އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު-- ފޮޓޯ: މިހާރު
ހަބަރު
02 Oct 2024 | 10:25
ޑިވެލޮޕްމެންޓް ބޭންކްގެ ލައިސަންސް މި ހަފްތާ ތެރޭ ދޫކުރެވޭނެ: ގަވަރުނަރު މުނައްވަރު

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމަށްޓަކައި ބޭނުންވާ ލައިސަންސް މި ހަފްތާ ތެރޭ ދޫކުރެވޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން މުނައްވަރު ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކުގެ ލައިސަންސް ދިނުމަށް ބޭނުންވާ ދިރާސީ މަސައްކަތް ނިމި، އެމްއެމްއޭގެ ބޯޑުން ފާސްކޮށްފައިވާކަމަށާއި، އެއާއެކު މި ހަފްތާ ތެރޭގައި ބޭންކް ލައިސަންސް ދެވި ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

 މިފަދަ މާލީ އިދާރާތައް ރާއްޖޭގެ ބޭންކިން ނިޒާމަށް ވަރަށް މުހިންމުކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ، ޓުއަރިޒަމް އިންޑަސްޓްރީގެ ހަދަމުންދާ ނުވަތަ މަސައްކަތް ހުއްޓިފައިވާ ރިސޯޓުތަކަށް ބޭންކުން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިހެދޭ ޤަވާއިދުތަކުގެ އެއް މަޤްޞަދަކަށް ވަނީ މާލީ ނިޒާމު ކުރިއަރައި ދިއުން. އެގޮތަށް ކުރިއަރައިގެންދާއިރު ސަރުކާރުން މި މަސައްކަތް ލީޑް ކުރުމަށް އުފައްދާ ބޭންކެއްގެ ގޮތުގައި އަޅުގަނޑަށް ޑިވެލޮޕްމެންޓް ބޭންކް ފާހަގަވަނީ. އަޅުގަނޑު ދެކެނީ އެ ބޭންކުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެއޭ ޓުއަރިޒަމް އިންޑަސްޓްރީގެ ހަދަމުންދާ ނުވަތަ މަސައްކަތް ހުއްޓިފައިވާ ރިސޯޓުތަކަށް."

މުނައްވަރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މުނައްވަރު ވިދާޅުވީ، އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ ޤާއިމްކުރަން ޖެހެނީވެސް މާލީ ނިޒާމުގެ ޤާބިލީއްޔަތުކަން އިތުރުކުރަންކަމަށާއި، އޭގެ ސަބަބުން  ބޭރު ޤައުމުތަކުން މިފަދަ މަޝްރޫޢުތަކަށް ފައިނޭންސް ހޯދުމުގެ ބަދަލުގައި ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މި މަޝްރޫޢުތަކަށް ފައިނޭންސް ކުރެވި އޭގެ މަންފާ ލިބިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މޭމަހުގެ 16 ވަނަ ދުވަހުއެވެ.

އެއާއިއެކު، ބޭންކް އުފެއްދުމަށްޓަކައި، ބޭނުންނާ ލައިސަންސް ހޯދުމަށް އެމްއެމްއޭ އަށް ހުށަހަޅާފައިވާކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ހާމަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.