ލުބުނާން
ދުނިޔެ
24 Sep 2024 | 10:20
ލުބްނާނުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 490 އިން މައްޗަށް

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ލުބްނާނަށް އިއްޔެ ދިން ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 490 އަށް ވުރެ މައްޗަށް އަރައިފާވާކަމަށް ލުބުނާނުގެ ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.

ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ ޝަހީދުކޮށްލި މީހުންގެ އަދަދު 491 އަށް އަރާފައިވާކަމަށް ށެވެ. މީގެ ތެރޭގައި 35 ކުޑަކުދިންނާއި 58 އަންހެނުން ހިމެނޭކަމަށް ވެސް ވަނީބުނެފައެވެ.

ނިރުބަވެރިން ވަނީ ލުބްނާންގެ އިރުމައްޗާއި ދެކުނުގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދީފައެވެ. އަދި ރޭވެސް އިތުރު ތަންތަނަށް ހަމަލާތައް ދޭނެ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ލުބުނާނުގެ ދެކުނު އަދި އިރުމަތީ ސަރަހައްދުން 1،400 އަށް ވުރެ ގިނަ ބާވަތުގެ ހަތިޔާރާއެކު 1،100 އަށްވެރެގިނަ އަމާޒަކަށް ހަމަލާދީފައިވާ ކަމަށެވެ.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކާއި ޑްރޯންތަކުން ގާތްގަނޑަކަށް 650 ވަރަކަށް ހަމަލާ ދީފައި ވާއިރު، އެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިމާރާތްތަކާއި ވެހިކަލްތަކާއި އުމްރާނީ ވަސީލަތްތަކަށް ކަމަށް ބުނެފައިވެއެވެ.

މީޑިއާތަކުގައި ލުބުނާނުގެ އެންބިއުލޭސް ގައި ހަރަކާތްތެރިވާ ބަޔަކަށް ހަމަލާދީ، އެންބިއެލޭންސްގައި ރޯވެފައިވާ މަންޒަރުފެންނަ ވީޑިއޯ އަދި ފޮޓޯތައްދަނީ ދައުރުވަމުންނެވެ.

ހިޒްބުﷲއިން ހަތިޔާރު ގެންގުޅޭ ތަންތަނަށް ހަމަލާ ދޭނެ ކަމަށް އިސްރާއިލުން ބުނެފައި ވާއިރު މި ތަންތަން ކައިރިން މީހުން ހުސް ކުރަންވެސް އިންޒާރު ވަނީ ދީފައި ވެއެވެ.

މިދިޔަ ހަފްތާ ހިޒްބުﷲގެ ހަނގުރާމަވެރިން ބޭނުންކުރާ އެތައް ހާސް މުވާސަލާތީ ވަސީލަތްތައް ލުބުނާނުގެ އެކި ސަރަހައްދުތަކުގައި ގޮވައި 39 މީހުން މަރުވެ، ގާތްގަނޑަކަށް 3،000 މީހުން ޒަހަމްވެފައިވެ އެވެ.

މި ހަމަލާތަކާއި ގުޅިގެން ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ވެސް ދަނީ އިސްރާއީލުގެ އެކި އަމާޒުތަކަށް ރޮކެޓް އަދި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ.

އިސްރާއީލުން ބުނީ އިއްޔެ އެކަނި ލުބްނާނަނުން އިސްރާއީލަށް 1200 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.