ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑަކުން، ވިޔަފާރިކުރަނީ...
ހަބަރު
23 Sep 2024 | 13:19
އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން، ބީއެމްއެލުން ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސް އާއެކު ގާއިމްކޮށްފައިވާ އެކްސްކުލޫސިވް ޕާޓްނަރޝިޕްގެ ދަށުން އެމެރިކަން އެކްސްޕްރެސްގެ ހިދުމަތް ރާއްޖޭގައި ދެމުން އަންނަތާ 20 އަހަރު ފާހަގަކުރުމުގެ ގޮތުން ބީއެމްއެލުން ހަރަކާތްތަކެއް ފަށައިފިއެވެ.

މި ހަރަކާތްތައް މިދިޔަ ޖުލައި މަހު ބޭއްވި އިވެންޓަކުން ފަށާފައިވާއިރު، މިއަދު ވަނީ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު މެންބަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކާޑު މެންބަރުން މަދުވެގެން 3،000 ރުފިޔާގެ ވިޔަފާރިކުރުމުން 20،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ހޯދުމަށް ގުރުއަތެއްގައި ބައިވެރިވެވޭނެއެވެ. ފްލައިޓް، ކާރު ނުވަތަ ހޮޓެލް ބުކް ކުރުމަށް ނުވަތަ ރާއްޖޭގެ ވިޔަފާރިތަކުންނާއި ނުވަތަ އެމެޒޯން، އެޕަލް އަދި ސްޕޮޓިފައި ފަދަ ރާއްޖޭން ބޭރުގެ މަރޗަންޓްތަކުން ގިފްޓް ކާޑު ގަތުމަށްވެސް ބީއެމްއެލް ރިވޯޑް ޕޮއިންޓް ބޭނުންކުރެވޭނެއެވެ.

މިކަމާ ގުޅުވައި ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ، 2004 ވަނަ އަހަރު ރާއްޖެއަށް އެމެރިކް އެކްސްޕްރެސްގެ ކްރެޑިޓް ކާޑު ތައާރަފްކޮށް، ދުނިޔޭގެ ފުރަތަމަ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ތައާރަފް ކުރެވުމަކީ ބީއެމްއެލަށް ލިބުނު ފަޚުރެއް ކަމަށެވެ.

މީގެއިތުރުން، ޕާޓްނާޝިޕަށް 20 އަހަރުވެފައިވާކަން ފާހަގަކުރައްވައި ނިމާލް ވިދާޅުވީ، އެމެރިކަން އެކްސްޕްރެސްއަކީ ދިވެހިންގެ މެދުގައި މަގުބޫލު އަދި އިތުބާރު ކުރާ ބްރޭންޑެއް ކަމަށެވެ.

އެމެރިކަން އެކްސްޕްރެސް އިން އަބަދުވެސް ކާޑު މެންބަރުންނަށް ޚާއްސަ އޮފާތައް ފޯރުކޮށްދޭކަމަށާއި މި ފަހުން ތައާރަފްކުރި ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑުކަމަށާއި މިކާޑުން ލިބޭ ޚާއްސަ ފައިދާތަކާއެކު، ކަސްޓަމަރުން ނުހަނު ބޮޑަށް ބޭނުންވާ ޕްރޮޑަކްޓަކަށްވާނޭ ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްއަކީ 345،000 އަށްވުރެ ގިނަ ކަސްޓަމަރުންނާއެކު، ރާއްޖޭގައި އެންމެ ގިނަ ކާޑު ދޫކޮށް، ކާޑުގެ ޚިދުމަތްތައް ބަލައިގަންނަމުން އަންނަ ބޭންކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.