ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް
ހަބަރު
22 Sep 2024 | 11:43
ލަންކާގެ އިންތިޚާބީ ރައީސަށް ރައީސް ޞާލިހް މަރުޙަބާ ދަންނަވައިފި

ލަންކާގެ އިންތިޚާބީ ރައީސް އަނުރާ ކުމާރާ ދިސާނާޔަކަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް މަރުޙަބާ ދަންނަވައިފިއެވެ.

ރައީސް ޞާލިހް މި މަރުޙަބާ ދެންނެވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޞާލިހްގެ ޕޯސްޓުގައި ވަނީ، އަނޫރާގެ ރައީސް ކަމުގައި ދިވެހިރާއްޖެއާއި ލަންކާއާ ދެމެދު އޮތް ދުވަސްވީ ރަނގަޅު ގުޅުން ދެމިގެންދާނެ ކަމާމެދު ޔަގީންކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

"ލަންކާގެ އާންމު އިންތިޚާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދެވި އިންތިޚާބީ ރައީސް އަނުރާ ކުމާރާ ދިސާނާޔަކަށް މަރުޙަބާ ދަންނަވަން. މަނިކުފާނުގެ ވެރިކަމުގައި ލަންކާގެ ރައްޔިތުންނަށް ސުލްޙަވެރިކަމާއި، ކުރިއެރުމާއި، ފާގަތިކަން ލިބޭނެ ކަމަށް އުއްމީދުކުރަން. އަދި ދިވެހިރާއްޖެއާއި ލަންކާއާ ދެމެދު އޮތް ދުވަސްވީ ރަނގަޅު ގުޅުން ދެމިގެންދާނެ ކަމާމެދު އަޅުގަނޑު ޔަގީންކުރަން".

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް

ލަންކާގައި އިއްޔެ އޮތް ރިޔާސީ އިންތީޚާބުގައި ވޯޓުލާ ނިމި ވޯޓު ގުނުމުގެ މަސައްކަތް ފެށިފައިވާއިރު، އިންތިޚާބުގައި ވާދަކުރައްވާ ނުފޫޒުގަދަ ސިޔާސީ ވަރުގަދަ ލީޑަރުން ބަލިކޮށް ކުޑަ ޕާޓީއަކުން ކުރިމަތިލައިފައިވާ އަނޫރާ ކުމާރަ ޑިސެނަޔަކަށް ކާމިޔާބީ ލިބުފައިވާ ކަން މިހާރު ވަނީ ދާދި ޔަގީން ވެފައެވެ. 

އެގޮތުން، ޑިސެނަކަށް 52 ޕަސެންޓް ވަނީ ލިބިވަޑައިގެންފައިވާއިރު، ރަނިލްއަށް 16.4 ޕަސެންޓް، ސަޖިތަށް 23.86 ޕަސެންޓް އަދި ނަމާލްއަށް 2.94 ޕަސެންޓް ވަނީ ލިބިފައެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައީ ހޮނިހިރު ދުވަހު ހެނދުނު 7 ން ހަވީރު 4 އަށެވެ. މުޅި ޤައުމުގެ 13,400 އަށްވުރެ ގިނަ ވޯޓުލާ މަރުކަޒުތަކެއްގައި ވޯޓުލުން ކުރިއަށް ދިޔައިރު ވޯޓުލާފައިވަނީ 70 އިންސައްތަ މީހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.