ގޫގުލް-- ފޮޓޯ: ދަ ޓައިމްސް
ދުނިޔެ
03 Nov 2024 | 16:31
ރަޝިއާއިން ގޫގުލް 20 ޑެސިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ޔޫޓިއުބްގައި ރަޝިޔާގެ ދައުލަތުގެ މީޑިއާ ޗެނަލްތައް މަނާކުރިކަމަށް ބުނެ، 20 ޑެސިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ޑޮލަރުގެ ގޮތުން އޭގެ މާނައަކީ ގޫގުލް އިން ރަޝިއާއަށް 20،000،000،000،000،000،000،000،000،000،000،000 ޑޮލަރު ދައްކަންޖެހޭ ކަމެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެއް ކުންފުނި ކަމުގައި ވިޔަސް، އެއީ ގޫގުލްގެ އަގުކަމަށްވާ ދެ ޓްރިލިއަން ޑޮލަރަށް ވުރެ މާ ބޮޑު އަދަދެކެވެ.

ހަގީގަތުގައި އެއީ ދުނިޔޭގެ ޖުމްލަ ޖީޑީޕީއަށް ވުރެ މާ ބޮޑު އަދަދަކަށްވާއިރު، ދުނުޔޭގެ ޖުމްލަ ޖީޑީޕީއަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި 110 ޓްރިލިއަން ޑޮލަރެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިއާ ޓާސް އިން މި ހަފްތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިޔާގެ ކޯޓަކުން މީގެ ކުރިން ގޫގުލް އިން ވަނީ ޔޫޓިއުބް ޗެނަލްތައް އަލުން ހޯދުމަށް އަމުރުކޮށްފަ އެވެ. އަދި ލިބޭ ގެއްލުންތަކަށް ކޮންމެ ހަފްތާއަކު ޖޫރިމަނާ އިތުރުވަމުންދާނެކަމަށް ވެސް ވަނީ އެގައުމުގެ ކޯޓުން ނިންމާފައެވެ.

މިކަމާއި ގުޅިގެން ގޫގުލް އިން މިއީ "ގާނޫނީ" ކަމެއްގެ ގޮތުގައި ސިފަކޮށް ބުނީ، މިފަދަ ގާނޫނީ މައްސަލަތަކުން އެ ކުންފުނީގެ އާމްދަނީއަށް އެއްވެސް ލޮޅުމެއް ނާންނާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ