ނޮޅިވަރަންފަރު ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނޭ ޔުނިޓެއް: ފޮޓޯ ނޮޅިވަރަންފަރު ކައުންސިލް
ހަބަރު
24 Oct 2024 | 14:35
ނޮޅިވަރަންފަރު ހައުސިން ޔުނިޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް ބާތިލްކުރަންޖެހޭ: އެޗްއާރުސީއެމް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކޮށްފައިވާ ނޮޅިވަރަންފަރު ހައުސިން ޔުނިޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް ބާތިލްކުރަންޖެހޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ހދ.ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު" ގައި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް ބުނެ އެރަށުގެ 279 މީހަކު ވަނީ އެޗްއާރުސީއެމަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. މި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންކަން ބެލުމަށްފަހު އެޗްއާރުސީއެމުން ވަނީ އެފަރާތުގެ ރަޢުޔު ހާމަކޮށްފައެވެ.

މައްސަލަ ތަހުގީގުކުރުމަށްފަހު އެޗްއާރުސީއެމުން ބުނީ، ތަޙުޤީޤުން ފާހަގަ ކުރެވޭ ކަންކަމަށް ރިޢާޔަތްކުރާއިރު، މި އުސޫލު މިހާރު އެކުލަވާލާފައި އޮތް ގޮތުގެ ސަބަބުން، ހައުސިންގ ޔުނިޓްތައް ދިނުމަށް ކަނޑައަޅައިފިނަމަ، ހައުސިންގ ޔުނިޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ގެއްލިގެން ދިއުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. މިކަމުގެ ކަންބޮޑުވުން ފާހަގަކުރަމުން އެޗްއާރުސީއެމުން ބުނީ، މައްސަލައިގެ ތަޙްޤީޤު ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާއަތްކުރާއިރު މި އުސޫލު އިސްލާހުކޮށް، މިހާރު ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމް އަލުން ރީ-އިވެލުއޭޓް ކުރުމަކީވެސް އެންމެ އިންސާފުވެރި ގޮތް ކަމަށް ނުބެލެވޭ ކަމަށެވެ. 

އެހެންކަމުން ހދ.ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 (ސަތޭކަ) ހައުސިންގ ޔުނިޓު ދިނުމަށް މިހާރު އިއުލާނުކޮށްފައިވާ ވަގުތީ ލިސްޓު ބާތިލް ކުރުމަށާއި، މި ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ އުސޫލުގައި ހުރި މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ގޮތަށް އުސޫލު އިސްލާހުކޮށް، އަލުން އިޢުލާނު ކުރުމަށާއި އަދި އުސޫލު އިސްލާހުކޮށް އަލުން އިޢުލާނު ކުރުމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.

އެޗްއާރުސީއެމުން ވަނީ ޤާނޫނުއަސާސީއާއި ކަމާގުޅުންހުރި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްޤުތައް ހަނިނުވާނޭ ގޮތަށް އުސޫލު އެކުލަވާލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ތިލަދުންމަތީ ދެކުނުބުރި ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއަށް އަންގާފައެވެ.

އެޗްއާރުސީއެމުން ބުނީ ކޮމިޝަނުގެ އެންގުމާއި އެއްގޮތަށް ޢަމަލުކޮށްފައިނުވާނަމަ، ހިއުމަން ރައިޓްސް ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނޭކަމަށެވެ. 

އެޗްއާރުސީއެމުން ވަނީ ހައުސިން ޔުނިޓުތަކާ ގުޅޭގޮތުން ތަޙްޤީޤްކޮށްފައިވާ މައްސަލައާ ގުޅިގެން ނިންމާފައިވާ ގޮތް ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ އާއި ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މައްސަލަ ހުށަހެޅި ފަރާތާ ވާނީ ހިއްސާކޮށްފައެވެ.

ނޮޅިވަރަންފަރު ހައުސިން ޔުނިޓްތަކަކީ މީގެ 12 އަހަރުކުރިން އަޅަންފެށި ހައުސިން ޔުނިޓްތަކެކެވެ.މި ހައުސިން ޔުނިޓްތަކުގެ ތެރެއިން ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ހާއްސަކޮށްފައިވަނީ 75 ޔުނިޓެވެ. އަނެއް 25 ޔުނިޓް ދެނީ އެރަށަށް ބަދަލުވި މީހުންނަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.