ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން:
ހަބަރު
10 Oct 2024 | 18:24
ރާއްޖޭގެ މިނިވަންކަމަށް، ޒައްރެއްގެ މިންވަރުވެސް ބުރޫއަރާފަދަ ކަމެއް އިންޑިޔާ ދަތުރުގައިވެސް، ރައީސް ނުކުރައްވާ: ޣައްސާން

ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލަށް، ޒައްރެއްގެ މިންވަރުވެސް ބުރޫއަރާފަދަ ކަމެއް އިންޑިޔާ ދަތުރުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޣައްސާން ވިދާޅުވީ، ރައީސް މުއިއްޒުގެ އެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު އަދި ދިވެހިންނަށް ވަރަށް ފައިދާވާ ދަތުރުފުޅެއް ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް، ޒައްރެއްގެ މިންވަރުވެސް ބުރޫ އަރާނެފަދަ އެއްވެސް ކަމެއް، މި ދަތުރުފުޅުގައިވެސް އެހެން ދަތުރުފުޅެއްގައިވެސް ކުރައްވާފައެއް ނެތް. އެއްވެސް އެއްބަސްވުމެއްގެ ދަށުން، ދިވެހިންގެ ފުރިހަމަ ސިޔާދަތީ ބާރު ގެއްލޭފަދަ، ނޫނީ ގެއްލުންވާފަދަ އެއްވެސްކަމެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރަކުން ކޮށްފައެއް ނުވޭ. 

ޣައްސާން މައުމޫން

މިއާއެކު ޣައްސާން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރާނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ކަމަށާ އެކަން ކުރާނީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށްކަށެވެ. އަދި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި އެއްބަސްވުންތަކުގައިވެސް އޮތީ، ދިވެހި ރާއްޖެއިން އެދޭ ޙާލަތްތަކެއްގައި، އެދޭ ގޮތަކަށް ދިވެހި އަސްކަރިއްޔާގެ ޤާބިލިއްޔަތު އިތުރު ކުރެވޭނެ ވާހަކަ. އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ޒިންމާތައް އެހެން އެއްވެސް ގައުމަކާ ހަވާލު ކުރެވޭގޮތަށް ވާހަކަދެކެވިފައެއް ނޯންނާނެ

ޣައްސާން މައުމޫންް

ޣައްސާން އިތުރަށް ވިދާޅުވީ، މިވަގުތު ރާއްޖޭގައި ތިބީ އިންޑިއާގެ ސިވިލިއަނުން ކަމަށާއި އެމީހުން ވެސް ތިބޭނީ ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައި ލެޓާ އޮފް އެކްޗޭންޖުގައިވާ މުއްދަތަށް ކަމަށެވެ.

އަދި އިންޑިއާއަކީ ރާއްޖެއާ ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވައި ގައުމަކަށްވާތީ މިފަހަރު ފެނިގެން މިދިޔައީ ޑިޕްލޮމެޓިކް ރީތި އުސޫލުގެ ދަށުން އިންޑިއާ އާ ވާހަކަ ދައްކައިގެން ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ހޯދައިދެއްވި މަންޒަރުކަމަށް ޣައްސާން ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.