ފުދިއްޖެ، ފުނޑިއްޖެ ޖަލްސާގައި އީސް ސޯލިހު ވާހަކަފުޅުދައްކަވަނީ.. ފޮޓޯ/ އެމްޑީޕީ
ހަބަރު
12 Nov 2024 | 22:36
މިއަދު ގައުމު ސަލާމަތްވެފައި މިއޮތީ އެމްޑީޕީ ސަރުކާރުން ކުރި މަސައްކަތުން: ރައީސް ސޯލިހު

މިއަދު ޤައުމު ސަލާމަތުން މިއޮތީ ކޮވިޑާއި ގުޅިގެން އެމްޑީޕީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ލޯނުތައް ނެގި ވާހަކަ ދައްކާއިރު، އެކަން ކުރަންޖެހުނު ސަބަބާއި މިއަދު ހާލަތު އޮތްގޮތާއި އަޅާކިޔަން ޖެހޭ ކަމަށެވެ. ކޮވިޑް ތެރޭގައި ކަންވެގެން ދިޔަގޮތުން ދުނިޔެ ދެކެފައިނުވާވަރުގެ އާލަމީ ވަބާއެއް ކުރިމަތިވެގެން ދިޔަކަމަށާއި އެކަމުގެ ސަބަބުން ދައުލަތަށް ލިބެމުން އައި އާމްދަނީ ހުއްޓުމަކަށް އައިކަމަށެވެ.

ދައުލަތުގެ ރިޒާވްފައި އޭރު ފައިސާނެތްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައީސް ޔާމީނު ވެރިކަން ނިމިގެންދިޔައިރު ދައުލަތުގެ ރިޒާވްގައި އެއެް ބިލިއަން ޑޮލަރު ހުންނާނޭކަމަށް ވިދާޅުވަމުންދިޔަ ނަމަވެސް އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރު ނިމުނުއިރު، ދައުލަތުގެ ރިޒާވްގައި ހުރީ 572 މިލިއަން ޑޮލަރު ކަމަށެވެ. އަދި  ބޭނުން ކުރެވޭ ރިޒާވްގައި 200 މިލިއަން ޑޮލަރުވެސް ނެތްކަމަށެވެ. ދައުލަތުގެ ރިޒާވްގައި އެއްޗެއް ހުރިނަމަ ހުރީ ޖީއެމްއާރަށްދީ ނިންމާފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ދައުލަތެއްގެ އެ އޮންނަ ވެރިކަމެއްގެ ބޭނުމަކީ ރައްޔިތުންނަށް ޖެހޭ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި އެހީތެރިވެ ދިނުން ކަމަށާއި މިގޮތުން ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި މުސާރަބަރާބަރަށް ދެވުނުއިރު، ވަޒީފާއިން އެއްވެސް މީހަކު ވަކިކޮށްފައި ނުވާއިރު، ރިސޯތްތަކުގެ ކުލިވެސް ފަސްކޮށްދެވުނު ކަމަށެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ލޯނާއި އެހީތެރިކަންވެސް ދީފައިވާނޭކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަދު މިހާލަތުގައި ޤައުމު ފެންނަން މިއޮތީ އޭރު އެޅި ފިޔަވަޅުތަކުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ކެރިގެން މިދަންނަވަނީ އެއީ (ލޯނުތައް ނެގުމަކީ) ކުރެވުނު ރަނގަޅު ކަމެކޭ. މިއަދު މިގައުމު ސަލާމަތްވެފައި މިއޮތީ އެދުވަހު އަޅުގަނޑުމެން ކުރި މަސައްކަތުން. 2022 ވަނަ އަހަރާ ހަމަޔަށް އާއިރު އިގްތިސާދު އޭރު އޮތް ހާލަތަށް ދިޔައީ އެރު އެގޮތަށް ހެދީމައި

ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު މިފެންނަނީ އިގްތިސާދު ހުއްޓިފައި އޮތްތަން ކަމަށާއި ދުނިޔެއަށް އިގްތިސާދީ ގޮތުން ލޮޅުމެއް ނައިސް ރާއްޖޭގެ މާލީ ހާލަތު މިހާ ދަށަށް މިދިޔައީ ހިންގަން ނޭނގުނުކަމުން ކަމަށެވެ. 

މި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އަދުގެ ސަރުކާރުގެ މިޝްރާބު މިއަދު ހުރީ ބާރުތަށް މުށުތެރެއަށް ލައިގެން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފޭރިގަންނަން ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މިނިވަން މުއައްސަސާތަކުގެ ބައެއް ވެރިންނާއި މެމްބަރުން ވަކިކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބާރުތައް މުށުތެރެއަށް ޖަމާކޮށް 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ފޭރިގަންނަން ކަމަށެވެ. 

ރައީސް ސޯލިހްވަނީ މިކަންކުރަން ސަރުކާރަށް ފުރުސަތު ދީގެން ނުވާނޭކަން ފާހަގަކުރައްވައި، އެކަމާ ދެކޮޅަށް އެންމެން ތެދުވަން ޖެހޭކަން ފާހަގަކުރެައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.