ލައިފްސްޓައިލް
22 Oct 2024 | 07:45
ރޯގާއާއި ކެއްސުމަށް ގޭގައި ދެވިދާނެ ބައެއް ފަރުވާ

މިފަހަކަށް އައިސް ރޯގާ ވެފައި މިވަނީ އަހަރެމެންގެ ”ދިރިއުޅުމުގެ އެއް ބަޔަ“ށެވެ. ކޮންމެ ހަފްތާ އަކު ނުވަތަ ދެހަފްތާއިން އެއް ހަފްތާ ކަހަލަ ގޮތަކަށް ރޯގާ ޖެހިގެން އެކަމުގެ އުނދަގޫ ތަކާއި ކުރިމަތިލާން ޖެހެއެވެ.

ރޯގާ އާއި ކެއްސުމާއި އަދި އޭގެ ރޯގާއާއި ގުޅިގެން ފެންނަ އެހެން އަލާމާތްތައް ލުއިކޮށްދިނުމަށް އެހީތެރިވެދޭ ގޭގައި ކުރެވިދާނެ ބައެއް ފަރުވާތައް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ.

1. މާމުޔާއި ހޫނު ފެން: ތާފަނާ ފެނަށް މޭޒުމަތީ ސަމުސަލެއްގެ މާމުއި އެޅުމަށްފަހު، އެ ބުއިމަކީ ކަރުތެރޭގައި ރިއްސުން ފިލުވައިދީ ކެއްސުން ލުއި ކޮށްދޭ ކަމެކެވެ.

2. އިނގުރު ސައި: އިނގުރުގައި ހުން އައުމުގެ އަލާމާތްތައް ކުޑަކުރުމަށް އެހީތެރިވެދޭ އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީތަކެއް އެކުލެވިގެންވެއެވެ. އިނގުރު ސައި ތައްޔާރު ކުރެވޭނީ ތާޒާ އިނގުރު، ސައިފަތާއެކު ފެނުގައި ކައްކައިގެންނެވެ. އިތުރު ފައިދާތަކެއް ހޯދުމަށް ލުނބޮލާއި މާމުއި އަޅާލާށެވެ.

3. ސްޓީމް އިންހެލޭޝަން: އާވި އެރުވުމަކީ ނޭފަތް ބެނދޭ މައްސަލަ ހައްލުކޮށް ނޭފަތް ސާފުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހޫނު ފެނަށް ޔޫކަލިޕްޓަސް ތެޔޮ ދެތިން ތިކި އަޅައި، ތުވާލިން ބޯ ނިވާކޮށްގެން އާވިއެރުވިދާނެ އެވެ.

4. ލޮނުފެނުގައި ގާގްލްކުރުން: ތާފަނާ ލޮނުފެނުން ގާގްލް ކުރުމަކީ ކަރުތެރެ ރިއްސުން ފިލުވައިދީ ރިއްސުން ކުޑަކޮށްދޭ ކަމެކެވެ.

5. ކަދުރު ކިރު: ކަދުރަކީ އެންޓި-އިންފްލެމެޓަރީ އަދި އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް އެކުލެވޭ އެއްޗެކެވެ. ހޫނު ކިރުގައި 1 ސައިސަމުސާ މުގުރާފައި ހުރި ކަދުރު އަޅައިގެން ބުއިމަކީ ދިފާއީ ނިޒާމު ވަރުގަދަކޮށް، ރޯގާގެ އަލާމާތްތަކަށް ލުއި ލިބޭ ކަމެކެވެ.

6. ހައިޑްރޭޓް ވެފައި ހުރުން: ގިނައިން ފެން ބުއިމަކީ ކަރު ތެތްކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

7. އަރާމުކުރުން: އިންފެކްޝަނާ ދެކޮޅަށް ހަށިގަނޑުން ހަނގުރާމަ ކުރުމަށް އެހީތެރިވުމަށްޓަކައި ގިނައިން އަރާމުކުރަންވާނެއެވެ.

9. ވިޓަމިން ސީ: ވިޓަމިން ސީ ގިނައިން ހުންނަ ކާނާ ކަމަށްވާ އޮރެންޖް، ލުނބޯ، އަދި އެހެނިހެން ސައިޓްރަސް މޭވާތައް ބޭނުންކުރުމަކީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ މި ފަރުވާތަކަކީ އަލާމާތްތައް ލުއިކޮށްދިނުމަށް އެހީތެރިވެދޭ ފަރުވާތަކެއް ނަމަވެސް، މިއީ ޕްރޮފެޝަނަލް މެޑިކަލް ލަފާގެ ބަދަލެއް ނޫނެވެ. އަލާމާތްތައް ދެމިއޮތްނަމަ ނުވަތަ ގޯސްވެއްޖެނަމަ ސިއްހީ ދާއިރާގެ ފަންނީ ފަރާތެއްގެ ލަފާ ހޯދުމަކީ ރަނގަޅު ގޮތެކެވެ. މީގެ އިތުރުން ޓްރައި ކުރާ ކޮންމެ ފަރުވާއަކީ ތިމާގެ ވަކި ސިއްހީ ހާލަތަކަށް އެކަށީގެންވާ ފަރުވާއެއް ކަމާއި، ތިމާ ބޭނުންކުރާ އެއްވެސް ބޭހަކަށް ހުރަސް ނާޅާ ފަރުވާއެއްކަން ޔަގީން ކުރަންވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.