އީރާނުން ފޮނުވާލި މިސައިލެއް...
ހަބަރު
02 Oct 2024 | 00:55
އެމެރިކާގެ މިސައިލްތަކުން ދިފާއުވާ ނިޒާމް ފޫއަޅުވާލައި، އީރާނުން އެމެރިކާ އާއި އިޒްރާއީލް ސިއްސުވާލައިފި

އެމެރިކާގެ އަގުބޮޑު މިސައިލްތަކުން ދިފާއުވާ ނިޒާމް ފޫއަޅުވާލައި، އީރާނުން ތެލްއަވީވް ތެރެއަށް ފޮނުވާލި މިސެއިލްތަކާއެކު އެމެރިކާ އާއި އިޒްރާއީލަށް ކުއްލި ސިހުމެއް ލިބިއްޖެއެވެ.

އީރާނުން މިރޭގެ ވަގުތެއްގައި ވަނީ އިޒްރާއީލްގެ ތެލްއަވީވް އަށާއި، އެޤައުމުގެ މެދުތެރޭގެ އެކި ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިސައިލްތައް ފޮނުވާލާފައެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން ވިދާޅުވީ، އިރާނުން ފޮނުވާލި 200 އެއްހާ މިސައިލް އިޒްރާއީލްގެ އެކި ސަރަހައްދުތަކަށް އަމާޒުވެފައިވާކަމަށެވެ.

އީރާނުން ދިން މިސައިލް ހަމަލާތަކުން ބައެއް މިސައިލްތައް އެމެރިކާ އަދި އިޒްރާއީލް ގުޅިގެން މިސައިލްތަކުން ދިފާއުވާ ނިޒާމުގެ އެހީގައި ޖައްވުގެ ތެރެއަށް ގޮއްވާލާފައިވާކަން އެނާ ފާހަގަކުރެއްވިއެވެ. އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، މި ހަމަލާތަކާ ގުޅިގެން އިޒްރާއީލް އާއި އެމެރިކާގެ ކަމާބެހޭ އޮފިޝަލުންގެ ކުއްލި ބައްދަލުވުމެއް ކުރިއަށްދާކަމަށެވެ. ދެން ކަންތައްތައް ކުރަންވީގޮތް ނިންމާނީ ބައްދަލުވުމަށްފަހުގައި ކަމަށް ޖޭކް ސުލިވަން ވިދާޅުވިއެވެ.

އީރާނުން ދިން މިސައިލް ހަމަލާތަކާ ގުޅޭގޮތުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނީ، އެޤައުމުން އިޒްރާއީލަށް އަމާޒުކޮށް ފޮނުވާލީ އެންމެ ފަހުގެ ހައިޕަ ސޮނިކް މިސައިލްތަކެއް ކަމަށެވެ. ފޮނުވާލި މިސައިލްތަކުން ގިނަ އަދަދެއްގެ މިސައިލްތައް އިޒްރާއީލާ އެމެރިކާގެ މިސައިލްތަކުން ދިފާއުވާ ސިސްޓަމް ފޫއަޅުވާލުމަށްފަހު އިޒްރާއީލުގެ ތެރެއަށް ވާސިލްވެފައިވާކަން ރިވޮލިއުޝަނަރީ ގާޑުން ވަނީ ޔަގީންކޮށްދީފައެވެ. 

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނީ، މިއީ އިޒްރާއީލުން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ހިޒުބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ޝަހީދުކޮށްލުމުން ދިން ބަދަލު ހިފުމުގެ ހަމަލާތަކެއް ކަމަށެވެ. މި ހަމަލާތަކުގައި އިޒްރާއީލް ސިފައިންގެ 3 މަރުކަޒެއް ހަލާކުކޮށްލެވިފައިވާކަމަށް އީރާނުން ބުނެއެވެ.

އީރާނުގެ ރައީސް ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާން ދައުލަތުގެ މީޑިއާ އާ ވާހަކަދައްކަވަމުން ވިދާޅުވީ، އިޒްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް އަންގައިދޭން ބޭނުންވަނީ، އީރާނަކީ ހަނގުރާމަކުރާނޭ ޤައުމެއް ނޫންނަމަވެސް ކުރިމަތިވާ ނުރައްކާތަކާ ކެރިގެން ކުރިމަތިލާނޭކަން ކަމަށެވެ. 

ރައްދުގައި އިޒްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ބުނީ، އީރާނުން ދިން ހަމަލާތައް ނުރައްކާތެރިވެފައި ވަރުގަދަ ކަމަށާއި، އެ ހަމަލާތަކަށް ދޭނޭ ރައްދު އިޒްރާއީލްގައި ހުންނާނޭ ކަމަށެވެ. 

އީރާނުގެ ޤައުމީ ޓީވީން ރިޕޯޓްކޮށްފައިވަނީ ފޮނުވާލި މިސައިލްތަކުގެ 80 އިންސައްތަ އަމާޒަށް ވާސިލްވެފައިވާކަމަށެވެ. އީރާނުން އިޒްރާއީލަށް ފޮނުވާލި މިސައިލް ހަމަލާތަކުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އީރާނުގެ ރައްޔިތުން ގެންދަނީ މަގުތަކަށް ނިކުމެ އުފާފާޅުކުރަމުންނެވެ.

މި ހަމަލާތަކާ ގުޅިގެން އެމެރިކާއިން ބުނެފައިވަނީ، އިޒްރާއީލަށް ދީފާނޭ ހަމަލާއަކުން ދިފާއުވުމަށް އެޤައުމުގެ ދިފާއީބާރަށް އިތުރު އެހީދިނުމަށް ނިންމާފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.