އިޒްރާއީލްގެ ތެރެއަށް އީރާނުން ފޮނުވާލި ބައެއް ހަމަލާތައް އަމާޒުވަނިކޮށް... ފޮޓޯ/އީރާން އޮބްޒާވާ
ދުނިޔެ
01 Oct 2024 | 22:03
އީރާނުން އިޒްރާއީލަށް އަމާޒުކޮށް މިސައިލު ހަމަލާތަކެއް ދީފި

އީރާނުން އިޒްރާއީލަށް އަމާޒުކޮށް މިރޭގެ ވަގުތެއްގައި މިސައިލް ހަމަލާތަކެއްދީފިއެވެ.

އިޒްރާއީލްގެ ޑިފެންސް ފޯސްއިން ވަނީ މިކަން ޔަގީންކޮށްދީފައެވެ. އިޒްރާއީލްގެ ޑިފެންސް ފޯސްއިން ބުނީ އެޤައުމުގެ މެދުތެރޭގެ އަވަށްތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ހަމަލާތަކެއް އަމާޒުވެފައިވާކަމަށެވެ. މި ހަމާލާތައް އިޒްރާއީލުގެ 10 މިލއަން މީހުނަށް ކުރާނޭކަމަށް ޔަހޫދީ ސިފައިންގެ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.

ކުއްލިއަކަށް އީރާނުން ދިން މިސައިލް ހަމަލާތަކަކީ، މިފަހުން އެޤައުމުން އިޒްރާއީލަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އިޒްރާއީލަށް މިސައިލް ހަމަލާތައް އަރާ މަންޒަރު ސޯޝަލް މީޑިއާގެ މިހާރު ވަނީ ދައުރުވާން ފަށާފައެވެ.

މިކަމާ ގުޅިގެން މުޅި އިޒްރާއީލަށް ކުއްލި ސިހުމެއް ލިބިފައިވާއިރު، ޔަހޫދީން ގެންދަނީ ހަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން ބިންގަރާސްތަކަށް ވަދެ ފިލަމުންކަމަށް މީޑިއާގެ ބައެއް ރިޕޯޓްތައް ބުނެއެވެ.

އީރާނުން އިޒްރާއީލަށް ކުއްލި ހަމަލާތަކެއް ދީފައިމިވަނީ، އިޒްރާއީލުން ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله  ޝަހީދުކޮށްލައި، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކޮށްފައިވަނިކޮށެވެ. މީގެ އިތުރުން އިޒްރާއީލުން ޝަހީދުކޮށްލާފައިވާ ޙަމާސް ޖަމާޢަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާގެ މަރުގެ ބަދަލު ހިފުމަކީ އީރާނުގެ ޒިންމާއެއްކަމަށް އީރާނުގެ ރޫހާނީ ލީޑަރު ޢަލީ ޚާމަނާއީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މީޑިއާގެ ރިޕޯޓްތަކުން ދޭހަވާގޮތުގައި އީރާނުން ވަނީ އިޒްރާއީލަށް ހަމަލާތަކެއް ދިނުމަށް ތައްޔާރުވެފައެވެ. އެގޮތުން އީރާނުގެ ރޫހާނީ ލީޑަރު ޢަލީ ޚާމަނާއީގެ ސެކިއުރެޓީގެ ކަންކަން މީގެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. ބައެއް މަސްދަރުތަކުން އަންނަ ހަބަރުތަކުން އެނގޭގޮތުގައި ރޫހާނީ ލީޑަރު މިހާރު ހުންނެވިތަކެއް އެއްވެސް މީހަކަށް ނޭނގެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.