ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ފުރި ފޯމްތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން..
27 Oct 2024 | 23:39
އޮޅުވާލައިގެން ޕީއެންސީއަށް މެމްބަރުން ވައްދަން ނުޖެހޭނެ: އަބްދުއްރަހީމް

ވެރިކަންކުރާ މައިޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް، (ޕީއެންސީ) އަށް އޮޅުވާލައިގެން މެމްބަރުން ވައްދަން ނުޖެހޭނޭކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުން ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ފުރި ފޯމްތައް ހަވާލުކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޢަބްދުއްރަހީމް ވަނީ ޕީއެންސީއަށް މެމްބަރުން ހޯދުމަށް އިދިކޮޅު އެމްޑީޕީން މިއަދު ކުރި ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގެ ނުފޫޒު ފޯރުވަމުންދާކަމަށާއި، އަދި އެކަމުގެ ޝަކުވާތައްވެސް ލިބެމުން އަންނަކަމަށެވެ. އެކަމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއްކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ވާހަކަތަކަށް ރައްދުދެއްވައި ޢަބްދުއްރަހީމް ވިދާޅުވީ ނުފޫޒުންނާއި، ފައިސާ ދީގެން ޕީއެންސީއަށް މެމްބަރުން ވައްދަން ނުޖެހޭނޭކަމަށެވެ. ޢަބްދުއްރަހީމް ވިދާޅުވީ ސޮއި ފޯޖުކޮށްގެންނާއި، ފައިސާ ދީގެން ޕާޓީއަށް މީހުން ވައްދާނީ ތާއީދުނެތް ސިޔާސީ ލީޑަރުން ހިންގާ ޕާޓީތަކަށް ކަމަށެވެ. ޕާޓީއަށް މެމްބަރުން ވެއްދުމަށް ފޯމް ފުރުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭކަމަށާއި، ޑީއާރުޕީ، ޕީޕީއެމް އަދި ޕީއެންސީ އުފެއްދުމަށް މެމްބަރުން ހޯދުމަށް ކުރެވުނު މަސައްކަތްތަކުން އެކަމުގެ ތަޖުރިބާ ފިސާރި ރަނގަޅަށް ލިބިފައިވާކަމަށް އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ޕީއެންސީއަށް ރައްޔިތުންގެ ލޯތްބާއި ތާއީދު އެބައޮތްކަމަށާއި، އެހެންކަމުން އޮޅުވާލައިގެން އެ ޕާޓިއަށް މީހުން ވައްދަންޖެހޭކަމަށް އެމްޑީޕީން އެ ދައްކާ ވާހަކައިގެ ހަގީގަތެއް ނެތްކަމަށެވެ. 

ސަރުކާރު އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ނުފޫޒުން ޕީއެންސީއަށް މެމްބަރުން ވައްދަމުންދާކަމަށް އެމްޑީޕީން ތުހުމަތުކުރާ މައްސަލާގައި އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކާއި އެކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާނީ ޕީއެންސީއަށް ނިސްބަތްވާ މީހުންކަމަށާއި، ޕާޓީ ބޮޑުކުރުމަކީ އެ ބޭފުޅުންގެ ޒިއްމާއެއް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޕީއެންސީގެ މެމްބަރުންގެ ގޮތުގައި 3،022 މީހުންތިބި ނަމަވެސް މިއަދު އެ ޕާޓީއަކީ އެންމެބޮޑު ޕާޓީކަމުގައި ހެދިއްޖެކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.