ވަޒީރު ސައީދު ހަފްތާ 52 ޕެނަލް ޑިސްކަޝަންގައި
ހަބަރު
14 Nov 2024 | 11:15
ވަޒީރު ސައީދު މިދިޔަ ސަރުކާރަށް: ކޮވިޑުގައި ހިލޭ އެހީގެ ގޮތުގައި ލިބުން 4 ބިލިޔަން ރުފިޔާ ކޮބާ؟

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި މިދިޔަ ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި އެކި އެކި ބޭންކު ތަކުންނާއި ޖަމިއްޔާތައް އަދި ގައުމުތަކުން ލިބުނު 4 ބިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގޭކަމަށް އގްތިޞާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

 "ހަފްތާ52"ގެ ނަމުގައި ކުރިއަށްގެންދިޔަ ހާއްސަ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ކޮވިޑާއި ގުޅިގެން ރާއްޖޭގެ ހާލަތު މެނޭޖު ކުރުމަށްޓަކައި، އެކި ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި 565 މިލިޔަން ޑޮލަރު ނުވަތަ 8.7 ބިލިޔަން ރުފިޔާގެ ހިލޭ އެހީ ދިން ކަމަށެވެ.

އެހެންނަމަވެސް، މިދިޔަ ސަރުކާރުގެ އެކްސްޕެންޑިޗަރ ރިޕޯޓްތަކުން ދައްކާގޮތުގައި، ކޮވިޑާއި ގުޅިގެން ހޭދަކޮށްފައިވަނީ  4.2 ބިލިޔަން ރުފިޔާ ކަމަށާއި، އަނެއް 4 ބިލިޔަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

މިކަން ފާހަގަކުރައްވާ ވަޒީރު ސައީދު ވިދާޅުވީ، އެ ފައިސާއަށް ވީ ގޮތާއި އެ ފައިސާ ލިބުނު އެކައުންޓްތައް ނުބެލޭކަމަށްވާނަމަ،  ރައްޔިތުންގެ އިތުބާރު އެބަޔަކާ ދޭތެރޭގައި ގެއްލިގެންދާތަން މާޒީގައި ފެނިފައިވާކަމަށާއި، ދައުލަތުން ވައްކަން ކޮށްފިކަމަށްވާނަމަ އެކަން ބެލޭނެ ޖާގަ މިއަދު އެބައޮތްކަމަށެވެ.

"އަޅުގަނޑުގެ ސުވާލަކީ ކޮބާހޭ ކޯވިޑަށް ލިބުނު އަނެއް 4 ބިލިޔަން ރުފިޔާ. އެ ފައިސާއަށް ވީ ގޮތާއި ކޮންބައެއްގެ އެކައުންޓްތަކަކަށްތޯ، އެ ފައިސާ ދިޔައީ ނުބެލޭކަމަށްވަންޏާ ރައްޔިތުންގެ އިތުބާރު އެބަޔަކާ ދޭތެރޭގައި ގެއްލިގެންދާތަން މާޒީގައި ފެނިފައި އޮތީ. ދައުލަތުން ވައްކަން ކޮށްފިކަމަށްވާނަމަ އެކަން ބެލޭނެ ޖާގަ މިއަދު އެބައޮތް،" 

ވަޒީރު ސައީދު ވިދާޅުވިއެވެ.

މިއާއިއެކު، ވަޒީރު ސައީދު ވިދާޅުވީ، ކޮވިޑާ ބެހޭ އޮޑިޓެއް ސަރުކާރުން ހަދަމުންދާ ކަމަށާއި އެ އޮޑިޓް ނިމުމުން ކުރީ ސަރުކާރުން ވެފައިވާ ޚިޔާނާތުގެ ތަފްޞީލު އެނގިގެންދާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.