އިހަވަންދިއްޕޮޅުގައި މިއަދު ފެށި އޮފްޝޯ ބަންކަރިން ހިދުމަތުގައި ބޭނުންކުރާ ދެ ތެޔޮ ބާޖު -- ފޮޓޯ: ދައުރު
ހަބަރު
19 Sep 2024 | 19:10
ހޯރަފުށީ ފަޅު ހިއްކައިގެން ބޮޑު ކޮންޓައިނާ ޓާމިނަލެއް އަޅަނީ

ހޯރަފުށީ ފަޅު ހިއްކައިގެން ބޮޑު ކޮންޓައިނާ ޓާމިނަލެއް އަޅަން ސަރުކާރުން ނިންމައިފިއެވެ. 

ހއ. ހޯރަފުށީ ފަޅުން ހިއްކާ ބިމުގައި ބޮޑު ކޮންޓެއިނަރ ޓާމިނަލެއް ހަދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިންގ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައެވެ.

ވަޖީހު ވިދާޅުވި ގޮތުގައި ހޯރަފުށީ ފަޅު ހިއްކައިގެން އޮއިލް ޓާމިނަލެއް، ކޮންޓެއިނަރ ޓާމިނަލެއް އަދި ފްރީ ޒޯނެއް ސަރުކާރުން ތަރައްޤީކުރާނެއެވެ. މީގެ އިތުރުން، އުތުރުގައި އެމްޕީއެލްއިން 14 މެރިޓައިމް ޚިދުމަތެއް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހޯރަފުށީގެ ފަޅު ހިއްކައިގެން އެތާނގައި ބިމެއް އުފައްދައި އެއްގަމުން ބަންކަރިން ހިދުމަތް ދެވޭނެ ގޮތަށް އޮއިލް ޓާމިނަލް ތައްޔާރުކުރާނެ. ބިން ހިއްކައިގެން އޮއިލް ޓާމިނަލް ގާއިމުކޮށްފައި ބޮޑެތި ޓޭންކަރުތައް ބަހައްޓާނެ. ކޮންޓެއިނާ ޓާމިނަލް ގާއިމުކުރާނެ.،" 

ވަޖީހު ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ބަންކަރިންގ ޚިދުމަތުގެ ދަށުން ބޯޓުތަކަށް ތެޔޮ ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. އެސްޓީއޯއިން ވަނީ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ހަކަތައިގެ ވިޔަފާރިކުރާ ކުންފުނި ކަމަށްވާ ވިޓޯލްއާއެކު ބަންކަރިންގ މަޝްރޫޢު ހިންގުމުގެ އެމްއޯޔޫގައި ސޮއިކޮށްފައެވެ.

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު އެއް ސިނާޢަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ބައެއް ކަމުގައި ސަރުކާރުން ބުނެއެވެ. އަދި މި މަޝްރޫޢުން ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ވެސް ސަރުކާރުގެ އިސް ފަރާތްތަކުން ހާމަކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.