އީރާނުން ރޭ އިސްރާއީލަށް މިސައިލް ހަމަލާދިނުން
ދުނިޔެ
02 Oct 2024 | 21:43
މެދުއިރުމަތީގެ މަސްރަހް: ލައިވް އަޕްޑޭޓްތައް
03 Oct - 12:06

00:10 އިސްރާއީލުން އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ވަރުގަދައަށް ކަމުގައި އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ. އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ދެކުނު ލުބުނާނަށް އަރައިގެން އުޅުނިކޮށް މަރުވި އިސްރާއީލު ސިފައިންގެ އަށް މީހުންގެ އާއިލާއަށް ތައުޒިޔާކިޔަމުން އޭނާ ވިދާޅުވީ އީރާނުން އުޅެނީ އިސްރާއީލު ނައްތާލަންކަމުގައި. އެކަމަކު ހަމަހިލާ އެހެންވިޔަކަ ނުދެއްވާނެކަމަށާއި މިހަނގުރާމަ އިސްރާއީލުން ކާމިޔާބުކުރާނެ ކަމަށް ވެސް ވިދާޅުވި.

އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ދެކުނު ލުބުނާނަށް ވަންނަން ފޮނުވާ ސިފައިންގެ އާއިލާތަކުން ތިބެނީ އެސިފައިންނަށް ވާނެގޮތެއް ނޭނގޭތީ ނުހަނު ކަންބޮޑުވެފައި. ހިޒްބުﷲއާއި އެއްގަމު މަގުން ހަނގުރާމަކުރުމަކީ ދަތި އުނދަގޫކަމެއްކަމަށް އިސްރާއީލު ސިފައިންގެ ވެރިންނަށް މިހާރު އިހްސާސްކުރެވެން ފަށައިފިކަމަށް ވެސް ޚަބަރުތައްބުނޭ.

02 Oct - 11:58

00:00 ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދުކޮށް ޕްރައިވެޓްކޮށް ވާހަކަ ދައްކަމުންދާ ގައުމުތަކުން ފާޅުގައި ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާކަން ސާފުބަހުން އިއުލާންކުރަން ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ގޮވާލައްވައިފި. ސައުދީއަރަބިއްޔާއިންދަނީ އިސްރާއީލާއިޖެހިގެން އިރުމަތީ ގުދުސްގައި ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމުކުރުމަށް ބައިނަލް އަގުވާމީ ކޯލިޝަނެއް އެއްކުރެވޭތޯ މަސައްކަތް ކުރަމުން.. މިއީ ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރަންޖެހޭ ވަގުތުކަމުގައި އޭނާ ވިދާޅުވި.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ނެތި ސައޫދީ އަރަބިއްޔާއިން އިސްރާއީލާއެކީގައި ގުޅުން ނުއުފައްދާނެކަމަށް ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ދާދިފަހުންވަނީ ވިދާޅުވެފައި

02 Oct - 11:55

23:55 މިއަދު އިސްރާއީލު ސިފައިންވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްގަށް ހަމަލާދީފައި. މިހަމަލާގައި މަދުވެގެން އާއްމުންގެ ތިން މީހުން މަރުވެ ތިން މީހުން ޒަޚަމްވިކަމަށް ޚަބަރުތައް ބުނޭ. މިހަމަލާގެ މާކަބޮޑު ތަފްސީލެއް ނުލިބޭ. އެކަމަކު ދޭތެރެ ދޭތެރެއިން އިސްރާއީލު ސިފައިން ބައިނަލް އަގުވާމީ ގާނޫންތައް މުގުރާލާފައި ސޫރިޔާއަށް ވަދެ އެގައުމަށް ހަމަލާދޭ. މިކަމާ ދުނިޔޭގެ ގައުމަކުން ކަންބޮޑުވެގެންނެއް ނޫޅޭ

02 Oct - 11:52

23:53 ލުބުނާނުތެރެއަށް ވަން އިސްރާއީލުގެ ސިފައިންގެ ގްރޫޕަކަށް ހަމަލާދީ އިސްރާއީލުގެ ތިން ޓޭންކު ހަލާކުކޮށްލާފައިވާ ކަމަށް ހިޒްބުﷲ ޖަމާއަތުން ބުނެފި. މިޓޭންކަށް ހަމަލާދިނީ ގައިޑެޑް މިސައިލުންކަމަށް ވެސް ބުނޭ

02 Oct - 11:46

23:47 އިސްރާއީލުގެ އާރމީ ޗީފް އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފި

 އޭނާ ވިދާޅުވީ ހަމަލާދޭނެ ޓާގެޓްތައް ކަނޑައަޅައި އިސްރާއީލުން އީރާނަށް ހިތުން ފިލައިގެން ނުދާވަރުގެ ވަރުގަދަ ހަމަލާއެއް ދޭނެކަމުގައި. މެދުއިރުމަތީގެ ކޮންމެތަނަކަށް ވެސް ހަމަލާދިނުމުގެ ފުރިހަމަ ގާބިލްކަމާއި ހަތިޔާރު އިސްރާއިލު އަތުގައި އެބަހުރިކަމަސް އޭނާ ވިދާޅުވި

02 Oct - 11:43

23:43 އދގައި ހުންނަވާ ޗައިނާގެ އެމްބަސެޑަރ މެދުއިރުމަތީގެ ހަމަނުޖެހުން ސުލްހަކުރެވޭތޯ މަސައްކަތްކުރުމަށް ހުރިހައި ފަރާތްތަކަށް ގޮވައިލައްވައި. އިސްރާއީލަށް ޚާއްސަގޮތެއްގައި އޭނާ ބާރުއެޅުއްވި.. އިސްރާއީލުން އެއްވެސް ސިފައެއްގައި ލުބުނާނަށް އަރައިގަތުމަކީ މިނިވަން މުސްތަގިއްލު ގައުމަކަށް އަރައިގަތުންކަމަށް އޭނާ ވިދާޅުވި.

02 Oct - 11:33

23:36 އީރާނުން ހަނގުރާމައެއްގެ ތެރެއަށް ވަންނަން ބޭނުން ނުވާކަމަށް އެގައުމުގެ ރައީސް ޕަޒެޝްކިއާ ވިދާޅުވެއްޖެ. ގަތަރަށް ވަޑައިގެން އެގައުމުގެ ގަތަރުގެ ލީޑަރުންނާއި މެދުއިރުމަތީގެ މަސްރަހާއިބެހޭގޮތުން މަޝްވަރާކުރުމަށްފަހު އީރާންގެ ރައީސް ވިދާޅުވީ އިސްރާއީލަށް ހަމަލާދޭން ޖެހުނީ ހަމަލާދޭން އިސްރާއީލުން އީރާނަށް މަޖްބޫރު ކުރުމުންކަމުގައި. އިތުރު ހަމަލާއެއް އިސްރާއީލުން އީރާނަށް ދީފިނަމަ އަލުން ބަދަލުހިފާނެކަމުގައި ވެސް އޭނާ ވިދާޅުވި. ރިޕޯޓްތައް ބުނާގޮތުގައި އީރާނު އަތުގައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ގާބިލްކަން ލިބިފައިވާ ހައިޕަސޮނިކް މިސައިލް އެބަހުރި. އެހަތިޔާރުގެ ބޭނުން އީރާނުން އަދި ނުހިފާ. 

02 Oct - 11:28

ލުބުނާނުގެ މާބޮޑަށް އެތެރެއަށް ވަންނަން އިސްރާއީލުން ބޭނުން ނުވާކަމަށް އިސްރާއީލު ސިފައިން ބުނެފި. އިސްރާއީލުން ބޭނުންވީ ވަކިވަރަކަށް އެތެރެވެފައި ވަކި އަމާޒުތަކަކަށް ހަމަލާދޭން ކަމަށްވެސް ބުނޭ. އިސްރާއީލު ސިފައިންގެ ފައުޖެއް ލުބުނާންގެ ސަރަހައްދީ ރޮނގު ހުރަސްކޮށް 400 ވަރަކަށް މީޓަރު އެތެރެއަށް ވަނުމަށްފަހު ހިޒްބުﷲއިން ދިން ސަޕްރައިޒް ހަމަލާތަކަކާއި ގުޅިގެންވަނީ އެނބުރި އިސްރާއީލުގެ ސަރަހައްދަށް ގޮސްފައި. ލުބުނާންތެރެއަށް ވަންނަން އުޅުމުގައި ފުދޭވަރެއްގެ ބޮޑު ގެއްލުންތަކެއް އިސްރާއީލު ސިފައިންނަށް ލިބުނުކަމަސް ޚަބަރުތައް ބުނޭ.

02 Oct - 11:11

23:25 އެމެރިކާގެ ސަރުކާރުގެ ތެރޭގައި އިސްރާއީލުން އީރާނަށް ހަމަލާދިނުމާމެދު ވަރަށް ބޮޑަށް ޚިޔާލުތަފާތުވެގެން އުޅޭކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުން ބުނެފި. އެމެރިކާ ސަރުކާރުގެ ބައެއް ބޭފުޅުން ބާރުއަޅުއްވަމުން ގެންދަވަނީ ހަމަލާނުދީ މަސްރަހު ފިނިކުރެވޭތޯ ބަލަން. އެހެންވިޔަސް ބައިޑްން ހުންނެވީ އެމެރިކާ ސަރުކާރަށް އެއްވެސް ޕްރެޝަރެއް ކުރާން ބޭނުންނުވާކަން ފާޅުކުރައްވައިގެންކަމަށް ޚަބަރުތައް ބުނޭ

02 Oct - 11:03

23:00 އެމެރިކާގެ ރައީސް ޖޯބައިޑް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫއަށް ފޯނު ކުރައްވައި އިސްރާއީީލުން އިރާނަށް ބަދަލު ހިފުމަށް ދޭ ހަމަލާއާބެހޭގޮތުން މަޝްވަރާ ކުރައްވައިފި. މިފޯންކޯލްގެ ކުރިން ބައިޑްން ވަނީ ޖީ 7 ގެ ވެރިންނާ ފޯންކޮންފަރެންސަކުން މިމައްސަލައާމެދު މަޝްވަރާ ކުރައްވާފައި. ބައިޑްން ވިދާޅުވީ ޖީ 7 ގެ ހުރިހައި ލީޑަރުން ވެސް އިސްރާއީލަށް ބަދަލު ހިފުމުގެ ހަމަލާ ދިނުމުގެ ހައްގު އޮތް ކަމަށް އެއްބަސްވެފައި. އަދި އެފަދަ ހަމަލާއެއް ވާންވާނީވެސް އީރާނުން ދިން ހަމަލާއާއި އެއްފަދަ ހަމަލާއަކަށް ކަމަށް ވާހަކަދައްކައިފައި

02 Oct - 10:57

22:58 އދ ގެ ސެކްރެޓަރީ ޖެނެރަލް އަކީ އިސްރާއީލަށް އެތެރެވުން މަނާ މީހެއްކަމަށް އިސްރާއީލު ސަރުކާރުން ނިންމައިފި. އިސްރާއީލު ސަރުކާރުން ބުނީ އދގެ ސެކްރެޓަރީ ޖެނެރަލް އީރާނުގެ ހަމަލާ ކުށްވެރިކޮށްފައިނުވާކަމަށް. އެހެންނަމަވެސް ފަހުން ސެކްރެޓަރީ ޖެނެރަލްވަނީ އެހަމަލާ ކުށްވެރިކުރައްވައި ހުރިހައި ފަރާތަކުން ވެސް ސަރަހައްދީ ހަނގުރާމައަކަށް މިހަނގުރާމަ ބަދަލުވިޔަ ނުދޭން މަސައްކަތްކުރުމަށް ގޮވާލައްވާފައި

02 Oct - 10:33

ދެކުނު ލުބުނާނަށް އިސްރާއީލު ސިފައިންގެ ގްރޫޕެއް ވަންތަނާ ހިޒްބުﷲ އިން ހަމަލާ ދީ އިސްރާއީލު ސިފައިންގެ ހަތް މީހުން މަރުވުމުން އިސްރާއީލު ސިފައިން ފައިބައިގެން އެނބުރި ހިގައްޖެކަމަށް ހިޒްބުﷲ އާއި ލުބުނާން ސިފައިން ބުނެފި. ސިފައިންގެ ހަތް މީހުން މަރުވިކަމަށް އިސްރާއީލު ސިފައިންވެސް މިހާރުވަނީ އެއްބަސްވެފައި. މި ހަތް ސިފައިން މަރުވުމުގެ ކުރިން ލުބުނާންތެރެއަށް ވަން އިސްރާއީޅު ސިފައިންގެ ބަޔަކަށް ހިޒްބުﷲ އިން ހަމަލާ ދިނުމުން އެގްރޫޕްގެ ކޮމާންޑަރު ވެސް މަރުވެފައިވާ ކަމަށް އިސްރާއީލުން އެއްބަސްވެފައިވޭ

02 Oct - 10:31

22:00 އީރާނުން ރޭ އިސްރާއީލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކާއި އަދި އިސްރާއީލު އެއް ގަމު ސިފައިން ދެކުނު ލުބުނާނަށް އަރައިގެން އުޅެނިކޮށް ހިޒްބުﷲ އިން ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިން މަރުވަމުންދާ ކަމުގެ ޚަބަރުތައް ފެތުރެން ފެށުމުން ހިޒްބުﷲގެ ލީޑަރ ހަސަން ނަސްރުﷲ އަވަހާރަކޮށްލައިގެން އުފާފާޅުކުރަމުންދިޔަ އިސްރާއީލު އާއްމު ރައްޔިތުންގެ މޫޑު ބަދަލުވަމުން ސިހުމާއި ބިރުވެރިކަން ހިތަށް ވަންނަން ފަށައިފިކަމަށް އިސްރާއީލުގެ މުހައްލިލުން ކިޔަން ފަށައިފި

02 Oct - 10:04

22:00 އީރާނުން ރޭ އިސްރާއީލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކާއި އަދި އިސްރާއީލު އެއް ގަމު ސިފައިން ދެކުނު ލުބުނާނަށް އަރައިގެން އުޅެނިކޮށް ހިޒްބުﷲ އިން ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިން މަރުވަމުންދާ ކަމުގެ ޚަބަރުތައް ފެތުރެން ފެށުމުން ހިޒްބުﷲގެ ލީޑަރ ހަސަން ނަސްރުﷲ އަވަހާރަކޮށްލައިގެން އުފާފާޅުކުރަމުންދިޔަ އިސްރާއީލު އާއްމު ރައްޔިތުންގެ މޫޑު ބަދަލުވަމުން ސިހުމާއި ބިރުވެރިކަން ހިތަށް ވަންނަން ފަށައިފިކަމަށް އިސްރާއީލުގެ މުހައްލިލުން ކިޔަން ފަށައިފި

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.