ވަޒީރު ޠާރިގު-- ފޮޓޯ: ވޮއިސް
ހަބަރު
28 Sep 2024 | 12:12
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ވަނީ ދުނިޔެއިން އެކަހެރިކޮށްލާފައި: ވަޒީރު ޠާރިގު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެ، ދުނިޔެއިން އެކަހެރިކުރެއްވި ކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި، ހަކަތައާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިގް މިފަދައިން ވިދާޅުވީ،  ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އދ ގެ އާއްމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅަށް ރައީސް ޔާމީން ފާޑުވިދާޅުވުމާއި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން ވަޒީރު ޠާރިގު ވިދާޅުވީ، ރައީސް ޔާމީންގެ 5 އަަހަރުގެ ދައުރުގައި އެންމެ ފަހަރަކުވެސް ޔޫއެންޖީއޭއަށް ވަޑައިގެންފައިނުވާ ކަމަށާއި، ޑިޕްލޮމަސީއަށް އަހައްމިއްޔަތުކަން ނުދެއްވާ ކަމަށެވެ.

ވަޒީރު ޠާރިގު ވިދާޅުވީ،  2015 ވަނަ އަހަރު، ދުނިޔޭގެ ލީޑަރުން އެސްޑީޖީތަކާއި ޕެރިސް އެއްބަސްވުމަށް އެއްވި އިރުވެސް ޔާމީން ވަޑައިނުގަންނަވާ ކަމަށާއި، ވެރިކަމުގެ މުޅި ދައުރުގައި ވެސް އަމަލު ކުރެއްވީ މިފަދައިން ކަމަށެވެ.

ލީޑަރުން ވާންޖެހޭނީ، ރައްޔިތުންގެ މަސްލަހަތު ހުރި ގޮތަށް ކަންކަން ކުރިއަށް ގެންދަވާ، އެ ކަންކަން ތަމްސީލުކުރައްވާ ބޭފުޅުންނަށްކަން ފާހަގަކުރައްވާ ވަޒީރު ޠާރިގު ވިދާޅުވީ، ރައީސް ޔާމީން އުޅުއްވީ ބައިނަލްއަގުވާމީ މައިދާނުން ފިލަން ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި ދުނިޔެއިން ރާއްޖެ އެކަހެރިވެގެންދިޔަ މަންޒަރު ފެނިގެން ދިޔަ ކަމަށެވެ.

"އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ދިވެހި ރައީސްގެ ގޮތުގައި ރައީސް މުޢިއްޒު ވަނީ ތާރީޚުގައި ލިޔުއްވާފަ. އަދި ރައީސް ވަނީ އަޅުގަނޑުމެންނަކީ ދުނިޔެއަށް ހުޅުވިފައިވާ ބައެއްކަން ދައްކުވައިދެއްވާފަ. އަޅުގަނޑުމެން މަސައްކަތްކުރާނީ އެކުގައި ހައްލު ހޯދުމަށް. ގައުމީ މަސްލަހަތުގެ މައްޗަށް ބިނާކޮށް." 

ވަޒީރު ޠާރިގު ވިދާޅުވިއެވެ.

ވަޒީރު ޠާރިގު ވިދާޅުވީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ދަށުން ޚިދުމަތް ކުރުމަށް ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނު ލީޑަރޝިޕްގެ ދަށުން، ގައުމަށްޓަކައި ކުރައްވާ އިހުލާސްތެރި މަސައްކަތް ފެންނަކަމަށެވެ.

އދ ގެ ސަލާމަތާއި ބެހޭ މަޖިލީހުގައި ވާހަކަދެއްކެވި ފުރަތަމަ ދިވެހި ރައީސްގެ ގޮތުގައި، ރައީސް ޑރ.މުޢިއްޒު ތާރީޚު ލިޔުއްވާފައިވާ ކަމަށާއި، ރާއްޖެއަކީ ދޭދޭގުޅުންތައް ބަދަހިކުރަން ބޭނުންވާ ޤައުމެއްކަން ދައްކުވައިދިނުމުގެ އިތުރުން، ދިވެހިން އިސްކޮށް، ރާއްޖެ ޤަބޫލުކުރާ ސިޔާސަތުތައް އިސްކޮށް ޖެހޭ ކޮންމެ މައްސަލައަކަށްވެސް ޙައްލު ހޯއްދަވާނެކަން ދައްކުވައިދީފައިވާކަމަށް ވެސް ވަޒީރު ޠާރިގު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.