ޑރ. އިޔާޒު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --
ހަބަރު
19 Sep 2024 | 23:26
ޑރ.އިޔާޒްގެ ސިޓީއެއް ރައީސަށް، ޑރ.ޝަހީމަށް ފިޔަވަޅު އަޅުއްވައިދެއްވާ

ބުދަދުވަހު ރައީސް އޮފީހުގައި ބޭއްވި ނިއުސްކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ޝަހީމަށް ފިޔަވަޅު އަޅައިދިނުމަށް އެދި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ.އިޔާޒްގެ ސިޓީއެއް ރައީސް ޑރ.މުޢިއްޒަށް ފޮނުއްވައިފިއެވެ.

ޑރ. އިޔާޒު ރައީސް މުޢިއްޒަށް ފޮނުއްވި ސިޓީ ވަނީ ވޮއިސްއަށް ލިބިފައެވެ. އެސިޓީއަކީ ޞައްޙަ ސިޓީއެއްކަން ވޮއިސްއަށް ޑރ.އިޔާޒުވަނީ ކަށަވަރު ކޮށްދެއްވާފައެވެ.  

އެސިޓީގައި ޑރ.އިޔާޒް ވިދާޅުވެފައިވަނީ 18 ސެޕްޓެމްބަރ 2024 ވަނަދުވަހު ރައީސް އޮފީހުގައި އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރ ޝަހީމް ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމެއްގައި ހުންނަވައިގެން ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެވަޑައިގަތްކަމަށް ބެލެވޭ ވާހަކަ ތަކެއް ދެއްކެވި ކަމަށެވެ.

މިފަދަ ޢަމަލަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރެއްވުން އެކަށީގެންނުވާ، އަދި އިސްލާމީ އަޚްލާޤާއި ދިވެހި މުޖުތަމަޢުގެ އާދަކާދައާ ޚިލާފު އަމަލެއް ކަމުގައި ދެކޭ ކަމަށްވެސް ޑރ.އިޔާޒުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސަށް ފޮނުއްވި ސިޓީގައި ޑރ.އިޔާޒު އިތުރަށް ވިދާޅުވެފައިވަނީ ގައުމީ ނިޝާން ޖެހި ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަން ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވަނީ ރަސްމީ ހައިސިއްޔަތަކުން ރަސްމީ ވާހަކަފުޅު ދެއްކެވުމަށް ކަމަށެވެ. އަދި ރަސްމީ ވާހަކަތަކުން ބޭރުން ތިމާއާއި އަނެކާއާ ދެމެދު އޮތް ޒާތީ ކަމެއްގެ ކަންތައްތަކެއްގައި، ދައުލަތުގެ ވަޞީލަތްތައް ބެނުންކޮށްގެން މީޑިއާ މެދުވެރިކޮށް ތިމާގެ ޒާތީ ޕީއާރު ރަނގަޅު ކުރަން މަސައްކަތް ކުރުމަކީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބެނުންކޮށްގެން ތިމާއަށް ފައިދާ ހޯދަން އުޅުމުގެ ޖިނާއީ ކުށެއްކަމަށްވެސް އެސިޓީގައި ޑރ.އިޔާޒު ލިޔުއްވާފައިވެއެވެ.

އެހެންކަމުން މިކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ތަހުޤީޤު ކުރައްވަން ޖެހޭ ބާވަތުގެ ކަމެއްކަމަށްވެސް ޑރ.އިޔާޒު ފާހަގަކުރައްވާފައި ވެއެވެ.

ވީމާ މިމައްސަލަ ބައްލަވައި، މިނިސްޓަރ ޝަހީމްގެ މި ޢަމަލު ކުށްވެރިކުރައްވައ، އޭނާގެ މައްޗަށް އެކަށީގެންވާ ފިޔަވަޅު އަޅުއްވައިދެއްވުމަށް އެސިޓީގައި ޑރ.އިޔާޒު ރައީސްގެ އަރިހުން އެދިވަޑައިގެންފައިވެއެވެ. އަދި މުސްތަޤުބަލުގައި މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށްވެސް ޑރ.އިޔާޒުގެ ސިޓީގައި ރައީސަށް ދަންނަވާފައިވެއެވެ.

މިފަދަސިޓީއެއް ޑރ.އިއްޔާޒު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާއިރު، ޑރ.އިޔާޒުގެ އަނބިކަނބަލު ވަރިކުރަން ޑރ.ޝަހީމް ޑރ.އިޔާޒުއަށް އެންގެވިންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ.ޝަހީމް ވަނީ ޑރ. އިޔާޒުގެ އަނބިކަނބަލުން ވަރިކުރަން ދަންނަވައިފައި ނުވާނެކަމަށް ބުދަދުވަހުގެ ނޫސްކޮންފަރެންސްގައި ވިދާޅުވެފައެވެ. އަދި އެފަދަ ކަންކަމަކީ ސަރުކާރުގެ ފަރާތުން ދަންނަވަންޖެހޭ ފަދަ ވާހަކަތަކެއް ނޫންކަމަށް ވިދާޅުވެ ޑރ.ޝަހީމްވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ.

ޑރ.އިޔާޒުގެ ސިޓީއަކީ އެވަހަކަ ތަކާގުޅިގެން ފޮނުއްވި ސިޓީއެއްކަމަށް ބެލެވެއެވެ. 

ކޮމެންޓް
ބަޗީ
ތިޔަ އުޅުއްވާ ހުތުރު ގޮތްކޮޅު ދޫކުރައްވާ ހަމަ ވިސްނުން ގެންގުޅުއްވާ. ސޯޝަލް މީޑިޔާ ޕުލެޓުފޯމުތަކުގައި އައްޗި އެއްޗެހި އަމިއްލައަށް ލިޔުއްވީ. މިހާރު ތި އުޅުއްވަނީ އޭގެ ނުބައިވަސް ދުވާތީ. ލަދު ކޮބައިތޯ؟ ޗީ ޗީ ޗީ.
20 Sep 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.