ބްރިކްސް ސަމިޓް ތެރެއިން އީރާނުގެ ރައީސް މައްސޫދު ޕެޒޭޝިއަން އާއި ރަޝިއާގެ ރައީސް ބައްދަލުކުރައްވަނީ
ދުނިޔެ
24 Oct 2024 | 08:40
ބްރިކްސް ސަމިޓުން އިސްރާއީލްގެ މީޑިއާއަށް ހަޖަމް ނުވި މަންޒަރު

ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 5 ޤައުމު ކަމަށްވާ، ޗައިނާ، ރަޝިއާ، އިންޑިއާ، ބްރެޒިލް އަދި ދެކުނު އެފްރިކާ އެކުވެގެން 2009 ވަނަ އަހަރު އުފައްދާފައިވާ "ބްރިކްސް ސަމިޓް" ރަޝިއާގެ ކަޒާންގައި ފެށިގެން ކުރިއަށްދާއިރު، ދުނިޔޭގެ ލީޑަރުންގެ އެންމެބޮޑު ސަމާލުކަމެއް މިވަގުތު ލިބިފައި ވަނީ މި ސަމިޓަށެވެ. ބްރިކްސްގައި މި 5 ގައުމުގެ އިތުރުން އަމަލީގޮތުން ދެން ހަރަކާތްތެރިވަނީ، އީރާން، އިތިއޯޕިއާ، މިސްރު، ސައުދީ، އަދި ޔޫއޭއީ އެވެ. މި ޤައުމުތަކުގެ ތެރެއިން އާޖެންޓީނާ އަދި ވެނެޒުއެލާއިންވެސް ވަނީ ބްރިކްސްގައި ބައިވެރިވާނޭކަން ހާމަކޮށްފައެވެ.

ބްރިކްސް ސަމިޓަށް ދުނިޔޭގެ ލީޑަރުންގެ ކަޅި އަމާޒުވެފައިވާއިރު، މިފަހަރުގެ ބްރިކްސް ސަމިޓްގައި ނިންމޭ ނިންމުންތަކުން ދުނިޔޭގެ ސިޔާސީ މަސްރަހުގެ ކުރިމަގު ކަނޑައެޅިގެންދާނޭކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ބްރިކްސް ސަމިޓްގައި ދުނިޔޭގެ ލީޑަރުން އެންމެ އިންތިޒާރުކުރައްވަމުން މިހާރު ގެންދަވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ބަސްމަގު ބަހައްޓަވާނޭ ގޮތުގެ މައްޗަށެވެ. 

ކަޒާންގައި މިހާރު ކުރިއަށްދާ ބްރިކްސް ސަމިޓްގެ ކަންކަން ކުރިއަށްދާގޮތް އެންމެ ގާތުން ފާރަވެރިވަމުންދަނީ އިސްރާއީލްގެ މީޑިއާތަކެވެ. ބްރިކްސް ސަމިޓްގެ މިހާހިސާބަށް އާއިރު، މުހިއްމު ދެކަމަކާ ގުޅޭގޮތުން ރަޝިއާ އާއި ޗައިނާއިން ވަނީ ވާހަކަދައްކާފައެވެ. އެއްކަމަކީ އިންޓަރނޭޝަނަލް ޕޭމަންޓްގައި އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓާލުމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ދެއްކެވި ވާހަކަފުޅެވެ.

އަނެއް ކަމަކީ، އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނިރުބަވެރި ހަރަކާތްތައް މިހާރުން މިހާރަށް ހުއްޓާލުމާ ގުޅޭގޮތުން ޗައިނާގެ ރައީސް ޝީ ޖިން ޕިން ވިދާޅުވި ވިދާޅުވުމެވެ. 

ބްރިކްސް ސަމިޓްގެ ތެރެއިން.. ފޮޓޯ/ ބްރިކްސް

ބްރިކްސް ސަމިޓްގެ ތެރެއިން ވާހަކަތަކާ މަޝްވަރާތަކުގެ ބޮޑު ބައެއް ނިމިގެން ގޮސްފައިވާއިރު، ހުރިހާ ކަމެއްގެ ތެރެއިންވެސް އިސްރާއީލްގެ މީޑިއާތަކަށް އެންމެ އަޅައިގަތް ކަމަކަށްވީ، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާއި ބްރިކްސްގެ މެމްބަރު ގައުމެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވާ އީރާނުގެ ރައީސް މައްސޫދު ޕެޒޭޝިއަން ދެ ބޭފުޅުންގެ ބައްދަލުވުމެވެ. އިސްރާއީލާ އެމެރިކާގެ ވިޔަފާރިވެރިން ގުޅިގެން ފަންޑުކޮށްގެން ހިންގަމުންދާ އިސްރާއީލް ޓައިމްސްއިން ވަނީ އެ ދެ ބޭފުޅުން ސަލާންކުރައްވާ ފޮޓޯއެއް ހިމަނައި ހަބަރެއް ޝާއިއުކޮށްފައެވެ. 

އިސްރާއީލް ޓައިމްސްއިން ބުނީ ވްލަޑިމިއާ ޕުޓިން އާއި މައްސޫދުގެ މި ބައްދަލުވުމަކީ ދެ ރައީސުންގެ ފުރަތަމަ ބައްދަލުވުން ކަމަށާއި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވަރަށް ފުރިހަމަޔަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ޕުޓިން އިސްވެ ވާހަކަފުޅު ދައްކަވާފައިވާކަމަށެވެ. މީގެ އިތުރުން މެދުއިރުމަތީގެ މައްސަލަ އާއި ސޫރިއާގެ މައްސަލައާ ގުޅޭގޮތުންވެސް ދެ ރައީސުންގެ ދެމެދުގައި މަޝްވަރާކޮށްފައިވާކަމަށް އިސްރާއީލް ޓައިމްސްއިން ރިޕޯޓްކޮށްފައި ވެއެވެ.

މިފަހުން އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ. މި މައްސަލާގައި އިސްރާއީލުން އީރާނަށް ހަމަލާދިނުމަށް ތައްޔާރުވިނަމަވެސް، އެމެރިކާއިން ވަކިއެއްޗެއް ނުބުނާތީވެ އިސްރާއީލް އަދި އޮތީ ހިމޭނުންނެވެ. އިސްރާއީލުން އީރާނަށް ހަމަލާދޭން ކިތަންމެ ބޭނުންވިއަސް އެކަން ނުކުރެވި އަދި އޮތީ ރަޝިއާއިން ދިން އިންޒާރަކާ ގުޅިގެންނެވެ. ރަޝިއާއިން ބުނެފައިވަނީ އިސްރާއީލުން އީރާނަށް ހަމަލާ ދީފިނަމަ، ރަޝިއާއިން ބަލަން ނޯންނާނެ ކަމަށެވެ.

ދުނިޔޭގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އިސްރާއީލަށް ވާގިވެރިވެ ދީގެން އީރާން ކަހަލަ ގޮތްނޭނގޭ ޤައުމަކާ ދެކޮޅަށް ހަނގުރާމައެއް ފަށާކަށް އެމެރިކާ ބޭނުމެއް ނުވެއެވެ. މިކަމުގައި ސަބަބުތައްވެސް ބައިވަރެވެ. އޭގެ ތެރޭގައި އެމެރިކާއިން އީރާގް އަދި އަފްޢާނިސްތާނުގައި ކުރި ހަނގުރާމަތަކުގެ މަގްސަދު ހާސިލްނުވެ އެޤައުމަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި އެމެރިކާގެ ރައްޔިތުން އެކަންކަން ބަލައި ނުގަތުމާއި، ރަޝިއާއިން އިންޒާރު ދީފައި އޮއްވައި އިޒްރާއީލުން އީރާނަށް ހަމަލާދީފިނަމަ، ދެން ވާނެގޮތެވެ. 

ކަންކަން އެގޮތަށް ހުރިއިރު، ބްރިކްސް ސަމިޓްތެރެއިން ރަޝިއާގެ ރައީސް ޕުޓިން އިސްނަންގަވައި އީރާގެ ރައީސް އާ ބައްދަލުކުރެއްވުންތައް ބާއްވައި އީރާނަށް އެއްބާރުލުން ދޭނޭކަމަށް ހާމަކުރި ކުރުމަކީ އެމެރިކާ އަދި އިސްރާއީލަށް ތަހައްމަލު ކުރެވޭވަރުގެ ކަމަކަށް ނުވާނޭކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.