އެމްޑީޕީގެ ރައީސް ޝާހިދު
ހަބަރު
20 Sep 2024 | 11:43
އިންޑިޔާއިން އަންނަނީ އެއީ އިތުބާރު ހިފޭ ބައިވެރިއެއްކަން ސާބިތުކޮށްދެމުން: ޝާހިދު

މި ސަރުކާރުގެ ގޮތް ނޭނގޭ ޚާރިޖީ ސިޔާސަތު ތަކާއެކުވެސް، އަވަށްޓެރި އިންޑިޔާއިން އަންނަނީ އެއީ އިތުބާރު ހިފޭ ބައުވެރިއެއްކަން ސާބިތުކޮށް ދެމުން ކަމަށް، އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދޫކޮށްފައިވާ 200 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ނުދައްކާ އޮތް 100 މިލިއަން ޑޮލަރުގެ ތެރެއިން އިތުރު 50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާއިން ފަސްކޮށްދިނުމާ ގުޅިގެން ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިޔާއިން އެ ނިންމުން ނިންމީތީ އުފާކުރައްވާ ކަމަށެވެ. އަދި އެއީ ކުއްލި މާލީ އެހީއެއްގެ ގޮތުގައި ދެއްވި މުހިންމު އެހީއެއްކަންވެސް ފާހަގަކުރެއްވިއެވެ.  

އިންޑިޔާ އަކީ ރާއްޖެއަށް އިތުބާރު ކުރެވޭ އަދި ދެމިހުންނަ އެކުވެރިއެއް. ސަރުކާރުން އިޤްތިޞާދު ބެލެހެއްޓުމުގައި ދިމާވެފައިވާ މައްސަލަތަކާއި އަދި ގޮތްނޭނގޭ އުފެދޭ ޚާރިޖީ ސިޔާސަތު ތަކާއެކުވެސް، އިންޑިޔާ އިން އަންނަނީ އެއީ ފުރިހަމަ ބައިވެރިއެއްކަން ސާބިތުކޮށްދެމުން

މިއާއެކު ޝާހިދު ވަނީ ދިވެހި ރައްޔިތުންނަށް އިންޑިޔާއިން ދެއްވާ ޚޚާއްޞަ ސަމާލުކަމަށް ޝުކުރު އަދާކުރައްވައި، ހުރިހާ ގައުމުތަކާއެކު ރަހުމަތްތެރި، އެކުވެރި ގުޅުމެއް އޮތުމަކީ ކުރިއެރުމާއި ފާގަތިކަމަށް ކޮންމެހެން ބޭނުންވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އިންޑިޔާއިން ފަސްކޮށްދިން ލޯނަކީ، 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ނަގާފައިވާ ލޯނެކެވެ. މި ލޯނު ދޫކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ ގެރެންޓީގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ރާއްޖޭގެ ބްރާންޗުންނެވެ. މި ނިންމުމާ ގުޅިގެން، އެސްބީއައިން ޓީބިލްގެ ގޮތުގައި ނަގާފައިވާ އަދަދުގެ ތެރެއިން ނުދައްކާ އޮތް 100 މިލިއަން ޑޮލަރު ދެއްކުން މިހާރު ވަނީ ފަސްކުރެވިފައެވެ.

މި ލޯނުގެ 50 މިލިއަން ޑޮލަރު ދެއްކުމުގެ ސުންގަޑި އިއްޔެގެ ނިޔަލަށް ހަމަވާއިރު، އިންޑިއާ ސަރުކާރުން ވަނީ މި ފައިސާ ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ދަންމާލުމަށް އެއްބަސްވެފައެވެ. މީގެ ކުރިން މޭ މަހުގައިވެސް، އެހެން 50 މިލިއަން ޑޮލަރެއް ދެއްކުމުގެ މުއްދަތު އިތުރުކޮށްދީ، އެ ޓީބިލް ރޯލްއޯވަރ ކޮށްފައިވެއެވެ.

ކޮމެންޓް
އަހުދުނާމާ
އެމީހުންގެ އިތުބާރުގެ މައްސަލައެއް ނޫން އުޅެނީކީ އެމްޑީޕީން ގައުމު ވިއްކާލާ ޖީބައްލާރި ޖެހުން މައްސަލައަކީ
20 Sep 2024
ރައްޒާޤް
މިކަލޭގެ ކިބައިން މިގައުމު ސަލާމާތްވާނީ ކޮންދުވަހަކުންބާ؟ މައުމޫނު ދައުރުއްސުރެ ވައްކަން ކުރުމުގަ.
20 Sep 2024
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.