ވިލާ ކޮލެޖްގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް"ގެ ތެރެއިން: ފޮޓޯ/ ވިލާ ކޮލެޖު
ހަބަރު
30 Sep 2024 | 13:43
ވިލާ ކޮލެޖްގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް" ބާއްވައިފި

ވިލާ ކޮލެޖުން ތައުލީމް ހާސިލްކޮށް ދަސްވެނިވާ ދަރިވަރުންގެ ތެރެއިން މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް އެވޯޑު ދިނުމަށްޓަކައި "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް" އެ ކޮލެޖުން ބާއްވައިފި އެވެ.

މި ހަރަކާތުގެ ޝަރަފުވެރި މެހެމާނަކީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެވެ.

ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް"ގެ މި އަހަރުގެ ހަފްލާ ބާއްވާފައިވަނީ ރޭގައެވެ. މިއީ މިގޮތުން ބޭއްވޭ ހަތަރު ވަނަ އެވޯޑް ނައިޓް އެވެ.

މިފަދަ އެވޯޑް ނައިޓެއްގެ މަގުސަދަކީ ވިލާ ކޮލެޖާއި ގާތްގުޅުމެއް ބާއްވަމުންދާ އިންޑަސްޓްރީތަކާއި އެ އިންޑަސްޓްރީތަކާ ގުޅޭ ދާއިރާތަކުން ކިޔަވާނިމި މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް އެއްތަނަކުން ބައްދަލުވުމުގެ އުފާ ހާސިލްކުރުންކަމަށް އެ ކޮލެޖުން މައުލޫމާތުދެއެެވެ.

ވިލާ ކޮލެޖްގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް"ގެ ތެރެއިން: ފޮޓޯ/ ވިލާ ކޮލެޖު

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަރަފްވެރި މެހެމާން ނާޒިމް ވަނީ ކޮލެޖުތައް ޔުނިވަރސިޓީތަކަށް ބަދަލުކުރުމާ ގުޅޭ ބިލެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް މިފަދަ ޖަލްސާތަކުގައި ވިލާ ކޮލެޖުގެ ބަދަލުގައި ވިލާ ޔުނިވާސިޓީގެ ނަމުން މުޚާތަބުކުރުމަކީ ނާޒިމްގެ އުންމީދެއް ކަމުގައި ވިދާޅުވިއެވެ.

"ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް"ގައި ގާސިމް އިބްރާހިމް އެވޯޑް ފޯ އެކްސިލެންސް ހާސިލްކުރި 23 ދަރިވަރަކާއި، ވިލާ ކޮލެޖްގެ ގޯލްޑް މެޑެލް އަދި އިންޑަސްޓްރީ ޕްރައިޒް ހާސިލްކުރި 51 ދަރިވަރަކާއި އޭސީސީއޭ ނެޝަނަލް ރެސިޑެންޓް ޕްރައިޒް ހާސިލްކުރި 12 ދަރިވަރެއްގެ އިތުރުން ވިލާ ކޮލެޖްގެ ބުކް ޕްރައިޒް އަދި ޑީންސް އެވޯޑް ހާސިލްކުރި 110 ދަރިވަރަކަށްވަނީ އެވޯޑް ދީފައެވެ. 

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖްގެ ވައިސް ރެކްޓަރު ޑރ.އަލީ ނަޖީބު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރާއިމިއަހަރު ވިލާ ކޮލެޖުން ކުރިއަށްގެންދިޔަ 53 ޕްރޮގްރާމަކުން ދަސްވެނިވި 1237 ދަރިވަރަކު ސަނަދު ހާސިލްކޮށްފައިވެއެވެ.

ވިލާ ކޮލެޖްގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ނައިޓް"ގެ ތެރެއިން: ފޮޓޯ/ ވިލާ ކޮލެޖު

އަދި މިއަހަރުގެ މިހާތަނަށް ވިލާކޮލެޖުން ދަސްވެނިވި ދަރިވަރުންނާއެކު މިހާތަނަށް 21،000 ހާހަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވިފައިވާއިރު، މީގެ ތެރޭގައި ޔުނިވަރސިޓީ އޮފް ވެސްޓް އިންގްލެންޑްގެ ޕްރޮގްރާމްތަކުން ކިޔަވައި ވަނަތައް ހާސިލްކުރި ގިނައަދަދެއްގެ ދަރިވަރުން ހިމެނޭކަން ނަޖީބު ފާހަގަކުރެއްވިއެވެ.

މީގެން ދޭހަކޮށްދެނީ ބްރިސްޓަލްގައި ކިޔަވާ ދަރިވަރުންނާ އެއްހަމައެއްގައި ވިލާކޮލެޖުގައި ތިބެގެން ކިޔަވާދަރިވަރުން އެކަޑަމިކަލީ ހިފަހައްޓާލެވޭކަން. އަދި މީގެ ތެރޭގައި އޭސީސީ ވަލްޑްވައިޑް ޕްލޭސްގެ ގަދަ 40 ގައި ހިމެނޭ 12 ބޭފުޅަކު ހިމެނޭކަންވެސް ފާހަގަކޮށްލަން. އެނގިވަޑައިގަންނަވާނޭ ފަދައިން ވިލާކޮލެޖަކީ މިވަގުތު އޭސީސީގެ ރާއްޖޭގައި ހުރި ގޯލްޑް ސްޓޭޓަސްގެ ހަމައެކަނި ޓިއުޝަން ޕްރޮވައިޑަރ. އަދި އޭސީސީއޭގެ ތިން ލެވެލްއަށް ކިޔަވައިދޭ ހަމައެކަނި މަރުކަޒުވެސްމެ.

ވައިސް ރެކްޓަރު ޑރ.އަލީ ނަޖީބު 

ވިލާ ކޮލެޖަކީ ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކޮލެޖެވެ. ވިލާ ކޮލެޖުގައި މިހާރުވެސް ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ މަތީ ތައުލީމް ހާސިލުކުރަމުންނެވެ. އަދި ރާއްޖޭގައި ތިބެގެން އިނގިރޭސިވިލާތާއި މެލޭޝިޔާގެ ޔުނިވަރސިޓީތަކުން މަތީ ތައުލީމު އުނގެނުމުގެ ފުރުސަތުވެސް އެ ކޮލެޖުންދަނީ ފަހިކޮށްދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ