ވޭޕް ކުރަނީ- -
ލައިފްސްޓައިލް
01 Oct 2024 | 08:07
”ގެއްލުން ކުޑަ“ ކަމަށް ބުނި ވޭޕިންގ އިން ފުރާނައަށް ނުރައްކާ؛ ޒުވާނުންނާއި ކުޑަކުދިން ތިބީ އަޅުވެތިވެފައި

ވޭޕިންގ އަކީ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީ.އެން.ޑީ.އެސް) ބޭނުންކުރުމަށް އާންމުކޮށް ބޭނުންކުރެވޭ ނަމެކެވެ. މީގެ ތެރޭގައި އިލެކްޓްރޯނިކް ސިގިރެޓް ނުވަތަ އީ-ސިގިރެޓް، ވޭޕް ޕެން އަދި ވޭޕޮރައިޒަރ ހިމެނެއެވެ. މި ބެޓެރީން ހިންގާ އާލާތްތަކުން ދިޔާ މާއްދާއެއް ހޫނުކޮށް، އާންމުކޮށް ނިކޮޓިން އެކުލެވޭ ނަމަވެސް، ބައެއް ފަހަރު ނިކޮޓިން ނުހިމެނޭ ދިޔާ މާއްދާއެއް ވެސް ބޭނުންކުރެވެއެވެ. މި ދިޔާ މާއްދާ ވޭޕަރަކަށް ބަދަލުކޮށް، އެ ވޭޕަރ ދަމައިގަނެވެއެވެ.

އީ-ސިގިރެޓް ގަލަމެއް ނުވަތަ ޔޫއެސްބީ ފްލޭޝް ޑްރައިވްއެއް ފަދައިން ފެންނަން ހުރެދާނެއެވެ. އަދި އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލެވޭ ގޮތަށް ނުވަތަ އަލުން ޗާޖުކުރެވޭ ގޮތަށް ވެސް ހުރެދާނެއެވެ.

ހިތާމައަކީ، މިއަދުގެ ޒުވާނުން އަދި ކުޑަކުދިންނަށް ވެސް ވޭޕިންގ އާ ބެހޭ ގޮތުން އެ ކުދިންގެ މައިންބަފައިންނަށްވުރެ ގިނަ މަޢުލޫމާތު އެނގުމެވެ. ކުރީކޮޅުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށްވުރެ ރައްކާތެރި ގޮތެއްގެ ގޮތުގައި މަޝްހޫރުވި ނަމަވެސް، މި ނަޒަރިއްޔާ ރަނގަޅު ނޫންކަން މިހާރު ވަނީ ސާބިތުވެފައެވެ.

ވޭޕިންގ ގެ ނުރައްކާތެރިކަން:

1. ނިކޮޓިންގެ ވަބާ:

- ނިކޮޓިން އަކީ ކޮންމެ ގޮތަކަށް ބޭނުން ކުރި ނަމަވެސް އެއަށް ދެވިހިފާ މާއްދާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ހެރޮއިން ދޫކޮށްލުމަށްވުރެ ނިކޮޓިން ދޫކޮށްލުން އުނދަގޫ ވެދާނެއެވެ.

2. ފުއްޕާމޭއަށް ކުރާ އަސަރު:

ވޭޕިންގ ގައި ބޭނުންކުރާ ރަހަތަކާއި ސްޓެބިލައިޒަރތަކުން ފުއްޕާމޭގެ ނާޒުކު ޓިޝޫތަކަށް އަސަރުކޮށް، އިންފްލަމޭޝަން އުފެދިދާނެއެވެ. ވޭޕިންގގެ ސަބަބުން ފުއްޕާމެއަށް ނުރައްކާތެރި - ބައެއް ފަހަރު އަނބުރާ ރަނގަޅު ނުކުރެވޭވަރުގެ - ގެއްލުން ލިބެއެވެ. އަދި ބައެއް ހާލަތްތަކުގައި، އޭގެ ސަބަބުން ޒުވާނުން މަރުވެފައިވާކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

ބައެއް ޒުވާނުން ވޭޕިންގ އަށް ކެނެބިސް، ސީބީޑީ އޮއިލް އަދި އެހެނިހެން ނުރައްކާތެރި މާއްދާތައް އިތުރުކުރަމުންދެއެވެ. މިފަދަ މާއްދާތައް ބޭނުންކޮށްގެން ވޭޕިންގ ކުރާ މީހުން ހޮސްޕިޓަލަށް ގެންދާއިރު، އެމީހުން ބޭނުންކުރި މާއްދާތައް ދެނެގަތުމުގެ އުނދަގޫކަމުން، ފަރުވާދިނުމަށް ދަތިތަކާ ކުރިމަތިވެއެވެ.

3. ވޭޕްކުރުމަށް ހޭދަވާ ވަގުތު

އީ-ސިނގިރޭޓް ބޭނުންކުރުމަށް 20 މިނެޓަށްވުރެ ގިނަ ވަގުތު ނަގައި، ފުއްޕާމެއަށް ގިނަ ނިކޮޓިން އަދި ގެއްލުންދެނިވި ކެމިކަލްތައް ފޯރުކޮށްދެއެވެ. ބައެއް ވޭޕިންގ މިކްސްޗަރތަކުގައި އެއް ސިނގިރޭޓެއްގައި ހުންނަ ނިކޮޓިންގެ މިންވަރުގެ 20 ގުނަ ހުރެދާނެއެވެ.

4. ސިކުނޑީގެ ތަރައްޤީއަށް އަސަރުކުރޭ

ދިރާސާ ތަކާއި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިކޮޓިންއަކީ ސަމާލުކަން ދިނުމަށާއި، ދަސްކުރުމަށާއި، ހަނދާންކުރުމަށާއި، ސިކުނޑީގެ ތަރައްޤީއަށް އަސަރުކުރާ އެއްޗެކެވެ. އަދި ހަމައެހެންމެ، ޒުވާނުންގެ މެދުގައި ނިކޮޓިން ބޭނުންކުރުމުން އެހެނިހެން މަނާ މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިވެދާނެއެވެ.

މިކަން ކަމުގެ އިތުރުންވެސް ވޭޕް ކުރުމުން އެތަކެއް ގެއްލުންތަކެއް ވާއިރު، އެކަމުން ކުދިން ދުރުހެލި ކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ. އެގޮތުން، ވޭޕްކުރުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ކުދިންނާ ވާހަކަދެއްކުމަކީ މުހިންމު ކަމެކެވެ. އޭގެ އިތުރުންވެސް ތިރީގައިވާ ކަންތައްތަކަށްވެސް ސަމާލުކަންދޭން ވާނެއެވެ.

- ކުއްޖާގެ އިހުސާސްތަކަށް އަންނަ ބަދަލުތަކާއި، ސިއްރުވެރިކަން ފަދަ އައު އާދަތައް ހުރުން

- ހިކި ކެއްސުން ނުވަތަ ނޭވާލުމަށް ދަތިވުން

- ހަށިގަނޑުން، ނޭވާއިން އަދި ހެދުމުން މޭވާގެ ވަސް އައުން

- އާދަޔާ ޚިލާފު ސިލިންޑަރުތަކާއި، ޗާޖަރުތަކާއި ބެޓެރީތައް ފެނުން

- ނިދުމަށް ދަތިވުން

ހަނދާންބަހައްޓާށެވެ. ޝައްކުކުރުމާއި ތުހުމަތުކުރުމުގެ ބަދަލުގައި ވާހަކަދެއްކުމަކީ މުހިންމު ކަމެކެވެ. ވޭޕްކުރުމާ ގުޅޭ އިންޒާރުތަކާއި މީޑިއާގެ ވާހަކަތަކަށް ސަމާލުކަން ދިނުމަށް ކުދިންނަށް ބާރުއަޅާށެވެ. ނުވަތަ އެކަމާ ގުޅޭ ސުވާލުތައް ޞިއްޙީ ފަރުވާދޭ ފަރާތްތަކާ ހިއްސާކުރުމަށް ބާރުއަޅާށެވެ.

ވޭޕިންގގެ ނުރައްކާތެރިކަމާ ބެހޭގޮތުން ވާހަކަދެއްކުމަކީ މުހިންމު ކަމެކެވެ. އެހެންނަމަވެސް، ވޭޕިންގ ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކަ ދެއްކުމުގެ އިތުރުން، ވޭޕިންގ ފެށުމުގެ ސަބަބުތަކާ ބެހޭގޮތުންވެސް ވާހަކަދައްކަން ޖެހެއެވެ. ޒުވާނުން ވޭޕިންގ ފަށަނީ ކީއްވެގެންތޯ؟ އެމީހުން ވޭޕިންގ ކުރަނީ ކޮންތަނެއްގައިތޯ؟ އެމީހުން ވޭޕިންގ ކުރަނީ ކޮންއިރަކުތޯ؟ އެމީހުން ވޭޕިންގ ކުރަނީ ކާކާ އެކުގައިތޯ؟ މިފަދަ ސުވާލުތަކަށް ޖަވާބު ހޯދުމުން، ވޭޕިންގ ހުއްޓުވުމަށް އެހީތެރިވެދޭނެއެވެ.

ޒުވާނުންނަށް ވޭޕިންގ ހުއްޓުވުމަށް އެހީތެރިވުމަށްޓަކައި، އެމީހުންގެ އާދަތަކާއި އުޅޭ ގޮތްތައް ބަދަލުކުރަން ޖެހިދާނެއެވެ. މިސާލަކަށް:

• ސްޓްރެސް ކޮންޓްރޯލް ކުރުމަށް އެހެން ގޮތްތަކެއް ހޯދުން

• އާ ހޮބީއެއް ފެށުން

• ދުޅަހެޔޮ ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުން

• ވޭޕިންގ ކުރާ ރައްޓެހިންނާ އެކު ހޭދަކުރާ ވަގުތު މަދުކުރުން

• ވޭޕިންގ ކުރާ ތަންތަނަށް ނުދިއުން

ވޭޕިންގ ހުއްޓުވުމަކީ ފަަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް، އެކަމުގެ ސަބަބުން ލިބޭ ފައިދާތައް ވަރަށް ބޮޑެވެ. ވޭޕިންގ ހުއްޓާލުމުން ޞިއްޙަތު ރަނގަޅުވެ، ފައިސާ ސަލާމަތްވެ، އަދި ދިގު މުއްދަތަކަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.