ރައީސުލްޖުމްހޫރިއްޔާ ބެންގަލޫރުގައި އުޅެމުންދާ ދިވެހިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން... ފޮޓޯ/ ރައީސް އޮފީސް
ހަބަރު
09 Oct 2024 | 21:13
ސިޔާދަތީ ބާރު ގެއްލޭގޮތަށް އެއްވެސް އެއްބަސްވުމެއް ގާއިމްކޮށްފައެއް ނޯންނާނެ: ރައީސް

ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލޭގޮތަށް އިންޑިއާ އާއެކު އެއްވެސް އެއްބަސްވުމެއް ޤާއިމްކޮށްފައެއް ނޯންނާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ބެންގަލޫރަށް ވަޑައިގެން އެތަނުގައި ތިބި ދިވެހިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އިންޑިއާ ދަތުރުގައި އެ ޤައުމާއެކު، އެއްބަސްވި އަދި ސޮއިކުރެވުނު އެއްވެސް އެއްބަސްވުމަކުން ދިވެހިރާއްޖޭގެ އަދި ދިވެހިންގެ މިނިވަންކަމަކަށް އަސަރެއް ނުކުރާނޭ ކަމަށާއި، އެއްބަސްވުންތައް ވެފައިވާނީ ދެފުށްފެންނަ ގޮތަށްކަމަށެވެ.އެގޮތުން ރާއްޖޭގެ ސިޔާދަތީ ބާރުގެ ތެރެއަށް އިތުރު ޤައުމެއްގެ ބާރު އެއްކޮށް ހިނގާނޭ ފަދަ ގޮތަކަށް އަމަލުކުރަން އެއްބަސްވެފައި ނޯންނާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބެންގަލޫރުގައި އުޅެމުންދާ ދިވެހިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން... ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ އަދުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އަސާސަކީ އެންމެ ފުރަތަމަވެސް ދިވެހި ޤައުމާއި ރައްޔިތުން އިސްކުރުން ކަމަށެވެ. އަދިވެސް މި ސަރުކާރުން އަމަލުކުރަމުންދަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުތެރޭގައި އިއުލާނުކުރި ހާރިޖީ ސިޔާސަތުކަމަށާއި، އެ ސިޔާސަތު ބަދަލު ނުވާކަމަށެވެ. މީގެކުރިން ގެންްގުޅުނު ހާރިޖީ ސިޔާސަތު މިވެރިކަމުގައި ގެންގުޅެފާނެހެން ބަޔަކަށް ހީވިނަމަވެސް އެކަން އެގޮތަށް ނުހިނގާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބެންގަލޫރުގައި އުޅެމުންދާ ދިވެހިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން... ފޮޓޯ/ ރައީސް އޮފީސް

އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް އޮމާންކަމާއި ސުލްހަވެރިކަމާއެކު ނިމިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެކަން ކުރިއަށްދިޔައީ ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ރީތިކޮށްކަމަށެވެ. 

ބެންގަލޫރަށްް މިއަަދު ވަޑައިގެންްް ރައީސް ވަަނީ އެސިޓީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. ބެންގަަަލޫރަކީ އިންޑިއާގެ ސިޓީތަަކުގެ ތެރެއިން ޓެކްނޮލޮޖީގެ ރޮގުން އެންްމެ ފާހަަަގަކޮށްްލެވޭ ސިޓީއެވެ. 

ކޮމެންޓް
ވޯޓް ވިއްކި ގަމާރު
އެހެންވިޔާ ހާމަކުރޭ.... ވިދާޅުވި ހާމަނުކުރާނެ އެއްވެސް އެއްޗެއް ނޯންނޭ
10 Oct 2024
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.