ހުޅުމާލޭގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް ފޮޓޯ/ވޮއިސް
ހަބަރު
12 Oct 2024 | 14:31
ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި އަނެއްކާވެސް ކުޑަަކުއްޖަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓްގައި ކުޑަކުއްޖެއް ހިމެނޭހެން ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ދެ ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ކުޑަކުއްޖެއް ހިމެނޭއިރު، އެމީހުންނަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދީފައެވެ.

ފުލުހުން ވަނީ މި އެކްސިޑެންޓް ތަހުގީގްކުރަމުންދާކަމަށެވެ. 

މިފަހަކަށް އައިސް ހިނގާ އެކްސިޑެންޓްތަކުގައި ކުޑަކުދިން ހިމެނޭ އަދަދު އިތުރުވަމުން އަންނަކަމަށް ފުލުހުން އާއްމުކުރާ މައުލޫމާތުތަކުން އެނގެއެވެ.

މިދިޔަ ބްރާސްފަތިދުވަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައިވެސް ވަނީ ތިން އަހަރުގެ ކުއްޖަކަށް އަނިޔާވެފައެވެ. އެކުއްޖާއަށް އަނިޔާވީ، ބެލެނިވެރިޔާ ކުއްޖާ ގޮވައިގެން ކަފިހި ހުރަހުން ހުރަސްކުރަނިކޮށެވެ. މި ހާދިސާ ހިނގާފައިވަނީ މަޖީދީމަގު ވިލާމާޓް ކައިރިންނެވެ. އެ އެކްސިޑެންޓްގައި ކުއްޖާ ބިއްމައްޗަށް ވެއްޓި ނިއްކުރިމަތި ވަނީ ދުޅަވެފައެވެ. 

އޭގެ ކުރިން ހުޅުމާލޭ ފޭސް އެކަކަށް އަރަންދިޔަ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ވަނީ ކުޑަ ކުއްޖެއްގެ ކުޑަވައި އިނގިލި ފަޅައިގެން ގޮސްފައެވެ. ވޮއިސްގެ ނޫސްވެރިންނަށް ފެނުނު މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ފަހަތުގައި އިން 8 އަހަރުގެ ކުޑަ ފިރިހެންކުއްޖަކަށެވެ. މީގެ އިތުރުން މިދިޔަ ހުކުރުދުވަހު ކުޑަ އަންހެންކުއްޖެއްގެ ގައިމައްޗަށް ސައިކަލެއް ވެއްޓި ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯދި މަންޒަރު ވޮއިސްގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ބަލާބެލުމަށް އެއީ 9 ވަރަކަށް އަހަރުގެ ކުއްޖެކެވެ.

މާލެ ސަރަހައްދުގައި ހިނގަމުން އަންނަ އެކްސިޑެންޓްތައް ގިނަވަމުންދާތީ އިތުރު ފުލުހުން މަގުމައްޗަށް ނެރެ، މަގުމަތީގައި ހިނގަމުން އަންނަ އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުން ގެންދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.