އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ހަތްވަނަ ބައިނަލްއަގްވާމީ މުދައްރިސުންގެ ކޮންފަރެންސްގައި ވާހަކަދައްކަވަނީ: -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
01 Oct 2024 | 14:45
އެންމެ ރަނގަޅު ތަޢުލީމީ ދާއިރާ އޮންނަނީ ޓީޗަރުންނަށް އިޙުތިރާމް ކުރާ ޤައުމުތަކުގައި: ވަޒީރު ޝަފީޢު

އެންމެ ރަނގަޅު ތަޢުލީމީ ދާއިރާ އޮންނަނީ ޓީޗަރުންނަށް އިޙުތިރާމް ކުރާ ޤައުމުތަކުގައިކަން ބައިނަލްއަޤްވާމީ ދިރާސާތަކުން އެނގެން އޮތް ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ބައިނަލްއަޤްވާމީ 7 ވަނަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ވަޒީރު ވިދާޅުވީ، ތައުލީމީ ދާއިރާގެ ތެރޭގައި ފާހަގަކުރެވޭ އެންމެ ބޮޑު އެއް ދަތިކަމަކީ މުދައްރިސުން މަދުވުން ކަމަށެވެ. އަދި އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި އަދިވެސް ޓީޗަރުން އިތުރުކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިއާއެކު ވަޒީރު ވިދާޅުވީ، ޓީޗިންގ ހަދަން ދަރިވަރުން އަންނާނީ ޓީޗަރުންގެ އަގުވަޒަން ކުރެވިގެން ކަމަށެވެ. 

ރިސާޗްތަކުން، އިންޓަނޭޝަނަލް ރިސާޗްތަކުން ވަރަށް ސާފު، ގައުމު ތަކުގައި ޓީޗަރުންނަށް ކުރާ ޤަދަރާއި އިހްތިރާމް އެންމެ ރަނގަޅު ގައުމު ތަކުގައި އެންމެ ރަނގަޅު އެޑިޔުކޭޝަން ސިސްޓަމް އޮތީ. 

ވަޒީރު ޑރ އިސްމާޢީލް ޝަފީޢު

އެހެންކަމުން، ގައުމު ކުރިއަރުވަން ބޭނުންވާނަމަ، ބެލެނިވެރިންނާއި ދަރިވަރުންނާއި، އަދި އެންމެހާ ފަރާތްތަކުން، ޓީޗަރުންނަށް ދޭންޖެހޭ ޤަދަރާއި ޝަރަފާއި އިޙްތިރާމާއި ލޯބި ޓީޗަރުންނަށް ދޭންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެކަން އަޅުގަނޑުމެންނަށް ކުރެވިއްޖެ ނަމަ، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ ދާނީ އުޖާލާ މަގުގައި. ކާމިޔާބު ހާސިލް ކުރަމުން އަދި ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރަމުން. 

ވަޒީރު ޑރ އިސްމާޢީލް ޝަފީޢު

މީގެ އޮތުރުން ވަޒީރު ވަނީ މިއަދުގެ ބައިނަލްއަގްވާމީ މުދައްރިސުންގެ ކޮންފަރެންސްގައި ޓީޗަރުން މަދުވުމުގެ މައްސަލައާއި އެއާއި ގުޅުންހުރި ކަންކަމަށް އަލިއަޅުވާލާ، ތައުލީމީ ގޮތުން ރާއްޖެ އޮތީ ކިހާ ހިސާބެއްގަތޯ ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

އޭރުން ތައުލީމީ ދާއިރާ ކުރިއަރުވާ، ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެޑިއުކޭޓް، އެމްޕަވާ، އެލިވޭޓް: އިކުއަޓަބަލް އެޑިއުކޭޝަން ފޯ ޓްވެންޓީ ފަސްޓް ސެންޗަރީ އެޑިއުކޭޝަން އެކްސެލެންސް"ގެ ނަމުގައި މިއަދު ފެށުނު މުދައްރިސުންގެ ކޮންފަރެންސްގައި އުނގަންނައިދޭ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ސްޓޭކްހޯލްޑަރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެފައެވެ.

މި ކޮންފަރެންސަކީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. އެގޮތުން، މިއަދު ފެށި ކޮންފަރެންސް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި ކޮންފަރެންސްގައި 250 ބައިވެރިން ބައިވެރިވެފައިވެއެވެ. އަދި، މި ކޮންފަރެންސްއަށް 60 ރިސާޗް ޕޭޕަރާއި، ހަތަރު ކޭސް ސްޓަޑީ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، ކޮންފަރެންސްގައި ދެ ކީނޯޓް އަދި ދެ ޕެނަލް ޑިސްކަޝަން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.