ކަލަކުވޭ ބިރުވެތިވޭ ދަރުސްގެ ތެރެއިން: ފޮޓޯ/ ވޮއިސް
ކަލަކުވޭ ބިރުވެތިވޭ ދަރުސްގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު 03 Nov 2024 | 12:05

ކަލަކުވޭ ބިރުވެތިވޭ؛ ބަންގީގެ އަޑު އިވޭއިރު ވެސް ވައްކަން ކުރާ މީހާ ވައްކަންކުރަނީ: ޑރ. ޝަމީމް

އަޅުގަނޑުމެންގެ ތެރޭގައި ބަންގީގެ ކަލިމަތަކާމެދު ފުންކޮށް ވިސްނާ މީހުން މަދު ކަމަށާ، ބަންގި ގޮވަމުން ދާއިރުވެސް ފާފަތަކަށް އަރައިގަންނަމީހުން އެކަމުގައި އުޅެމުންދާ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ރޭ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި އޮތް، ”ކަލަކުވޭ ބިރުވެތިވޭ“ ދަރުހުގައު ވާހަކަ ދައްކަވަމުން ޝެއިޚް ޝަމީމް ވިދާޅުވިގޮތުގައި، މިއަދު މުސްލިމުންގެ މައްސަލައަކީ ޔަހޫދީންނާއި ނަޞާރާއިންގެ ވާހަކަ ދައްކާއިރު، އެމީހެއްގެ ވާހަކަ އެމީހަކަށް ދެއްކޭ މިންވަރު މަދުވުމެވެ. އަދި ”އަޅުގަނޑުމެން އަޅުގަނޑުމެންގެ ނަފްސާއި މެދު މާ ބޮޑަށް ޣާފިލުވެފައިވާ“ ކަމަށެވެ.

الله އަށް ބިރުވެތިވުން އެންމެ އައުލާކަން ބޮޑު އަޅުގަނޑުމެން. އަޅުގަނޑުމެންގެ ހިތްތަކަށް އެ ބިރުވަދެ، އަޅުގަނޑުމެންގެ ހިތްތަކުގައި އީމާންކަން އަށަގަނެ، އަޅުގަނޑުމެންގެ ނަފްތައް ތަރުބިއްޔަތު ކުރީމާ، މާތް الله އަޅުގަނޑުމެންނަށް ނަސްރު ދެއްވާނީ. މާތް الله ޔަހޫދީން ނިކަމެތި ކުރައްވާނެ. އެއީ އެކަލާނގެ ވައުދު. މާތް الله ހިންދޫންނާއި، މުޝްރިކުންނާއި، ދައްޖާލަށް ތަބާވާ އެންމެން ނިކަމެތި ކުރައްވާނެ. އަދި ރަސޫލާ ޞޢވ ގެ ސުންނަތަށް ނަސްރު ދެއްވާނެ.

ޑރ. އާދަމް ޝަމީމް

”އެކަމަކު ކޮން ބައެއްގެ އަތް މައްޗަށްތޯ. އީމާންތެރި ބައެއްގެ އަތްމައްޗަށް. ވުޟޫކުރާ އަތްތަކެއްގެ މައްޗަށް. ސަޖިދަކުރާ ނިތްކުރިތަކަކާ. މާތް اللهއަށް ބިރުވެތިވާ ބައެއްގެ މައްޗަށް.“ ޝެއިޚް ވިދާޅުވިއެވެ.

މިއާއެކު ޝެއިޚް ވަނީ ކޮންމެ ދުވަހަކު ފަސް ވަގުތު ”الله اكبر“ އޭ ގޮވާ އަޑު ކަންފަތަށް އިވޭއިރު، އެ ކަލިމަ ފުޅާމެދު ވިސްނާލެވެނީ ކިތައް މީހުންނަށްތޯ ސުވާލު ކުރައްވާފައެވެ.

ބަންގީގެ އަޑު އަންނައިރު، ވައްކަންކުރާ މީހާ ވައްކަންކުރަނީ. ކުޅިވަރުގައި އުޅޭ މީހާ ކުޅިވަރު ކުޅެނީ. ޣާފިލުކަންމަތީ ނިދާފައި އޮތް މީހާ ނިންޖަކުން ނުހޭލާ. ވިޔާނުދާ ޢަމަލުތަކުގައި ތިބި މީހުންނަކަށްވެސް އެ ވަގުތު ކޮޅަށްވެސް ހުއްޓާލަން ހަނދާންނުވާ މީހުން ވަރަށް ގިނަ. އަޅުގަނޑުމެންގެ ޙާލަތު މިއީ.

ޑރ. އާދަމް ޝަމީމް
ކަލަކުވޭ ބިރުވެތިވޭ ދަރުސްގެ ތެރެއިން: ފޮޓޯ/ ވޮއިސް

މިއާއެކު ޝެއިޚް ވިދާޅުވީ، ”الله اكبر“ މި ކަލިމައިގެ މާނަ ތަޞައްވަރުވާ މީހަކަށް ދުނިޔޭގެ މުޞީބާތްތައް އެއީ އެއްވެސް ބޮޑު ކަމަކަށް ނުވާނެ ކަމަށެވެ. އަދި ދުނިޔޭގެ ކަންބޮޑުވުމަކީ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެސް އެމީހަކަށް ނުވާނެ ކަމަށެވެ. އެފަދަ މީހަކަށް ތަޙަންމަލް ނުކުރެވޭވަރުގެ އިމްތިޙާނެއް މި ދުނިޔެމަތީގައި ނާންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެނީ އެ ކަލިމަ ހަނދާނަށް އައުމުން އޭނާގެ ހުރިހާ ކަންބޮޑުވުމެއް ފިލައިގެންދާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. އެހެންކަމުން، އެންމެހައި މުސްލިމުންވެސް، މާތް الله މަޢުރިފާކޮށް ދަސްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މުޖުތަމަޢުގައި އާއްމު ވެފައިވާ ފަސާދަތަކާއި ކުށަތަކުގެ މައްޗަށް ޝެއިޚް ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން، ހައްގަކާއި ނުލައި މީހުން މަރައި، މީހުންނަށް އަނިޔާ ދިނުމާއި، އަންހެނުންނާއި ފިރިހެނުން ކައިވެނި ނުކޮށް ”ކައިވެނި ކޮށްގެން“ އުޅުމާއި، ނުހައްގުން އަނެކާގެ މުދާ ފޭރުން ފަދަ ކަންކަމަށް އަލި އަޅުވާލެއްވިއެވެ.

އެއާއެކު އެފަދަ ކަންކަން ކުރާ މީހަކަށްހުރި އުގޫބާތް ހަނދާންކޮށްދެއްވައި ޝެއިޚް ވިދާޅުވީ މާތްالله ވަހީ ބަސްފުޅުތަކުން އެނގޭ ގޮތުގައި ނަރަކައިގެ ދަރަކީ އިންސާނުންނާ ހިލަ ކަމަށެވެ. އަދި އެ ނަރަކަ މަތިން ހުރަސް ކުރަން ނުޖެހޭނެ އެއްވެސް އިންސާނަކު ނުވާނެ ކަމަށެވެ.

އެހެންކަމުން އަބަދު ވެސް މުންކަރާތެއް ކުރުމުން ލިބޭނެ އަޒާބާމެދު އައިސްފައިވާ ވައީދުގެ ބަސްތައް އަޑުއަހައި ހަނދާންކުރުން މުހިންމު ކަމަށް ޝެއިޚް ޝަމީމް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ %70 މަސައްކަތް އަންނަ އަހަރަށް ނިންމުން: ޒަރީރު
09 Nov 2026 ހަބަރު

އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ %70 މަސައްކަތް އަންނަ އަހަރަށް ނިންމުން: ޒަރީރު

މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް އިތުރު 1.5 ބިލިޔަން ރުފިޔާ ހޭދަވާނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!
09 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ ވަނީ 5 ރުފިޔާގެ ދިވެހި ނޫޓެއް އަނގައިން ވީދާލާފައެވެ. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ގާނޫނީ ގޮތުން ކުށެކެވެ.

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
09 Nov 2026 ހަބަރު

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، ރޭގެ ވަގުތެއްގައި ޝާހިދުގެ ރަސްމީ ގެކަމަށްވާ ހ. ރަބީއީމަންޒިލަށް ވަދެ އެ ތަން ބަލައި ފާސްކޮށްފައެވެ.

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި
09 Nov 2026 ހަބަރު

"ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފި

ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ) ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ.

ޝާހިދުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން، ވަރަށް ސީރިއަސް: ރައީސް
09 Nov 2026 ހަބަރު

ޝާހިދުގެ މައްސަލައަކީ ސިޔާސީ ކަމެއް ނޫން، ވަރަށް ސީރިއަސް: ރައީސް

އެއްވެސް ޙާލަތެއްގައި އެއީ ސިޔާސީކަމެއް ނޫން ކަމަށާއި ދުވަހަކުވެސް، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާއި ދޭތެރޭ ފިޔަވަޅެއް އެޅުން އެއީ މިއަދާއި ހަމައަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
09 Nov 2026 ހަބަރު

ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކޮލަރޝިޕްގެ ދަށުން ތަފާތު ތައުލީމީ މަރުހަލާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ޑިގްރީ ފެންވަރުގެ ޕްރޮގުރާމްތަކަށް އެޕްލިކޭޝަން ހުށެހެޅޭނެ ކަމަށް މިނިސްޓްރީއިން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި
09 Nov 2026 ހަބަރު

ހދ އިން ގދ އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 13:30 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ.

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ
09 Nov 2026 ހަބަރު

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ

އެގޮތުން، މިހާރު އެ އިމާރާތުގައި ކުރިއަށްދަނީ އެ އިމާރާތުގެ ފުރާޅު ވަރުގަދަ ކުރުމުގެ މަސައްކަތެވެ.