ލައިފްސްޓައިލް
25 Sep 2024 | 09:12
އިންޓަމިޓެންޓް ފާސްޓިންގ އާއި ބަރުދަން ލުއި ކުރުމަށް މުހިންމު ބުއިންތައް!

އިންޓަރމިޓެންޓް ފާސްޓިންގ ނުވަތަ އައިއެފްއަކީ ކަނޑައެޅިފައިވާ ވަކި ވަގުތު ތަކެއްގައި ކައި، އެހެން ވަގުތު ތަކުގައި ނުކައި، ހަމަ އެކަނި ބުއިމެއް ބޮއިގެން ނުވަތަ ނުބޮއި ހުރެ، ކުރާ ޑައިޓެއްގެ ވައްތަރެކެވެ. އެގޮތުން ނުކައި ހުންނަ ވަގުތުތަކުގައި، ބައެއް ބުއިންތައް ބުއިމުން ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުކޮށް، މަސްތަކުގެ ފެޓް އޮކްސިޑައިޒްވުުން އިތުރުކޮށް، ބަނޑުހައިހޫނުކަން މަދުކޮށް، އަދި ހަށިގަނޑުގައި ފެން ހިފެހެއްޓުމަށް އެހީތެރިވެދޭތީ، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.

މި ބުއިންތަކުގެ ތެރެއިން ޚާއްޞަކޮށް ކެފީން ފަދަ އެންޓިއޮކްސިޑެންޓްތައް އެކުލެވޭ ބުއިންތަކުން ތަރމޯޖެނެސިސް (ހަށިގަނޑުން ހޫނު އުފެއްދުމަށް ކެލަރީ އަންދާލުމުގެ ޤާބިލުކަން) އިތުރުކޮށްދީ، ހަށިގަނޑުގެ މަސްތަކުގައި ހުންނަ ފެޓް އަންދާލުމުގެ މަސައްކަތަށް އެހީތެރިވެދެއެވެ.

އެހެން ކަމުން، އިންޓަމިޓެންޓް ފާސްޓިންގ ގައި ހުންނައިރު އޭގެ ސަބަބުން އަވަހަށް ބަރުދަން ލުއިކުރެވިދާނެ ބައެއް ބުއިންތަކުގެ ލިސްޓެއް މި އާޓިކަލްގައި ހިމަނާލާނަމެވެ.

1. ފެން

ފެނަކީ ހަށިގަނޑުގެ ހައިޑްރޭޝަން ހިފެހެއްޓުމަށާއި، މެޓަބޮލިޒަމް ހިމެނޭ ގޮތަށް ހަށިގަނޑުގެ ހުރިހާ މަސައްކަތްތަކަކަށް ވެސް ކޮންމެހެން ބޭނުންވާ އެއްޗެކެވެ. ފެން ބުއިމުން ބަނޑުފުރޭ ކަމުގެ އިހުސާސް ލިބި، ކާން ލިބޭ ވަގުތުތަކުގައި ގިނައިން ކެއުމުގެ ޝައުޤު ކުޑަކުރުމަށް އެހީތެރިވެދެއެވެ. އަދި ރަނގަޅަށް ފެން ބުއިމުން ހަށިގަނޑުގެ ފެޓްސް ނައްތާލުމުގެ މަސައްކަތަށް އެހީތެރިވެދެއެވެ. މިއީ ބަރުދަން ލުއިކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

2. ގްރީން ޓީ

ގްރީން ޓީގައި ކެޓެޗިން އަދި ކެފީން އެކުލެވެއެވެ. މިއީ މެޓަބޮލިޒަމް އިތުރުކޮށް ފެޓްސް އަންދާލުން އިތުރުކުރާކަން އެނގިފައިވާ މާއްދާތަކެކެވެ. ގްރީން ޓީގައި ހުންނަ އެންޓިއޮކްސިޑެންޓްތައް، ޚާއްޞަކޮށް އީޖީސީޖީ (އެޕިގެލޯކެޓެޗިން ގެލޭޓް)، ތަރމޯޖެނެސިސް (ކެލަރީ އެންދުން) އިތުރުކޮށް، މޭދާ އޮކްސިޑައިޒްވުމަށް އެހީތެރިވެދެއެވެ. މިގޮތުން ކެއުމުގެ ދެމެދުގައި ނުވަތަ ކެއުމުގެ ކުރިން ގްރީން ޓީ ބުއިމުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.

3. ކަޅު ކޮފީ

ހަކުރާއި ކްރީމް ނުލައި ބޯ ކަޅު ކޮފީގައި ކެލަރީ މަދުވެފައި ކެފީން ގިނައެވެ. މިއީ މެޓަބޮލިޒަމް އިތުރުކޮށް ފެޓްސް އަންދާލުން އިތުރުކުރާ އެއްޗެކެވެ. ކެފީނުން ނަރވަސް ސިސްޓަމް ހަރަކާތްތެރިކޮށް، ފެޓް ޓިޝޫތަކުން ފެޓްސް ދޫކޮށްލުމަށް މަގުފަހިކޮށްދެއެވެ. މިއީ ޚާއްޞަކޮށް ކެއުމުގެ ދެމެދު ވަގުތުތަކުގައި ހަކަތައަށް މޭދާ އެންދުން ފަސޭހަކޮށްދޭ ކަމެކެވެ.

4. އެޕަލް ސައިޑަރ ވިނެގަރު ފެން

ފެނުގައި އެޕަލް ސައިޑަރ ވިނެގަރު އެއްކޮށްލުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށް، އިންސިއުލިން އަށް ހަށިގަނޑު އިޖާބަދޭ މިންވަރު ރަނގަޅުކޮށްދެއެވެ. މިގޮތުން ބަރުދަން ކޮންޓްރޯލް ކުރުމަށް ވަރަށް ފައިދާކުރެއެވެ. އަދި ހަމަ އެހެންމެ ބަނޑުފުރުމަށް އެހީތެރިވެދީ، ކާގަޑިތަކުގައި ގިނައިން ކެއުމުން ދުުރުހެލިވާން މަގުފަހިކޮށްދެއެވެ.

5. ލުނބޯ ފެން

ލުނބޯ ފެނުގައި ކެލަރީ މަދު އަދި ވިޓަމިން ސީ އެކުލެވެއެވެ. މިއީ މެޓަަބޮލިޒަމް އަވަސްކޮށް، ހަށިގަނޑުގައި ހުރި މަޑު ފަތް އަންދާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. ޚާއްޞަކޮށް ހެނދުނު ލުނބޯ ފެން ބުއިމުން ހަށިގަނޑު ސާފުކޮށް، ހަޖަމުކުރުން ރަނގަޅުކޮށް، ބަނޑު ހިންދާލުމަށް އެހީތެރިވެދެއެވެ.މިގޮތުން އިންޓަރމިޓެންޓް ފާސްޓިންގ ގައި ބަރުދަން ލުއިކުރުމަށް މަގުފަހިކޮށްދެއެވެ.

6. ކާށި ފެން

ކާށި ފެނުގައި ކެލަރީ މަދު އަދި ޤުދުރަތީ އިލެކްޓްރޮލައިޓްސް އެކުލެވެއެވެ. މިއީ އިންޓަމިޓެންޓް ފާސްޓިންގ ގައި ހުންނައިރު ހަށިގަނޑުގެ ފެންވަރާއި ހަކަތަ ދެމެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގައި ހުންނަ ޤުދުރަތީ ހަކުރުން ކުޑަކޮށް ހަކަތަ ލިބިދެއެވެ. މިގޮތުން ބަނޑުހައިހޫނުކަން ކުޑަކޮށް، ފަހުން ގިނައިން ކެއުމުން ދުރުހެލިވާން އެހީތެރިވެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.