ކަރަންސީ ސްވޮޕް އެއްބަސްވުން ބަދަލު ކުރުން
ހަބަރު
07 Oct 2024 | 12:48
ރާއްޖެއާއި އިންޑިޔާއާއި ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއިން އިންޑިއާއާއެކު 400 މިލިޔަން އެމެރިކާ ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުނުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އިންޑިޔާގެ ފަރާތުން ސޮއި ކުރެއްވީ އިންޑިޔާގެ މިނިސްޓްރީ އޮފް ފިނޭންސްގެ ޑިޕާޓްމަންޓްއޮފް އިކޮނަމިކް އެފެއާޒްގެ ސެކެރެޓަރީ ޝްރީ އަޖޭ ސޭތް އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. މިގޮތުން، 'ފްރޭމްވަރކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027 – 2024'ގެ ދަށުން އެމްއެމްއޭއަށް 400 މިލިޔަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިޔަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެކަމަށް ސަރުކާރުން ބުނެއެވެ.

ކަރަންސީ ސްވެޕް އެއްބަސްވުމަކީ ދެ ގައުމެއްގެ ފައިސާ ބަދަލު ކުރަން ހަދާ އެއްބަސްވުމެކެވެ.

މި އެއްބަސްވުން ގާއިމްކުރާނީ ދެ ގައުމުގެ މަރުކަޒީ ބޭންކުގެ ދެމެދުގަ އެވެ. 

މި ކަރަންސީ ސްވެޕް އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ ސެންޓްރަލް ބޭންކުން ދިވެހި ރުފިޔާ ބަހައްޓާނެ އެވެ. އަދި އެ އަދަދުގެ އިންޑިއާ ރުޕީސް އެ ގައުމުން ރާއްޖޭ މަރުކަޒީ ބޭންކުގައި ވެސް ބަހައްޓާނެ އެވެ. މި ފަދަ އެއްބަސްވުންތައް އޮންނަ ގޮތުން ފަހުން އެއްބަސްވާ ތާރީހެއްގައި ދެ ގައުމުން ފައިސާ ބަދަލު ކުރާނެ އެވެ.

މީގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑު ކުޑަވެ، ރާއްޖެ އިން އިންޑިއާއަށް ދައްކަން ޖެހޭ ފައިސާ ދިވެހި ރުފިޔާ އިން ދެއްކުމަށް މަގު ފަހިވެގެންދެ އެވެ.

ރާއްޖެއިން މީގެ ކުރިންވެސް އިންޑިއާއާއެކު ކަރަންސީ ސްވެޕް އެއްބަސްވުން ހަދާފައި އެބަހުއްޓެވެ. ނިމިދިޔަ ސަރުކާރުން ވަނީ އިންޑިއާއެކު 400 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.