ކުރީގެ މާލީ ވަޒީރު އަމީރު-- ފޮޓޯ: އެމްޑީޕީ
ހަބަރު
07 Nov 2024 | 11:03
ކުރިއަށް އޮތް އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި 8،782 މަގާމު އިތުރުވޭ: އަމީރު

ކުރިއަށް އޮތް އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓްގައި 8،782 މަގާމު އިތުރުވާކަމަށް އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓްގައި، ގާތްގަނޑަކަށް ބައި ލައްކަ މުއައްޒަފުންގެ މުސާރައަށް 14 ބިލިއަން ރުފިޔާ ހިމަނާފައިވާކަމަށެވެ.

މުއައްޒަފުންގެ އަދަދު 2023 ވަނަ އަހަރާއި އަޅާ ބަލާއިރު 37 އިންސައްތަ އިތުރުވެފައިވާކަމަށާއި، 2024 ވަނަ އަހަރާއި އަޅާ ބަލާއިރު، 20 އިންސައްތަ އިތުރުވެގެންދާކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ، 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުނީ 42،823 މުއައްޒަފުންކަމަށާއި، 2025 ވަނަ އަހަރު 51،605 މުއައްޒަފުން ހިމަނާފައިވާއިރު މިއީ 8،782 މަގާމުގެ އިތުރުވުމެއް ކަމަށެވެ.

"2025 ވަނަ ހުށަހަޅާފައި އިން ބަޖެޓްގައި އެބަ ހިމަނާފައިވޭ 51،705 މުއައްޒަފުންނަށް މުސާރަދޭނެ ކަމަށް ބަޖެޓްގައި ހިމަނާފައިވޭ. އެހެންވީމަ ގާތްގަނޑަކަށް 8،782 މަގާމު އެބަ އިތުރުވޭ 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓްގައި،"

އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ފެނިގެންދަނީ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތަކެއް ގެންނަން ޖެހޭ ދަނޑިވަޅެއްގައި، ދައުލަތުގެ މުއައްޒަފުންފެ އަދަދު އިންތިހާއަށް އިތުރުވެގެންދާތަން ކަމަށާއި، މީގެ ތެރޭގައި ގިނައީ ސިޔާސީ ގޮތުން ނެގޭ މުއައްޒަފުން ކަމަށެވެ.

މިނިސްޓްރީތަކާއި އެމްބަސީތައް ހުޅުވައި، މުއައްޒަފުން އިތުރުކުރާވަރަކަށް ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ، ރާއްޖޭގައި އޮތް ޕެރެލަލް މާކެޓްވެސް އިތުރަށް ގޯސްވާނެކަން ފާހަގަވެގެންދާކަމަށް އަމީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.