ކުޑަކުއްޖަކަށް ސައިކަލްގެ ހުންގާނުގައި ހިފައިގެން ސައިކަލް ދުއްވާ ވީޑިއޯގެ މަންޒަރެއް
ހަބަރު
12 Oct 2024 | 08:32
ކުޑަކުއްޖަކަށް ސައިކަލްގެ ހުންގާނު ހިފަން ދިން މީހާ އާ ސުވާލުކޮށްފި

ހައިވޭގައި ދުއްވި ސައިކަލެއްގެ ހުންގާނު، ކުޑަކުއްޖަކަށް ހިފަންދިން މައްސަލަ ރައްދުވާ ފަރާތް ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލްގެ ހުންގާނު ދީގެން ދުއްވި މީހާ ހާޒިރުކޮށް އޭނާ އާ ސުވާލުކޮށްފައިވާކަމަށެވެ. މި މައްސަލާގެ ތެރެއިން ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅޭގޮތަށް ސައިކަލް ދުއްވި މައްސަލަ ވަކިކަމެއްގެ ގޮތުގައި އަދި ޓްރެފިކް ޤަވައިދާ ހިލާފްވި މައްސަލަ ވަކިން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މިފަދަ މައްސަލަތައް ސީރިއަސްކޮށް ނަގައި ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.

އިއްޔެ މީސްމީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި، ސްކޫލް ޔުނީފޯމްގައި އިން ކުޑަ ފިރިހެން ކުއްޖަކު ސައިކަލުގެ ކުރިއަށް ލައިގެން ދިޔަ ފިރިހެނަކު، އެ ސައިކަލުގެ ހުންގާނު ކުއްޖާއަށް ދީގެން އިނދެއެވެ. އޭރު ފަހަތުގައި އިން މީހާ އިނީ، ސައިކަލްގެ ސްޕީޑުން އަތް ދޫކޮށްލައިގެން ކަނާއަތް، ފައި މަތީގައި ބާއްވާލައިގެންނެވެ. އަދިވަކި ހިސާބަކުން ފިރިހެން މީހާ، ހުންގާނުގައި ހިފާތަންވެސް ފެނެއެވެ.

އެއީ ކޮންއިރެއްގެ ވީޑިއޯއެއްކަން ސާފު ނުވި ނަމަވެސް ވީޑިއޯ އާއްމު ވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ފިރިހެން މީހާއަށް ވަނީ އަމާޒުވެފައެވެ. 

ބްރިޖާއި ހައިވޭގައި ޓްރެފިކް ޤަވައިދާ ހިލާފަށް އުޅަނދު ދުއްވާ މީހުންގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އަދި މިފަދަ މައްސަލަތައް ފުލުހުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންނެވެ. އެގޮތުން މައްސަލަތައް ތަހުގީގުކުރުމަށްފަހު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅާފައިވެސް އެބަހުއްޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.