އިނގުރު ފެން
ލައިފްސްޓައިލް
04 Oct 2024 | 09:47
ހެނދުނު ހޭލައިގެން އިނގުރު ފެންތައްޓެއް ބޯންވީ މިހެންވެ

ހެނދުނު އިނގުރު ފެން ތައްޓެއް ބުއިމުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާއިރު، މިއީ ބަރުދަން ލުއި ކުރުމަށްވެސް އެހީވެދޭ ކަމެކެވެ. އެގޮތުން މި ލިޔުމުގައި ބަލާލާނީ ހެނދުނު ހޭލައިގެން އިނގުރު ފެންތައްޓެއް ބުއިމުގެ ފައިދާ ތަކުގެ މައްޗަށެވެ. 

1. ހަޖަމުކުރުމަށް އެހީތެރިވެދޭ: އިނގުރަކީ ހަޖަމުކުރުމަށް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގައި މަޝްހޫރު އެއްޗެކެވެ. ޚާއްސަކޮށް ގޭހުގެ މައްސަލަ ހައްލު ކުރުމަށް ހެނދުނު ހޭލައިގެން އިނގުރު ތައްޓެއް ބުއިމަކީ މުހިންމު ކަމެކެވެ. 

2. އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސް: އިނގުރުގައި ޖިންޖަރޯލް ފަދަ ކޮމްޕައުންޑްތައް ހިމެނޭއިރު، މިއީ އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސް ހިމެނޭ އެއްޗެކެވެ. މިއީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ފައިދާހުރި އަދި އާތުރައިޓިސް ފަދަ ހާލަތްތަކުގައިވެސް އެހީތެރިވެދޭނެ ކަމެކެވެ.

3. އިމިއުނިޓީ އިތުރުކޮށްދޭ: އިނގުރުގައި އެންޓިއޮކްސިޑެންޓް ޕްރޮޕަޓީތަކެއް ހުރުމުން ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، އިންފެކްޝަން ޖެހުމުގެ ނުރައްކާ ކުޑަކޮށްދެއެވެ.

4. ބްލަޑް ސާރކިއުލޭޝަން ރަނގަޅުކޮށްދޭ: އިނގުރަކީ ލޭދައުރުވުން ރަނގަޅުކޮށްދޭ އެއްޗަކަށް ވާއިރު، މިއީ ޖުމްލަ ކާޑިއޯ ވެސްކިއުލަރ ސިއްހަތަށް ފައިދާހުރި އެއްޗެކެވެ.

5. ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ: ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އިނގުރަކީ މެޓަބޮލިޒަމް އިތުރުކޮށްދީ، ބަނޑު ފުރިފަ ހުރުމުގެ އިހުސާސްތައް އިތުރުކޮށްދީ، ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

6. މޭނުބައިކުރުން ފިލުވައިދެއޭ: އިނގުރަކީ މޭނުބައިކުރުން ފިލުވައިދޭ ކަމަށް މަޝްހޫރު އެއްޗަކަށް ވާތީ، މޯނިންގ ސިކްނެސް ކުރިމަތިވާ މީހުންނަށް މިއީ ރަނގަޅު އެއްޗެކެވެ.

7. ހައިޑްރޭޝަން: އިނގުރު ފެން ތައްޓަކުން ދުވަސް ފެށުމަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ހައިޑްރޭޝަން ނުވަތަ ފެން ލިބިދިނުމަށް އެހީތެރިވެދޭ ކަމެކެވެ.

އިނގުރު ފެން ތައްޔާރު ކުރުމަށްޓަކައި ހޫނު ފެން ތައްޓަކަށް ތާޒާ އިނގުރުގެ ދެތިން ސްލައިސް އަޅައިގެން މަދު މިނިޓެއްހާއިރު ހޫނުކޮށްލަާށެވެ. އަދި އިތުރު ރަހައަކާއި ފައިދާތަކެއް ހޯދުމަށް ކުޑަކުޑަ މާމުއި ނުވަތަ ލުނބޯ ވެސް އަޅާލެވިދާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.