ކުރީގެ ސިއްހީ ވަޒީރު އަހުމަދު ނަސީމް-- ފޮޓޯ: ސަން
ހަބަރު
15 Oct 2024 | 10:09
ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް: ކުރީގެ ސިއްހީ ވަޒީރު

ރާއްޖޭގައި ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއްކަމަށް ކުރީގެ ސިއްހީ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އަހްމަދު ނަސީމް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން އަހްމަދު ނަސީމް ވިދާޅުވީ، ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރި މަނާކުރުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ.މުޢިއްޒު ހާމަކުރެއްވީ އިއްޔެއެވެ.

މިއާއިއެކު ރައީސް ޑރ.މުޢިއްޒު ވަނީ މިކަމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމަށް ވެސް ވިދާޅުވެފައެވެ.

ވޭޕް ރާއްޖޭގައި މަނާކުރުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވިއިރު، އެމަނިކުފާނު ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ނިންމަވާފައިވާކަންވެސް މިއަދު ހާމަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Aug 2026
ޕާސްޕޯޓް ބުކްލެޓް ލިބުން ދަތިވުމުން އާ ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް ބަދަލެއް
ފުރަތަމަ ބަދަލަކީ ރާއްޖޭގައި ތިބެގެން މުއްދަތު ހަމަވެފައިވާ ޕާސްޕޯޓު އައުކުރަން ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ހެދުމުގެ ބަދަލުގައި ކުރީގެ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމެވެ
27 Aug 2026
ބޮސްނިއާގެ މުސްލިމުން ޤަތުލުކުރި މޭސްތިރި "ރަޓްކޯ މްލަޑިޗް" ޖަލުގައި އޮވެ މަރުވެއްޖެ
އޭނާގެ ބެލުމުގެ ދަށުން 1995 ވަނަ އަހަރު ސްރެބްރެނިކާގައި ކުށެއް ނެތް 7000 އަށް ވުރެ ގިނަ މުސްލިމު ފިރިހެނުންނާއި ކުޑަކުދިން ރަޙުމެއް ނެތި ޝަހީދުކޮށްލެވުނެވެ. ހަމައެހެންމެ ސަރަޖޭވޯ ވަށައިލައިގެން އެތައް އަހަރެއް ވާންދެން ދެވުނު ހަމަލާތަކުގައި 10000 އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރައިލެވުނެވެ
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.