އެމްއެމްއޭ
ހަބަރު
13 Nov 2024 | 21:19
އައު ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން ލައިސަންސް ނުނަގަނީ، އެންމެ ރިސޯޓަކުން: އެމްއެމްއޭ

ޑޮލަރު މާރުކުރުމުގެ އައު ގަވާއިދުގެ ދަށުން މިހާތަނަށް ރަޖިސްޓްރީވެފައި ނުވަނީ އެންމެ ރިސޯޓަކުންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

ޑޮލަރު މާރުކުރުމުގެ އައު ގަވާއިދަށް އަމަލުކުރުން ހުއްޓާލުމަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެދިވަޑައިގެން މަރުކަޒީ ބޭންކުގެ ގަވަރުނަރަށް ފޮނުވި ސިޓީއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. 

މިކަމާ ގުޅިގެން މަރުކަޒީ ބޭންކުން މިރޭ ބުނީ، ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރާއްޖޭގައި އޮޕަރޭޓްކުރާ އެކެއް ރިސޯޓު ފިޔަވައި އެހެން ހުރިހާ ރިސޯޓަކުން ރަޖިސްޓަރީ ވެފައިވާކަމަށެވެ. ރަޖިސްޓްރީ ނުވަނީ ކޮން ރިސޯޓަކުންކަން މަރުކަޒީ ބޭންކަކުން ނުބުނެއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ސިޓީއަށް ބަލާއިރު، ޑޮލަރު މާރުކުރުމުގެ އައު އުސޫލަށް އަމަލުކުރުން ހުއްޓާލުމަށް އެދި އުއްޗު ގަވަރުނަރަށް ސިޓީ ފޮނުވާފައިވަނީ، ޗަމްޕާ އާއިލާއަށް ނިސްބަތްވާ ބައެއް ރިސޯޓްތައް ހިންގަމުން އަންނަ ކުރެއްދޫ ހޯލްޑިންގްސް ކުންފުނީގެ ލެޓާހެޑުގައެވެ. 

އުއްޗު ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ރިސޯޓަށް އަންނަ ފަތުރުވެރިންގެ ނިސްބަތުން ކޮންމެ މަހަކު ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ޑޮލަރު މާރުކުރުމަކީ ވިޔަފާރީގެ އުސޫލުން ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެގޮތުން މިއީ ވިޔަފާރިތަކަށް ގެއްލުންބޮޑު ކަމެއްކަމަށް އުއްޗުގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

ސިޓީގައި އުއްޗު ވިދާޅުވީ ޓޫރިޒަމް ވިޔަފާރިވެރިންނާ މަޝްވަރާކުރުމެއްނެތި އަމަލުކުރުމަށް ނިންމި ޑޮލަރު މާރުކުރުމާ ބެހޭ އައު ގަވާއިދު އަލުން މުރާޖައާކުރުމަށް އެދިވަޑައިގަންނަވާފައެވެ. އުއްޗު ވިދާޅުވީ އެދިވަޑައިގެންނެވިގޮތަށް މިކަމުގައި ސަރުކާރުން އަވަސް ފިޔަވަޅެއް އަޅުއްވާނޭކަން ޔަގީންކުރާ ކަމަށާއި، ސަރުކާރާއެކު މިކަމުގައި އެއްގަލަކަށް އަރައިގެން ވާހަކަދެއްކުމަށް ތައްޔާރަށް އޮތްކަމަށެވެ. 

އެންމެ ރިސޯޓެއް ފިޔަވައި ދެންހުރި ހުރިހާ ރިސޯޓަކުން ޑޮލަރު މާރުކުރުމަށް ރަޖިސްޓްރީވެފައިވާއިރު ރާއްޖޭގައި މިހާރު އޮޕަރޭޓްކުރަމުން އަންނަ 174 ރިސޯޓް އެބައޮތެވެ.

މަރުކަޒީ ބޭންކުން ވަނީ، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކުން ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށްއޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހު، އައު އުސޫލެއް އެކުލަވާލާފައެވެ.

މަނީޗޭންޖިން ވިޔަފާރިއާ ބެހޭ ޤަވައިދުގެ ދަށުން އެމްއެމްއޭއިން ވަނީ ރާއްޖޭގައި ޓޫރިޒަމް ވިޔަފާރިކުރާ ތަންތަނަށް، އެތަންތަނަށް ވަންނަ ޑޮލަރު އާމްދަނީން ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރުމަށް ލާޒިމްކޮށްފައެވެ. އެގޮތުން ކެޓަގަރީ އޭގައި ހިމެނޭ، ޓޫރިސްޓް ރިޒޯޓުތަކާއި، ހޮޓާތަކާއި، އުޅަނދުތަކާއި އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކެޓަގަރީ ބީގައި ހިމެނޭ ތަންތަނުން މާރުކުރަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ޓޫރިސްޓަކަށް 25 ޑޮލަރެވެ. ކެޓަގަރީ ބީގެ ގޮތުގައި ކަނޑައަޅާފައިވަނީ 50 ކޮޓަރި، ނުވަތަ އެއަށްވުރެ މަދުން ކޮޓަރި ހުންނަ ތަންތަނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.