ޖަޕާން
ދުނިޔެ
23 Sep 2024 | 12:46
ޖަޕާނުގެ މެދުތެރޭގައި ފެންބޮޑުވެ ހަ މީހަކު މަރުވެ 10 މީހުން ގެއްލިއްޖެ

ޖަޕާނުގެ މެދުތެރޭ ސަރަހައްދެއްކަމަށްވާ އިޝިކާވާ ހިސާބުގަނޑަށް ރެކޯޑް އަދަދަކަށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހަ މީހަކު މަރުވެ 10 މީހަކު ގެއްލިއްޖެ އެވެ. 

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ، މި ސަރަހައްދުތަކަށެވެ. މިއީ އަހަރުގެ ކުރީކޮޅު އައި ނުރައްކާތެރި ބިންހެލުމުގެ އަސަރުތަކުން އަރައި ނުގަވިގެންއުޅޭ ވަޖީމާ އާއި ސުޒޫގެ ސިޓީގެ ސަރަހައްދުތަކެވެ.

މަރުވި ހަ މީހުންގެ ތެރެއިން ދެ މީހަކު ފެނިފައިވަނީ ވަޖީމާގައި ބިންގަނޑު ކަނޑައިގެން ދިޔަ ޓަނަލެއްގެ ކައިރިންނެވެ. އޭގެ ތެރެއިން އެކަކީ އެ ސަރަހައްދުގެ މަރާމާތުތައް ކުރަމުން ދިޔަ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެކެވެ. ބާކީ ތިބި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެ ފިރިހެނުންނާއި އުމުރުން ދުވަސްވީ އަންހެނަކު ހިމެނޭ ކަމަށް ޖަޕާނު ޓައިމްސް އިން ވަނީ އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓްކޮށްފަ އެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު އިޝިކާވާއަށް އެންމެ މަތީ "ފުރާނައަށް ނުރައްކާވާ" އެލާޓް ލެވެލް ނެރެފައިވީ ނަމަވެސް އާދީއްތަ ދުވަހުވަނީ އެ އެލާޓް އާންމު އިންޒާރަކަށް ދަށްކޮށްފަ އެވެ. އެހެން ނަމަވެސް ހޯމަ ދުވަހާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު ދީ، އޮފިޝަލުން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ފެންބޮޑުވެ، ލިބުނު ގެއްލުންތަކުގެ ސަބަބުން އިޝިކާވާގެ ރައްޔިތުންނަށް ވަނީ އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ހޯމަ ދުވަހު ގާތްގަނޑަކަށް 4،000 ގޭބިސީއަށް ކަރަންޓް ކެނޑިފައިވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. 

އިޝިކާވާގެ ހަތަރު ސިޓީއެއް ކަމަށްވާ ވާޖިމާ، ސުޒޫ އަދި ނޯޓޯ ހިމެނޭ ގޮތަށް ޖުމްލަ 40،000 އަށް ވުރެ ގިނަ މީހުން ވަނީ ހަފުތާ ބަންދުގައި ސަލާމަތީ ހިސާބުތަކަށް ގެންގޮސްފަ އެވެ. އަދި އަވަށްޓެރި ނިގާޓާ އާއި ޔަމަގަޓާ ސަރަހައްދުތަކުންވެސް ގިނަ އަދަދެއްގެ މީހުން ސަލާމަތީ ހިސާބުތަކަށް ގެންގޮސްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.