަމަށާއި އޭނާގެ މަންމައަކީ ޗައިނާގެ ރައްޔިތެއް ކަމަށެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ބްރީފިންއެއްގައި އޭނާ ވިދާޅުވީ އެ ހަމަލާއަކީ "ވަކި" މައްސަލައެއް ކަމަށާއި "ޗައިނާ އާއި ޖަޕާނުން މި މައްސަލައާ ގުޅޭ ގޮތުން މުއާމަލާތް ކުރަމުން އަންނަ" ކަމަށެވެ.
"އަޅުގަނޑު ވަރަށް ސީރިއަސްކޮށް މި ކަން ނަގަނީ،" ކަމީކާވާ ވިދާޅުވި އެވެ. "މިއީ އެއްވެސް ގައުމެއްގައި ކޮށްގެންވާނެ ކަމެއް ނޫން. ވަކިން ޚާއްޞަކޮށް، އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން، މި ޢަމަލަކީ، ސްކޫލަށް ދިޔަ މަގުމަތީގައި ކުއްޖަކާ މެދު ހިންގި އަމަލެއް ކަމަށް ވާތީ."

އަދި ހަގީގަތް ތަފްސީލުކޮށް ދިނުމަށް ޖަޕާނުން ޗައިނާއަށް އަންގާފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ލިން މީގެ ކުރިން ވިދާޅުވީ ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި 1931 ވަނަ އަހަރު ޗައިނާ އާއި ޖަޕާނާ ދެމެދު ހަނގުރާމައެއް ފެށުނު ހާދިސާއަށް އަހަރީ ދުވަސް ފުރުމާ ދިމާކޮށް ރައްކާތެރިކަން އިތުރުކުރުމަށް އެދުނު ނަމަވެސް އެ ދަރިވަރު މަރުވުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ވެސް ކަމީކާވާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.