ދީން
25 Oct 2024 | 13:08
ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުން ގިނަ؛ ޤިޔާމަތް ދުވަހުން އެކަމާމެދު ސުވާލުވެވޭނެ: ޚުތުބާ

ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންގެ އަދަދު އިތުރުވަމުންދާކަމަށާ، މިފަދަ ޢަމަލުތަކާ ގުޅޭގޮތުން ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެކަމަށް މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފިއެވެ. 

އަނބިންނަށް ޚަރަދު ކުރުން މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތުން، ފިރިމީހާ އޭނާގެ އަނބިމީހާއަށާއި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ މާތްالله ވާޖިބުކުރައްވައިފައިވާ ކަމެކެވެ. އަދި މިކަން ކީރިތި ޤުރުއާނާއި ޙަދީޘުން ސާބިތުވާކަމަށެވެ. 

"ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަން ހުރި މިންވަރަކުން ހޭދަކުރާހުށިކަމެވެ! އަދި އެމީހެއްގެ ރިޒްޤު ދަތިކުރައްވައިފައިވާ މީހާ، ފަހެ، އެމީހާޔަށް الله ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ!" މިއާޔަތް ޚުތުބާގައި ހިމަނުއްވައި، ކޮންމެ މީހަކުވެސް އޭނާގެ ތަނަވަސްކަން ހުރި މިންވަރަކުން އަނބިދަރީންނަށް ޚަރަދުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންނާއި، ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުން ގިނަވަމުންދާކަން ހިތާމައާއެކު ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ވަނީ، މިފަދަ ޢަމަލުތަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެކަމަށް ހަނދާންކޮށްދެއްވައި، މިގޮތަށް ޢަމަލުކުރާ ފަރާތްތަކަށް ވަގުތު ފާއިތުވުމުގެކުރީން ތައުބާވެ، اللهގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ.

އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމަކަށްވާ އިރު އެ ވާޖިބު އަދާކުރުން މަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެކެވެ. ނަމަވެސް ހިތާމައަކީ މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާ ކަމެވެ. އަދި ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންވެސް މަދެއްނޫނެވެ. ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުން ވެސް މަދެއްނޫނެވެ. މިއީ އިންތިހާއަށް ހިތާމަކުރާން ޖެހޭ ކަމެކެވެ. މި ކަންކަމާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެއެވެ. ވީމާ، މި ގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެކުރީން ތައުބާވެ، اللهގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ވަޞިއްޔަތްކުރަމެވެ.

ޚުތުބާގައި އިތުރަށް ބުނީ، ފިރިމީހާ އޭނާގެ މުދަލުން އަނބިދަރީންނަށް ހޭދަނުކުރާ ނަމަ އޭނާގެ އިޛުނައާ ނުލައި އަސާސީ ޙާޖަތްތައް ފުއްދޭ މިންވަރަށް ފިރިމީހާގެ މުދަލުން ނަގައި ހޭދަކުރުން އަނބިމީހާއަށް ހުއްދަވާނެ ކަމަށެވެ. އަދި އެއީ ވައްކަމެއްނޫން ކަމަށެވެ.

“މާތް الله އެ ކަމަނާއަށް ރުއްސުންލެއްވި أُمُّ الْـمُؤْمِنِيْنَ أَلسَّيِّدَة عَائِشَة رَضِيَ اللهُ عَنْهَا ވިދާޅުވިއެވެ. أَبُوْ سُفيَان رَضِيَ اللهُ عَنْهُގެ އަނބިކަނބަލުން هِنْدُ بِنْتُ عُتْبَة رَضِيَ اللهُ عَنْهَا ކީރިތި ރަސޫލާ ޞޢވއަށް ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ! އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށާއި އަޅުގަނޑުގެ ދަރީންނަށް ފުދޭ މިންވަރަށް ޚަރަދުނުކުރާތީ، އޭނާއަށް ނޭނގޭ ގޮތަށް، އޭނާގެ މުދަލުން އަޅުގަނޑު ނަގަމުއެވެ. އެ ހިނދު ރަސޫލު الله ޞޢވ ޙަދީޘްކުރެއްވިއެވެ. (خُذِيْ مَا يَكْفِيْكِ وَوَلَدَكِ بِالْـمَعْرُوْفِ) މާނައީ: "ތިބާއަށާއި ތިބާގެ ދަރީންނަށް ފުދޭ ވަރަށް ހެޔޮ ގޮތުގައި ނަގާށެވެ!" ޚުތުބާ ނިންމާލަމުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.