މީޑިއާ ކައުންސިލްގެ 2024 ގެ އެވޯޑް ހަފްލާގެތެރެއިން
ހަބަރު
09 Nov 2024 | 10:56
ހިޔާލު: ނޫސްވެރިކަމުގެ އަޚްލާގީ މިންގަޑާއި މިފަހަރު ޚިލާފް މިވީ، ސީދާ މީޑިއާކައުންސިލުން؟

މޯލްޑިވްސް މީޑިއާ ކައުންސިލުން އޮކްޓޫބަރ މަހުގެ 30 ވަނަ ދުވަހުގެރޭ ބޭއްވި އެވޯޑް ހަފްލާގައި ތަހްގީގީ ނޫސްވެރިކަމުގެ ކެޓަގަރީގެތެރެއިން ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ދިން އެވޯޑްގެ މައްސަލާގައި އެކައުންސިލުން ދެ އިރު ދެދަޅައަށް ނޫސްބަޔާން ނެރެ އަމަލުކުރަމުންދާގޮތުން ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ މަތީ އެތިކްސް ދަމަހައްޓާ ދައުލަތުގެ ރެގިއުލޭޓްރީ ބޮޑީގެ ކްރެޑިބިލިޓީއާމެދު ސުވާލު އުފެދޭ ދަރަޖައަކަށް ކަންކަން މިހާރުވަނީ ގޮސްފައެވެ.

އެމްއެމްސީއަށް ވަރަށް ބޮޑަށް ތުހުމަތުތަކެއް ކުރެވި ބޮޑު މައްސަލައެއްގެ ގޮތުގައި ވެފައި ވަނީ މިދިޔަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި '' އަދަދު" އޮންލައިނުން އިންތިޚާބުގައި އޭރުގެ އިދިކޮޅު ޕާޓީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދޮންމަންމަގެ އިންޓަވިއުއެއް ނަގައިގެން " ސްކީލާން"ގެ ނަމުގައި ތައްޔާރު ކުރި ވީޑިއޯއަކަށް ތަހްގީގީ ނޫސްވެރިކަމުގެ ވިޝުއަލް ކެޓަގަރީން ފަނޑިޔާރުން ބަލައި އެއަށް ގައުމީ އެވޯޑެއްދޭންޖެހޭ ވަރުގެ އެއްޗެއްގެ ގޮތުގައި ކަނޑައަޅައި އެވޯޑު ދިނުމުންނެވެ.

މި އެވޯޑުގެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވި ބޮޑު ބަހުސަކަށްވެފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން އަމަލުކޮށްފައިވާ ގޮތުންނާއި އެވޯޑު ދިނުމަށްފަހު ދެން ހިގައިދިޔަ ކަންތައްތަކާ ގުޅިގެންނެވެ. އެވޯޑަށްފަހު ފެނިގެންގޮސްފައިވަނީ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާގެ ވަޒީފާ އޭނާ ވަޒީފާ އަދާކުރާ ޕީއެސްއެމުން ގެއްލުވައިލައި އަނެއްކާ އަލުން ރުޖޫއަކޮށް، އޭގެފަހުން އޭނާ ކައުންސިލްގެ ލެޓަރހެޑްގައި ބަޔާނެއް ނެރެ އެއީ ކައުންސިލްގެ ރައީސަށް އެއްވެސްވަރަކަށް އެނގުމެއްނެތި އަދި ކައުންސިލްގެ ވަކި މެންބަރަކު އިންވޯލްވެގެން ހިންގިކަމެއްކަމަށް ވިދާޅުވެ ބަޔާން ނެރުއްވުމާއި، އެވޯޑަށް އިންސާފުކުރި ފަނޑިޔާރުން ވެސް އެމީހުން މިއެވޯޑުން ބަރީއަވެގެންވާކަން ފާޅުކޮށް ބަޔާނެއް ނެރުމާއި، އެވޯޑުދިނުމުގެ ކަންކަން ހިންގިގޮތް ބަލަން އޭސީސީން މީޑިއާ ކައުންސިލަށްވަދެ އަމަލުކުރި ގޮތުގެ ލިޔެކިޔުންތައް ގެންދިއުމާއި އެންމެފަހުން ކައުންސިލުގެ ނަމުގައި އަނެއްކާވެސް ބަޔާނެއް ލިޔެ ރަސްމީ ތައްގަނޑު ޖަހައި ޕަބްލިކަށްނެރެފައިވާ ތަނެވެ. މިކަންކަމުން ސްކީލާން ވީޑިއޯއަށް އެވޯޑު ދިނުމުގައި ވަރަށް ބޮޑެތި ކަންތައްތަކެއް އޭގެފަހަތުގައި ހިގައި އަދި މިހާރުވެސް ހިނގަމުންދާކަން ދޭހަވެއެވެ.

އެމްއެމްސީގެ އެތެރޭގައި ކަންކަން ހިގައިދިޔަ ގޮތް ދަންނަ ފަރާތްތަކުން ބުނާގޮތުގައި ތަހްގީގީ ނޫސްވެރިކަމުގެ ކެޓަގަރީގެ ތެރެއަށް ސްކީލާން ވީޑިއޯ ވައްދައިގެން އެންމެފަހުން ޖަލްސާގެ އެވޯޑު ދިނުމާއި ހަމައަށް ގެންގޮސްފައިވަނީ ވަރަށް އާދަޔާއި ޚިލާފް ސިއްރުވެރި ގޮތަކަށެވެ. އިންތިޚާބުގެ ތެރޭގައި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމާއި ދާދި ގާތްވެފައިވަނިކޮށް މި ވީޑިއޯއެއް ނެރުމުން އެއީ އެންޓި ކޭމްޕެއިން ވީޑިއޯއެއްގެ ގޮތުގައި އިދކޮޅު ޕާޓީން ތުހުމަތު ކުރިއެވެ. އެވީޑޯގައި ފަތުރާފައިވާ ވާހަކަތައް ދޮގުކޮށް އެއީ އިންތިޚާބަށް ނުފޫޒުފޯރުވުމަށް ގިންހިކަމެއްކަމަށް ތުހުމަތުކޮށް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެޕާޓީން ބަޔާން ނެރެ، އެމައްސަލަ ބްރޯޑްކޮމަށާއި އެހެން މުއައްސަސާތަކށް ހުށަހެޅިއެވެ.

ސްކީލާން ވީޑިއޯއަށް މިފަހަރު އެވޯޑް ދިނުމުން މީޑިއާ ކައުންސިލްގެ ރައީސް ނެރުނު ބަޔާނުގައި އިލެކްޝަން ދުވަސްވަރު ވީޑިއޯ ނެރުމުން އޭރުވެސް އޭގައި ހުރި މީޑިއާ ކައުންސިލްގެ އެތިކްސްއާއި ޚިލާފް މައްސަލަތަކެއް ފާހަގަކޮށް ކައުންސިލުން ބަޔާނެއް ނެރުނުކަން ފާހަގަކޮށްފައި ވެއެވެ. އަދި އޭރު ކައުންސިލްގައި އެކަމުގައި އެންމެ އިސްކޮށް އުޅުއްވި މެންބަރުވެސް އެކަން ފާހަގަކުރެއެވެ. ބަޔާން ޖެނެރަލައިޒްކޮށްފައި އޮތަސް އެބަޔާނަކީ ސީދާ ސްކީލާން ވީޑިއޯއާއި ގުޅިގެން އުފެދުނު މައްސަލަތަކަށް ވަރަށް ބޮޑަށް އަމާޒުކުރި ބަޔާނެއްކަމަށް ވެސް ބުނެއެވެ.

މައްސަލައަކީ އެޥީޑިއޯއަކީ މީޑިއާކައުންސިލްގެ އަޚްލާގީ މިންގަޑާއި ފުށުއަރާ ކޮންޓެންޓެއްކަމަށް ގަބޫލުކޮށް ބަޔާން ނެރެފައި އެއަށް އެވޯޑްދިނުމަށް ކައުންސިލްގެ ތެރެއަށް ވައްދައި އެވޯޑް ހައްގުވާކަމަށް ކަނޑައެޅުމުންނެވެ. މިކަމުން އެއްކަމެއް ދޭހަވެއެވެ. މީޑިއާކައުންސިލަކީ އެކުންސިލުގެ ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އަދި އެގާނޫންގެ ދަށުން ހެދިފައިވާ އަޚްލާގީ މިންގަޑަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކު ތިބި ތަނަކަށް ނުވުމެވެ. އެތަން ހިންގަން ތިބި ފަރާތްތަކަކީ ގާނޫނާއި ގަވާއިދާއި ހިފަހައްޓަންޖެހޭ އަޚްލާގީ މިންގަޑަށްވުރެ މަތިން އަމިއްލައަށް ހިތަށް އެރިގޮތަކަށް ކަންކަން ކުރުމުގެ އާރާއިބާރު އޮތް ބަޔެއް ކަމަށް ދެކުމެވެ. ދައުލަތުގެ ރެގިއުލޭޓަރީ ބޮޑީއެއް ހިންގަން ޕްރޮފެޝަނަލިޒަމާއި ގާނޫންތަކާއި އާއްމު މަސްލަހަތަށް ބެލުމެއްނެތި އަމިއްލަ ޒާތީ މަސްލަހަތު އިސްކުރުމާއި ސިޔާސީ އެކްޓިވިޒަމް ކުރިއެރުވުމާއި ކޮރަޕްޝަނާއި ފަސާދައަށް ލޯބިކުރާ ބަޔަކު ވައްދައިފި ތަނެއް ސަހަލު ގޮތަކަށް ނޯންނާނެއެވެ. މީޑިއާ ކައުންސިލުގެތެރެއިން މިއަދު އެފެންނަނީ އެމަންޒަރެވެ. ދައުލަތުގެ މުއައްސަސާއެއްގެ އަގުވައްޓާލައިފިއެވެ. މީޑިއާ ކައުންސިލް އެކަންޏެއް ނޫނެވެ. ދައުލަތުގެ ވަރަށް ގިނަ މުއައްސަސާތަކަކީ އެތަންތަން ހިންގަން ތިބޭ ބަޔަކު ދައުލަތުން ވައްކަން ކުރުމަށާއި އަމިއްލަ ޒާތީ ފައިދާ ނަގާ ތަންތަން ކަމަށް ވަރަށް ގިނަ މީހުން ބުނާތީ އިވެއެވެ. އޭސީސީއެއް އެޗްއާރްސީއެމެއް މީޑިއާ ކައުންސިލެއް ކިޔާނެކަމެއް ނެތެވެ.

މީޑިއާ ކައުންސިލުން އެވޯޑުދިނުމުގައި އެކައުންސިލުގެ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތައް މުގުރައިލައި ނަހަމަ ނުފޫޒުތަކެއް ފޯރުވައިފައިވާނަމަ އެކަންކުރި ބައެއްގެ މައްޗަށް ފިޔަވަޅު އެޅެންޖެހޭނެއެވެ. ތަހްގީގު ކުރެވޭނެ އަދި ފިޔަވަޅު އެޅޭނެ މެކޭނިޒަމެއް އެކައުންސިލްތެރޭގައި ވާނެ ކަމަށް ގަބޫލު ކުރެވެއެވެ. ކައުންސިލްގެތެރެއިން އިވިފައިވާގޮތުން މިއެވޯޑަށް ފަނޑިޔާރުން ދިން މާކްސްއާއި އަދި އެވޯޑު ހަފްލާގައި ދައްކާނެ ވީޑިއޯކޮޅަށްދަންދެން ގެންގުޅުނު މީހާ ގެންގުޅެފައިވަނީ ކައުންސިލްގެ އެހެން މެންބަރުންނަށް ސިއްރުންނެވެ. ކައުންސިލްގެ ރައީސްގެ ޑިޖިޓަލް ސޮއި ލިޔުންތަކުގައި ޖެހިއިރު އެ ސޮއިޖަހަނީ ކޯއްޗެއްގައިކަން އޭނާއަކަށް ވެސް ނާންގައެވެ. ތިމާގެ ސޮއި ބޭނުންކުރާއިރު އެސޮއިދެވުނީ ކޯއްޗެއްކަން ނޭނގުނު ކަމަށް ބުނުމަކީ ވަރަށް ހެއްވާ އަދި ހިނިއަންނަ ޒާތުގެ ކަމެކެވެ. މީހަކަށް ނޭނގި އެމީހެއްގެ ސޮއިބޭނުންކޮށްގެން މުއާމަލާތެއް ކޮށްފިނަމަ އެމުއާމަލާތެއް ހިންގި މީހަކު ކުށްވެރިވާނެއެވެ. ގާނޫނީ ގޮޅިއަކަށް ފެތޭނެއެވެ. އެވޯޑްހަފްލާގައި ދައްކާ ވީޑިއޯކޮޅު ސިއްރުން ގެންގުޅުނު ގޮތަކަށް ގެންގުޅެފައި ކައުންސިލްގެ ގިނަ މެންބަރުންނަށް ފެނުނީ ޖަލްސާގައި އެޅުވީމައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
26 Jun 2026
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި
މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.