މާރިޔާ އަހުމަދު ދީދީ-- ފޮޓޯ: އެމްޑީޕީ
ހަބަރު
20 Oct 2024 | 12:07
މާލީ ވުޒާރާގެ ސިސްޓަމްގައި ނެތް 2 ބިލިއަން ރުފިޔާގެ މައްސަލަ ބަލަން މާރިޔާ ގޮވާލައްވައިފި

މާލީ ވުޒާރާގެ ސިސްޓަމްގައި އެކައުންޓް ނުކޮށް އޮތް 2 ބިލިއަން ރުފިޔާގެ މައްސަލަ ބަލަން މިދިޔަ ސަރުކާރުގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ.

މާލީ ވުޒާރާގެ ސިސްޓަމްގައި އެކައުންޓް ނުކޮށް 2 ބިލިއަން ރުފިޔާ އޮތްކަން ހާމަކުރައްވާފައިވަނީ، އިއްޔެ ރައީސުލްޖުމްހޫރިއްޔާ އޮފީހުން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި، ބަންޑާރަނައިބު އަހުމަދު އުޝާމެވެ.

މިކަމާއި ގުޅިގެން ލިޔެފައިވާ ހަބަރެއް ހިއްސާކުރައްވަމުން މާރިޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބަލަން ޖެހޭ ކަމަށް ދެކޭ މައްސަލަ ލަސްނުކޮށް ބެލުމަށް ގޮވާލައްވާފައެވެ.

ނަމަވެސް މިކަން ކުރުމަކީ ޤާނޫނުގައިވާ ގޮތުގެމަތީން މާލީ ހިސާބު ހާމަ ކުރަން ދައްކާ ބަހަނާއަކަށް ވެގެންނުވާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. 

މާރިޔާ މިފަދައިން ވިދާޅުވިއިރު، އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި، މިކަން ހާމަކުރައްވާ އުޝާމް ވިދާޅުވީ، މި މައްސަލަ އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅާފައިވާކަމަށާއި، މިކަމާއި ގުޅޭ ރިޕޯޓެއް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިކަމަށެވެ.

"އަޅުގަނޑުމެންނަކަށް ސީދާ އަދަދެއް ނޭނގެ، ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާ އަޅުގަނޑުމެންނަށް އެބަ އޮތް ސިސްޓަމްގެ ތެރެއިން އެކައުންޓް ނުކުރެވި،"

އުޝާމް ވިދާޅުވިއެވެ.

މި މައްސަލައިގައި އިތުރަށް ކުރިއަށްދާނެ ގޮތް ނިންމާނީ އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓް ލިބުމުންކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ، ގާނޫނާއި ހިލާފަށް ކަންތައްތަކެއް ކޮށްފައި ހުރި ކަމަށާއި، މި ފަރާތްތަކުގެ މައްސަލަތައް ބަލައި، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

މިފަދަ ކަންކަން ތަކުރާރު ނުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެކަމުގެ ޔަގީންކަން އުޝާމް ވަނީ ދެއްވާފައެވެ.

ކޮމެންޓް
ކޮރަކަލި
ބޮޑިތިމީހުން ދަށްކާ ތަސައްރަފު ނުފުދޭވާހަކައިގެ އަޑުއިވުމުން މޮޔަނުވާން ހުރިމީހަކުވެސް މޮޔަވެދާނެ
20 Oct 2024
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.