އައިޖީއެމްއެޗް
ހަބަރު
14 Oct 2024 | 21:37
އައިޖީއެމްއެޗް މުއައްޒަފުންނަށް ދިން ލުއިތަށް އަނބުރާ އަތުލުމަށްފަހު، އަލުން ދީފި

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މާބަނޑު އަދި ޅަދަރިމައި މުއައްޒަފުންނަށް ދިން، ލުއިތައް އަބުރާ ގެންނައުމަށް ނިންމި ނިންމުން އަނބުރާ ގެންގޮސް އަނެއްކާވެސް މުއައްޒަފުންނަށް ލުއިތައް ދިނުމަށް އެ ހޮސްޕިޓަލުން ނިންމައިފިއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން އިއްޔެ ނެރުނު އިންޓަރނަލް މެމޯއަކުން މުއައްޒަފުންނަށް އަންގާފައިވަނީ، އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މާބަނޑު އަންހެނުންނާއި، ޅަދަރިމައިންނަށް ވަޒީފާގައި ދެމުން އައި ފްލެކްސިބަލް ޑިއުޓީ ހަމަޖައްސައި ދިނުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

އައިޖީއެމްއެޗްގެ އެ ނިންމުމާ ގުޅިގެން އެ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ މުއައްޒަފުންތަކެއް ވަނީ އެކަމާ ގުޅޭގޮތުން ޝަކުވާކޮށްފައެވެ. އައިޖީއެމްއެޗުން ބުނީ ނެރުނު މެމޯއާ ގުޅިގެން މުއައްޒަފުންގެ ފަރާތުން ލިބުނު ޝަކުވާތަކާއި ކަންބޮޑުވުން އެނގިފައިވާކަމަށެވެ.  

އައިޖީއެމްއެޗުން އިއްޔެ ނެރުނު މެމޯގައި ބުނީ ފްލެކްސިބަލް ޑިއުޓީ ނުދޭގޮތަށް ހަމަޖައްސަން ޖެހުނީ، އެ ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއްކަމުން މިވަގުތު ގިނަ އަދަދެއްގެ މުއައްޒަފުން ފްލެކްސިބަލް ޑިއުޓީ އަދާކުރަމުންދާތީވެ، ހޮސްޕިޓަލުގެ ހިދުމަތްތަކަށް ބުރޫއަރާތީ ކަމަށެވެ.


އެހެންކަމުން ސިވިލްސާވިސް ގަވާއިދުގެ 183 ވަނަ މައްދާއަށް ރިޔާއަތްކޮށް، ހޮސްޕިޓަލުގެ މެނޭޖްމަންޓުން ނިންމާފައިވަނީ ފްލެކްސިބަލް ޑިއުޓީ ހަމަޖައްސައިދިނުން ހުއްޓާލުމަށެވެ. އަދި މިވަގުތު ފްލެކްސިބަލް ޑިއުޓީގައި ތިބި މުއައްޒަފުންނަށް ދެމަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ފްލެކްސިބަލް ޑިއުޓީ ދިނުން ހުއްޓާލެވޭނޭކަމަށްވެސް އައިޖީއެމްއެޗުން ވަަނީ ބުނެފައެވެ.


ސިވިލްސާވިސް ގަވާއިދުގެ 183 ވަނަ މައްދާގައި ބުނެފައިވަނީ، ސިވިލް ސާވިސްގެ މުއައްޒަފުންގެ ތެރެއިން މާބަނޑުވުމުގެ ސަބަބުންނާއި ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުއައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭނެ މަސައްކަތު ގަޑިތަކެއް ހަމަޖައްސައިދިނުމަށް އެފަދަ މުއައްޒަފަކު އެދިއްޖެނަމަ، ޤަވާއިދުގައިވާ ގޮތުގެ މަތިން އެ އިދާރާއެއްގެ އެޗްއާރުއެމްޑީ ކޮމިޓީއަށް އެފަދަ އިންތިޒާމެއް ހަމަޖައްސައި ދެވިދާނެ ކަމަށެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.