ހޯމް މިނިސްޓަރު އިހްސާން
ހަބަރު
14 Oct 2024 | 19:23
އިހްސާން ވިދާޅުވީ، ވޭޕް މަނާކުރަން ނިންމެވި ނިންމެވުމަކީ ޤައުމީ ނިންމެވުމެއް ކަމަށް

ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ޤައުމީ ނިންމެވުމެއްކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ، އަންނަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ނިންމަވާފައެވެ. އަދި ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން، ވޭޕް މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ، ވޭޕް މަނާކުރަން ނިންމެވި ނިންމެވުމަކީ، މި ޤައުމު ތާއަބަދަށް ޝުކުރުވެރިވާނޭ ޤައުމީ ބޮޑު ނިންމެވުމެއް ކަމަށެވެ. 

މިނިސްޓަރު އިހްސާން ވަނީ ވޭޕް އަކީ ދިވެހިދަރިން މަސްތުގެ މަގަށް ފަސޭހަކަމާއެކު އަނބުރާލާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވޭޕް މަނާ ކުރާނޭކަން އިއުލާނުކުރައްވާފައިމިވަނީ، ވޭޕް މަނާކުރުމަށް ޑޮކްޓަރުންނާއި އެކިއެކި މުއައްސަސާތަކުގެ އިތުރުން ބެލެނިވެރިންވެސް ގޮވާލާފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ވޭޕް މަނާކުރުމަށް އެދި ދިވެހި ޑޮކްޓަރުންގެ އެންމެބޮޑު މަދަނީ ޖަމިއްޔާ، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ބުނެފައިވަނީ، މުޅި ދުނިޔެއަށާއި ދިވެހި ރާއްޖޭގައިވެސް މިއަދު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައިން ގަޔަށް ނާރާ ބަލިތައްކަމަށާއި،  ދުންފަތާއި ދުންފަތުގެ ބާވަތްތައް ބޭނުންކުރުމަކީ މިފަދަ ބަލިތަކަށް މަގުފަހިކުރުވުމަށް އިސް ރޯލެއް އަދާކުރާ ކަމެއްކަން ދިރާސާތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ބަލިތަކުގެ ތެރޭގައި ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހިތުގެ ބަލިތަކާއި، ހަކުރުބަލި އަދި ސްޓްރޯކް ހިމެނޭކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖޭގައި އުމުރުން 18 އަހަރުވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލުކުރާކަން ހެދިފައިވާ ދިރާސާތަކުން ދައްކާކަން ފާހަގަކުރަމުން އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވަނީ، ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާ އާއި 250 ވިހަ އެކުލެވޭ އެއްޗެއް ކަމަށެވެ. މީގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހިކުރުވާކަން ދިރާސާތަކުން ދައްކާކަމަށްވެސް މެޑިކަލް އެސޯސިއޭޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް
ބަރުބަރީ
މި ޚަބަރު ކިޔާލިމަ ފާހަގަވަނީ މައިގަނޑުގޮތުގަ ދުންފަތުގެ ބާވަތްތަކުގެ ވާހަކަ ކިޔާކަމެވެ. ސިގެރޭޓު ދުންފަތުގެތެރޭ ނުހިމެނެނީތަ؟
14 Oct 2024
ގުޅޭ ލިޔުންތައް
14 Aug 2026
އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.
14 Aug 2026
ޑީއެންއޭ ޓެސްޓަކުން، ދެ އެކުވެރިންނަކީ އެއްބަނޑު އެއްބަފާ ދެބެއިންކަން ހާމަވެއްޖެ
މީނާ ގެލްޓިންކް (43 އަހަރު) އަދި މިނާލް ޓިޖްސަން (44 އަހަރު) އަކީ ތުއްތުއިރު އިންޑިއާގެ ޔަތީމުޚާނާއަކަށް ދޫކޮށްލާފައި ތިއްބާ، ނެދަލޭންޑްސްގެ ދެ އާއިލާއަކުން ބަލައިގަނެގެން އެ ގައުމުގައި ބޮޑުވި ދެމީހުންނެވެ. އެމީހުން ބޮޑުވަމުން އައީ އެކަކު އަނެކަކާ މާ ދުރު ނޫން ސަރަހައްދުތަކެއްގައެވެ.
14 Aug 2026
ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެ
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ، އެ އޮތޯރިޓީން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެކެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ފާއިތުވި ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަން ކަމަށް ވުމާއެކު، އެމްއެމްއޭއަށް ލިބުނު ބޭރުފައިސާގެ އަދަދު ދަށްވުމެވެ.
14 Aug 2026
ޑރ. ހައްމާދު އައިޖީއެމްއެޗާ ގުޅިވަޑައިގެންފި
އައިޖީއެމްއެޗުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ދާއިރާއިން ރާއްޖޭގައި ހުރި ފުރަތަމަ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް ޑރ. ހައްމާދު އާދަމް އަލުން އެ ހޮސްޕިޓަލުގެ ޓީމާ ގުޅިފައިވާ ކަމަށެވެ.
14 Aug 2026
ސުންނަތަކީ ނުކުރިއަސް ވަރިހަމަ ކަންކަން ކަމަށް ހީކުރުމަކީ ބޮޑު އޮޅުމެއް
އިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރުކުރައްވާފައިވާ ދީނަކީ އިސްލާމްދީންކަން ފާހަގަކޮށް، ޚުތުބާގައި ބުނީ އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތް ކަމަށެވެ. މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއެއް ނުލިބޭނެއެވެ.
14 Aug 2026
ރައީސަށް ޝަކުވާ: ސުކޫލުތަކުގެ ފާހާނަތައް ހަޑި، ޑެސްކުތަކުގައި ހުތުރު އެއްޗެހި ލިޔެފައި
ރައީސް ވަނީ އެކަންކަން އެހެން ވެގެން ނުވާނެކަން ފާހަގަކޮށް އެ މައްސަލަތައް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
14 Aug 2026
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.
14 Aug 2026
ސިގްނަލްތައް ރަތްވެއްޖެ. ރައްޔިތުން ދުށް ހުވަފެންތައް ބިލާހަކަށްވެ ނިމިއްޖެ: ޝާހިދު
ޝާހިދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭންބުނި ހަމަ އެއްވެސް ކަމެއް ހާސިލްނުވި ނަމަށާއި ނަތީޖާއަކީ މިއަދު ރައްޔިތުންނަށް އެތައް ގޮތަކުން ދަތިވުންކަމަށެވެ