އިމިގްރޭޝަނުން ގުރައިދޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން..
ހަބަރު
26 Oct 2024 | 22:05
ކ.ގުރައިދޫ ރެއިޑުން އެނގުނީ، ނުގަވައިދުން އުޅޭ ބިދޭސީން ރަށްރަށުގައިވެސް ގިނަކަން

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މާލެ ސަރަހައްދުގައި އިމިގްރޭޝަނުން ފެށި އޮޕަރޭޝަނުން އެނގިގެންދިޔައީ، ނުގަވައިދުން އުޅޭ ބިދޭސީން އިންތިހާއަށް ގިނަކަމެވެ. އެފަދަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކަމާބެހޭ މުއައްސަސާތަކާއެކު މާލެ އަދި ހުޅުމާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަން ކުރިއަށް ޖައްސާލުމުން މާލޭގައި އުޅެމުންދިޔަ ބައެއް ބިދޭސީން މިސްރާބް ޖެހީ އަތޮޅުތެރޭގެ ރަށްތަކަށެވެ.

މިއަހަރުގެ އޮގަސްޓަމަހުގެ 28 ވަނަ ދުވަހު މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވެފައިވަނީ، ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށް މާލެ ބަލައި ފާސްކުރަން ފެށުމާއެކު ގިނަ އަދަދެއްގެ ބިދޭސީން އަތޮޅުތެރޭގެ ރަށްތަކަށް ދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެހެންކަމުން ކުރިއަސްއޮތް ތަނުގައި ރަށްރަށުގައިވެސް އެ އޮޕަރޭޝަން ކުރިއަށްގެންދާނޭކަމަށް ޝައްމާން ވިދާޅުވިއެވެ.

އިމިގްރޭޝަނުން މިހާތަނަށް ނޫސްވެރިންނާ ހިއްސާކުރި މައުލޫމާތު ތަކަށް ބަލާއިރު، މިހާރުވެސް ބައެއް ރަށްރަށަށް ބިދޭސީން ދާ މައްސަލަ ވަނީ ބޮޑުވެފައެވެ. މީގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ފާހަގަކޮށްލެވެއެވެ. ކުޅުދުއްފުށި ކައުންސިލުން ވަނީ އެކަން އިމިގްރޭޝަނުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

އިމިގްރޭޝަނުން ބުނީ މިއަދު ގުރައިދޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި 39 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި، ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ، ނޭޕާލް އަދި ނައިޖީރިއާ ހިމެނެއެވެ. 

ގުރައިދޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި އިމިގްރޭޝަނުން ވަނީ 42 ތަނެއް ބަލައި ފާސްކޮށް 106 ބިދޭސީންނާ ސުވާލުކޮށްފައެވެ. މީގެ ތެރެއިން ވިސާ ފުރިހަމަނޫން 11 މީހުންނަށް ވަނީ އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސްދީފައެވެ.

ކ.ގުރައިދޫގައި އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި އެ މުއައްސަސާގެ 20 އޮފިސަރުންނާއި ފުލުހުންގެ 9 އޮފިސަރުން ބައިވެރިވިއެވެ. މީގެ އިތުރުން ކައުންސިލުގެވެސް ބައިވެރިވުން ލިބުނުކަމަށް އިމިގްރޭޝަނުން ބުންޏެވެ. 

ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި 4،054 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާނޭކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

ކޮމެންޓް
ޙާނިމް
ކ. ޙުރާގައި ވެސް އެފަދަ. ޙުކުރު ދުވަހަކުން އަރާލަބަލަ. ހީވަނީ އެހެން ފަދަ ކަމެއްހެން
26 Oct 2024
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.