އީރާނުގެ ވައިގެ ސަރަހައްދު
ދުނިޔެ
01 Oct 2024 | 22:39
އީރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

އީރާނުގެ ވައިގެ ސަރަހައްދު މީގެ ކުޑައިރުކޮޅެއް ކުރިން ބަންދުކޮށްފިއެވެ.

އީރާނުގެ ބައެއް މީޑިއާތަކުން ދާދި ދެންމެއަކު ބުނެފައިވަނީ، އެޤައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވައިގެ ސަރަހައްދު ބަންދުކޮށްފައިވާކަމަށެވެ. މިކަމާ ގުޅޭގޮތުން އީރާނު ސަރުކާރުން ތަފްސީލެއް ދީފައެއް ނުވެއެވެ.

އީރާނުން އެޤައުުމުގެ ވައިގެ ސަރަހައްދު ކުއްލިއަކަށް ބަންދުކޮށްފައިމިވަނީ، މިރޭގެ ވަގުތެއްގައި އެޤައުމުން އިޒްރާއީލަށް އަމާޒުކޮށް އެތައް ސަތޭކަ މިސައިލެއް ފޮނުވާލާފައި ވަނިކޮށެވެ. އިޒްރާއީލުގެ ދިފާއީ ވުޒާރާއިންވެސް ވަނީ އީރާނުން އެޤައުމަށް ވައިގެ ކުއްލި ހަމަލާތަކެއް ދީފައިވާކަން ޔަގީންކޮށްދީފައެވެ. އިޒްރާއީލްގެ ޑިފެންސް ފޯސްއިން ބުނީ އެޤައުމުގެ މެދުތެރޭގެ އަވަށްތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ހަމަލާތަކެއް އަމާޒުވެފައިވާކަމަށެވެ.

މި ހަމާލާތައް އިޒްރާއީލުގެ 10 މިލިއަން މީހުނަށް ކުރާނޭކަމަށް ޔަހޫދީ ސިފައިންގެ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނީ، އެޤައުމުން އިޒްރާއީލަށް އަމާޒުކޮށް ފޮނުވާލީ އެންމެ ފަހުގެ ހައިޕަ ސޮނިކް މިސައިލްތަކެއް ކަމަށެވެ. ފޮނުވާލި މިސައިލްތަކުން ގިނަ އަދަދެއްގެ މިސައިލްތައް އިޒްރާއީލާ އެމެރިކާގެ މިސައިލްތަކުން ދިފާއުވާ ސިސްޓަމް ފޫއަޅުވާލުމަށްފަހު އިޒްރާއީލުގެ ތެރެއަށް ވާސިލްވެފައިވާކަން ރިވޮލިއުޝަނަރީ ގާޑުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.