ރޭގެ ދަރުސްގެ ތެރެއިން
ރޭގެ ދަރުސްގެ ތެރެއިން
ހަބަރު 03 Nov 2024 | 09:11

”ކަލަކުވޭ ބިރުވެތިވޭ“؛ ޝެއިޚް ކިޔައިދެއްވީ اللهއަށް ބިރުވެތި ނުވުމުން ހަލާކުވެގެންދިޔަ ގައުމުތަކުގެ ވާހަކަ!

މާތް الله އާއި އެކަލާނގެ ރަސޫލުންގެ ބަސްފުޅުތަކަށް ފުރަގަސްދީ، މާތް الله އަށް ބިރުވެތި ވުމެއްނެތި ފާފަތަކަށް އަރައިގަންނަމުންދިޔަ ޤައުމުތަކުގެ މީހުން ނެތި ކުރެއްވި ގޮތުގެ ވާހަކަތައް ކިޔައި ދެއްވައި، އެކަންކަމުން ޢިބުރަތް ޙާސިލް ކުރުމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމް ގޮވާލައްވައިފިއެވެ.

ރޭ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި އޮތް، ”ކަލަކުވޭ ބިރުވެތިވޭ“ ދަރުހުގައު ވާހަކަ ދައްކަވަމުން ޝެއިޚް ޝަމީމް ވިދާޅުވީ، މާތް الله ބާއްވާލެއްވި ތަކެތި ދޮގުކުރާ މީހާ، އެކަން ކުރަނީ އޭނާގެ މޮޅުކަމާއި ޢިލްމުގެ ގިނަކަމުންނޫން ކަމަށެވެ. އެގޮތުން ރަސޫލާ ޞޢވ ގެ ބަސްފުޅު، މުޝްރިކުން ދޮގުކުރިކަން ފާހަގަކުރައްވައި ޝެއިޚްވަނީ، އޭގެ ކުރިން ފޮނުއްވުނު ރަސޫލުބޭކަލުންގެ ބަސްފުޅުވެސް އެ ބޭކަލުންގެ ގައުމުގެ މީހުން ދޮގުކުރިކަން ކީރިތި ގުރުއާނުގެ އަލީގައި ހާމަކޮށްްދެއްވާފައެވެ.

”މާތް الله ރަސޫލާ ޞޢވ އަށް ވަޙީކުރައްވަނީ، އެއުރެން ކަލޭގެފާނު ދޮގުކުޅަޔަސް، ހަމަކަށަވަރުން، އެއުރެންގެކުރިން ނޫޙުގެފާނުގެ ޤައުމުގެމީހުންނާއި، ޢާދު ބާގައިމީހުންނާއި، ޘަމޫދު ބާގައިމީހުން (އެއުރެންގެ ރަސޫލުން) ދޮގުކޮށްފައިވެއޭ. އަދި އިބްރާހީމުގެފާނުގެ ޤައުމުގެމީހުންނާއި، ލޫޠުގެފާނުގެ ޤައުމުގެމީހުންވެސްމެއޭ. އަދި މަދްޔަނުގެ އަހުލުވެރިންވެސްމެއޭ. އަދި މޫސާގެފާނުވެސް ދޮގުކުރެވުނޭ. ފަހެ، ކާފިރުވި މީހުންނަށް، ތިމަންރަސްކަލާނގެ މުހުލަތް ދެއްވީމޭ. ދެން ތިމަންރަސްކަލާނގެ އެއުރެންނަށް ޢުޤޫބާތް ދެއްވައި ހިއްޕެވީމޭ. ފަހެ، ތިމަންރަސްކަލާނގެ ޢުޤޫބާތް ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ.

އެރަށްތަކުގެ އަހުލުވެރިން، އަނިޔާވެރިވެގެންވީހިނދު، ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައްރަށް ހެއްޔެވެ؟ ފަހެ، އެ ރަށްރަށްވަނީ، ފުރާޅުތަކާއި، ޢިމާރާތްތައް ވެއްޓި ފުނޑުފުނޑުވެފައެވެ. އަދި (އެ ރަށްރަށުގައިވަނީ) ފަޅުވެފައިވާ ކިތައްކިތައް ވަޅާއި، އުސްކޮށް ބިނާކޮށްފައިވާ ކިތައްކިތައް ގަނޑުވަރު ހެއްޔެވެ؟

ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށްވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ“ ޙައްޖު ސޫރަތުގެ 42 ވަނަ އާޔަތުން ފެށިގެން 46 ވަނަ އާޔަތާއި އެއާޔަތްތަކުގެ މާނައަށް އަލިއަޅުވާލައްވައި ޝެއިޚް ކިޔައިދެއްވާފައިވެއެވެ.

ކަލަކުވޭ ބިރުވެތިވޭ ދަރުސްގެ ތެރެއިން: ފޮޓޯ/ ވޮއިސް

މާތްاللهއަށް އުރެދުމުން ހަލާކުކުރެވުނު ގައުމުތައް

1. ޢާދު ބާގައިގެ މީހުން

ޝެއިޚް ވިދާޅުވީ، ނޫޙުގެފާނުގެ ގައުމާއި، ޢާދު ބާގައިގެ މީހުންނާއި، ޘަމޫދު ބާގައިގެ މީހުންގެ ވާހަކަ ބޮޑެތި ޢިބްރަތްތަކެއް ލިބިދޭ ވާހަކަތަކެއް ކަމަށެވެ. އެމީހުން ދިރިއުޅުނުތަން މިއަދުވެސް ފެންނަން ހުރިކަން ފާހަގަކުރެއްވިއެވެ.

އެގައުމުތަކުގެ މީހުންނަށް ވެގެން ދިޔަގޮތް ކީރިތި ޤުރުޢާނުން އެނގެން އޮތް އިރު، ޤުރުއާނުގެ އާޔަތްގަކުގެ އަލީގައި ޝެއިޚްވަނީ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާފައެވެ.

އެގޮތުން ޢާދު ބާގައިގެ މީހުންނަކީ، މާތް الله އާދަޔާ ޚިލާފް ބާރެއް ދެއްވާފައިވާ ބައެއް ކަމަށާ، އަދުގެ ޒަމާނީ ސައިންސްވެރިންނަށް އަދިވެސް، އެ ގައުމުގެ މީހުންގެ އަތުގައި ހުރި ބާރާއި އެމީހުން ގެންގުޅުނު ތަކެއްޗަކީ ކޮބައިކަން ދެނެގަނެވިފައި ނުވާކަން ޝެއިޚް ފާހަގަ ކުރެއްވިއެވެ. އެފަދަ ބާރެއް ލިބުމުން، ޢާދު ބާގައިގެ މީހުން، އެއްވެސް ހައްގަކާއި ނުލައި މި ބިންމަތީގައި ކިބުރުވެރިވެ، ”ތިމަންމެންނަށްވުރެ ގަދައީ ކާކުހޭ، ކޮން ފަރާތެއްހޭ“ ބުނެ ބޮޑާވެ ކިބުރުވެރިވެ، މާތް اللهގެ އާޔަތްތަކަށް އެމީހުން ގޮންޖެހި ކަން ޝެއިޚް ހަނދުމަކޮށްދެއްވިއެވެ.

”އަދި ޘަމޫދު ބާގައިމީހުން ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެއުރެންނަށް ތެދުމަގު ދެއްކެވީމެވެ. ފަހެ، އެއުރެން ތެދުމަގު ލިބުމުގެ ބަދަލުގައި، ކަނުކަން (އެބަހީ: މަގު ފުރެދުން) އިޚްތިޔާރު ކުރޫއެވެ. އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން، އިހާނަތްތެރި ޢަޛާބުގެ ހޮނުގުގުރި އެއުރެންގައި ހިފިއެވެ.“

މިއާއެކު ޝެއިޚް ވަނީ ހަލާކު ކުރެވުނު ގައުމުތަކުގެ މީހުން، މާތް الله އާއި އެކަލާނގެ ރަސޫލުންގެ ނަޞޭޙަތް ގަބޫލުނުކުރުމުން އެމީހުން ހަލާކުވެގެން ދިޔައިރު، މިހާރު ދިވެހީންގެ ތެރޭގައިވެސް މާތް اللهއާއި އެކަލާނގެ ރަސޫލާގެ ނަޞޭހަތް އަޑުނާހާ މީހުން ގިނަވެފައިވާކަން ހިތާމައާއެކު ފާހަގަކުރައްވާފައެވެ.

މާތް اللهގެ ނަސޭހަތަށް އިންކާރުކުރާ މީހުން، ނުވަތަ ފުރަގަސްޖަހާމީހުން، އެއީ އެއްގޮތަކަށްވެސް އެމީހުންގެ މޮޅު ކަމަކުން ނޫން. ހަމައެކަނި އެންމެ ސަބަބެއް. ޖާހިލުކަން. ނުވަތަ ކިބުރުވެރިކަން. އޭގެ ސަބަބުން އިންކާރު ކުރަނީ. ލޮބުވެތި މުސްލިމުންނާއި އުޚުތުން، الله ވޮޑިގެންވޭ. އެކަލާނގެއަށް ބިރުވެތިވޭ!

ޑރ އާދަމް ޝަމީމް

2. ޘަމޫދު ބާގައިގެ މީހުން

ލޫތުގެފާނުގެ ގައުމުގެ މީހުން، އޭގެ އިސްވެދިޔަ ގައުމުތަކުގެ މީހުން އަރައި ނުގަންނަފަދަ ނުބައި ކަމަކަށް އަރައިގަތް ކަމަށާ، އެމީހުން، އެމީހުންގެ ޙަލާލު އަނބިން ދޫކޮށް، ޝަހުވަތާއި އެކު ފިރިހެނުންގެ ގާތަށް ދިޔަކަމަށް ޝެއިޚް ވިދާޅުވިއެވެ. އަދި ލޫޠުގެފާނު އެމީހުންނަށް ތެދުމަގަށް ރުޖޫޢަވުމަށް ގޮވާލުމުން އެމީހުން ފުރަގަސްދިނުމުން މާތްالله، އެ ގައުމު އެފުށްމިފުށަށް ޖައްސަވައި، ހިލައިގެ ވާރޭ ވެއްސެވިކަން ހަނދުމަކޮށްދެއްވިއެވެ.

މި މުޑުދާރު ހަޑިހުތުރު ޢަމަލު، އެލްޖީބީޓީކިޔު، ރީތި ނަންތަކާއި، ރީތި ކުލަތައް ބޭނުން ކޮށްގެން ދުނިޔޭގައި ފަތުރަމުން އިބިލީހާއި އޭނާގެ އައުވާނުން ކުރަމުންދާ މަސައްކަތްތަކަށް މާތް الله ޣާފިލުވެވޮޑިގެން ނުވޭ. މާތް الله ގެ ހިއްޕެވުން އަންނައިރު، ފިސާރި ހަރުކަށިހިއްޕެވުމަކުން އެކަލާނގެ ހިއްޕަވާނެ. އެހެންވީމާ މުއުމިނުން، މުސްލިމުން، އަޅުގަނޑުމެން ޖެހޭ ސަމާލުވާން. އަޅުގަނޑުމެންޖެހޭ މާތް الله ވޮޑިގެންވާކަން ދަންނަން. އެކަލާނގެއަށް ބިރުވެތިވާން.

ޑރ އާދަމް ޝަމީމް

މިއާއެކު ޝެއިޚްވަނީ ރާއްޖޭގައިވެސް އަންހެން ހެދުން އަޅައިގެން އުޅޭ ފިރިހެނުން ގިނަވަމުންދާކަމާ، މީސް މީޑިއާގެ އެކި މަންސަތަކުގައި އެމީހުންގެ ހަށިގަނޑު ފާޅުކުރަމުންދާކަން ފާހަގަކޮށް، އެފަދަ މީހުން މާތް الله އައްސަވާ އަދި ބައްލަވާ ވޮޑިގެންވާކަން ދަނެ، އެކަލާނގެއަށް ބިރުވެތިވާން ގޮވާލައްވާފައެވެ.

ކަލަކުވޭ ބިރުވެތިވޭ ދަރުސްގެ ތެރެއިން: ފޮޓޯ/ ވޮއިސް

3. މަދުޔަނުގެ އަހުލުވެރިން

ލޫތުގެފާނުގެ ގައުމުގެ މީހުންގެ ވާހަކައަށްފަހު، ޝެއިޚްވަނީ މަދުޔަނުގެ އަހުލުވެރިންނަށް ވެގެން ދިޔަގޮތުގެ މައްޗަށް އަލިއަޅުވާ ލައްވާފައެވެ. އެގޮތުން، އެމީހުން، މިނެ ކިރާއިރު އެއްވެސް ޢަދުލެއް އިންސާފެއްނެތި ކިރަމުން ދިޔަކަމަށާ، އެފަދައިން އެކަން ނުކުރުމަށް ޝުޢައިބުގެފާނު އެމީހުންނަށް ނަޞޭހަތްތެރިވެވަޑައިގެންނެވި ކަން ފާހަގަކުރެއްވިއެވެ. އަދި މީހުންގެ މުދަލުން އުނިކޮށްގެން ނުދިނުމަށާއި ބިން މަތީގައި ފަސާދަކޮށް ކޮރަޕްޝަން ނުހިންގުމަށް ޝުޢައިބުގެފާނު އެމީހުންނަށް ނަޞޭހަތްތެރިވި ކަމަށް ވިދާޅުވުއެވެ.

އެހެން ނަމަވެސް އެމީހުންވެސް ޝުޢައިބުގެފާނުގެ ނަޞޭހަތް ގަބޫލު ނުކުރެއްވި ކަމަށާ އޭގެ ސަބަބުން އެ ގައުމުވެސް ހަލާކުކޮށްލެވުނު ކަމަށް ޝެއިޚް ވިދާޅުވިއެވެ.

މިއާއެކު ޝެއިޚް ވަނީ މިހާރުވެސް އަވަހަށް މުއްސަނދިވެ މިލިޔަނަރަކަށް ވުމަށްޓަކައި ޙަރާމެއް ހަލާލެއް ބެލުމެއްނެތި، ތިމާގެ މަގާމާއި ބާރުގެ ބޭނުންކޮށްގެން، އެނޫންވެސް ނުބައި މަގުތައް ޚިޔާރުކޮށް މުއްސަނދިވާން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. ކަން މިހެން ހުރި ނަމަވެސް، މާތް الله އަހަރެމެންނަށް ހަލާލު ގޮތުގައި ދެއްވިތަކެތި މާ ހެޔޮކަން ބޮޑުކަން ޤުރުޢާނުން އެނގޭކަމަށް ޝެއިޚް ވިދާޅުވިއެވެ.

”މިއަދު ދުނިޔޭގައި މި މުދާވެރިކަމާއި އޭގެ ދަޅައަށް ހެއްލިގެން މިދާ ވަރަށް ނުރައްކާތެރި ޓެރެންޑަކީ އެންމެ އަގުބޮޑު ފޯނު، އެންމެ އަގުބޮޑު ވެހިކަލް، އެންމެ އަގުބޮޑު ލިބާސް، އެންމެ އަގުބޮޑު އައިނު، އެންމެ އަގުބޮޑު ގަޑި، އެންމެ އަގުބޮޑު މުޅި ދުނިޔޭގެ ލަގްޒަރީ ލައިފް ސްޓައިލް އަކަށް ދަހިވެތިވެފައިވުމަކީ ވަރަށްބޮޑު ނުރައްކަލެއް. އެއީ މާތް الله ވޮޑިގެންވާކަމާއި، އެކަލާނގެ ނިޢުމަތްމަތިން ހަނދާންނެތި އިބިލީހުގެ މަޅިގައިޖެހިގެން ހިނގައިދާނެ ކަމެއް.“

ޑރ އާދަމް ޝަމީމް

މީގެ އިތުރުންވެސް ޝެއިޚް ވަނީ، ދުނިޔެމަތީގައި ބޮޑާވެ ކިބުރުވެރިވެ، އުޅުނު، ފިރުޢައުނު، މުއުމިނުންނަށް އަނިޔާކޮށް، މޫސާ އަލައިހިއްސަލާމް ގޮވާލެއްވި ތެދު މަގަށް ތަބާ ނުވުމުން، އޭނާ އާއި އޭނާގެ ލަޝްކަރު ޣަރަގުވެގެން ދިޔަ ގޮތުގެ ވާހަކަ ކިޔައިދެއްވާފައެވެ.

އަދި އެ ވާހަކަތައް ކީރިތި ޤުރުޢާނުގައި ބަޔާންކޮށްފައިވަނީ، އެންމެހައި މުސްލިމުން އެވާހަކަތަކުނަ ޢިބްރަތް ލިބިގަތުމަށް ކަމަށްވެސް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ %70 މަސައްކަތް އަންނަ އަހަރަށް ނިންމުން: ޒަރީރު
09 Nov 2026 ހަބަރު

އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ %70 މަސައްކަތް އަންނަ އަހަރަށް ނިންމުން: ޒަރީރު

މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް އިތުރު 1.5 ބިލިޔަން ރުފިޔާ ހޭދަވާނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!
09 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ ވަނީ 5 ރުފިޔާގެ ދިވެހި ނޫޓެއް އަނގައިން ވީދާލާފައެވެ. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ގާނޫނީ ގޮތުން ކުށެކެވެ.

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
09 Nov 2026 ހަބަރު

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، ރޭގެ ވަގުތެއްގައި ޝާހިދުގެ ރަސްމީ ގެކަމަށްވާ ހ. ރަބީއީމަންޒިލަށް ވަދެ އެ ތަން ބަލައި ފާސްކޮށްފައެވެ.

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި
09 Nov 2026 ހަބަރު

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި

ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ) ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ.

ޝާހިދުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން، ވަރަށް ސީރިއަސް: ރައީސް
09 Nov 2026 ހަބަރު

ޝާހިދުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން، ވަރަށް ސީރިއަސް: ރައީސް

އެއްވެސް ޙާލަތެއްގައި އެއީ ސިޔާސީކަމެއް ނޫން ކަމަށާއި ދުވަހަކުވެސް، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާއި ދޭތެރޭ ފިޔަވަޅެއް އެޅުން އެއީ މިއަދާއި ހަމައަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
09 Nov 2026 ހަބަރު

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކޮލަރޝިޕްގެ ދަށުން ތަފާތު ތައުލީމީ މަރުހަލާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ޑިގްރީ ފެންވަރުގެ ޕްރޮގުރާމްތަކަށް އެޕްލިކޭޝަން ހުށެހެޅޭނެ ކަމަށް މިނިސްޓްރީއިން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި
09 Nov 2026 ހަބަރު

ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 13:30 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ.

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ
09 Nov 2026 ހަބަރު

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ

އެގޮތުން، މިހާރު އެ އިމާރާތުގައި ކުރިއަށްދަނީ އެ އިމާރާތުގެ ފުރާޅު ވަރުގަދަ ކުރުމުގެ މަސައްކަތެވެ.