ބަންކަރިންގެ ފެށުމުގެ ރަަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ -- ފޮޓޯ: ސަން
ހަބަރު
19 Sep 2024 | 22:02
ބަންކަރިން ޚިދުމަތާމެދު ކުރީގެ ވެރިން ދައްކަވާ ވާހަކަ ތަކަށް ސުވާލު އުފައްދަން ޖެހޭ: ސައީދު

ސަރުކާރުން އަލަށް ތަޢާރަފުކުރި ބަންކަރިންގ ޚިދުމަތާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ގޮތަށް ކުރީގެ ވެރިން ދައްކަވަމުންދާ ވާހަކަތަކަކީ ޤައުމާމެދު ހެޔޮއެދިގެން ދައްކަވާ ވާހަކަތަކެއްތޯ އެ ބޭފުޅުން އަމިއްލަފުޅަށް ސުވާލު އުފައްދަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީގައި ބޭއްވުނު ބަންކަރިންގ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި ޚިދުމަތް ފެށުމާ ގުޅިގެން ބައެއް އިސްވެރިން ވަރަށް ބޮޑަށް ޝައްކު ކުރައްވާފައިވާ ކަމަށެވެ. މި ޚިދުމަތަކީ ނުވާނެ ކަމެއް ނޫންކަން ސާބިތުކޮށްދިނުމުގެ ގޮތުން 50 އަހަރު ކުރިން މަސްދޯނިތަކުގައި އިންޖީނު އެޅުމާއި ފަތުރުވެރިކަން ފެށުމާ ގުޅޭ މިސާލުތަކެއް ސައީދު ދެއްވިއެވެ.

މިނިސްޓަރު ސައީދު ހާމަކުރެއްވި ގޮތުގައި ބަންކަރިންގ ޚިދުމަތަށް 15 އާއި 20 މިލިއަނާ ދެމެދުގެ އަދަދެއްގެ އެމެރިކާ ޑޮލަރު އެސްޓީއޯއިން އިންވެސްޓުކުރާނެއެވެ. އަދި ރައްޔިތުންނާއި އިންވެސްޓަރުންގެ ހިތުގައި ޝައްކު އުފެދޭގޮތަށް ކުރީގެ ވެރިން ވާހަކަދެއްކެވުމަކީ ޤައުމިއްޔަތާ ދެކޮޅު ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

"ދައުލަތުން ލައްކައިން މުސާރަ ނަންގަވާ ބޭފުޅުން ވެސް ވަހުމުތަކާއި ޝައްކުތައް ކުރުވައި މި ކަން ވިޔަ ނުދިނުމަށް ޓަކައި ހަމަ ފައި ވިއްދާފައި، ރާއްޖެ ބަނގުރޫޓުކުރުމަށް މި ކަން ވެސް ވިޔަ ނުދިނުމަށް ޓަކައި ދެ ލައްކައެއްހައި ރުފިޔާ މުސާރަ ވެސް ނަންގަވައިގެން ހަމަ ރެޔާއި ދުވާލު ބޮޑެތި ވާހަކަތައް ދައްކަމުން ގެންދެވީ،" 

ސައީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަކު މަސައްކަތް ފައްޓަވައިފިނަމަ އެކަމަށް ހިތްވަރުދޭންވާނެ ކަމަށެވެ. އަދި އިޤްތިޞާދު ބޮޑު އަޑިގަނޑެއްގައި އޮތްއިރު، އެކަމުން އަރައިގަތުމަށް އާ މަސައްކަތްތައް ފެށުން މުހިންމު ކަމަށާއި، ބަންކަރިންގ ޚިދުމަތާއެކު އިހަވަންދިއްޕޮޅު ހުޅުވައިލެވުނީ ބައިނަލްއަޤްވާމީ ބޮޑު ވިޔަފާރިއަކަށް ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.