ޔުނިވާސަލްގެ ޗެއާމަން އެމްޔޫމަނިކް
ހަބަރު
14 Nov 2024 | 15:33
ޑޮލަރު މާރުކުރުމުގެ ގަވައިދު މުރާޖާކޮށްދިނުމަށް ޔުނިވާސަލް އިންވެސް އެދިއްޖެ

ޑޮލަރު މާރުކުރުމާ ގުޅޭގޮތުން މަރުކަޒީ ބޭންކުން މިފަހުން ހެދި ގަވާއިދު މުރާޖައާކޮށްދިނުމަށް ރާއްޖޭގެ އެންމެބޮޑު ރިސޯޓް އޮޕަރޭޓްކުރާ ކުންފުނި، ޔުނިވާސަލް އިން އެދިއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) ގެ ގަވަރުނަރަށް ފޮނުވި ސިޓީފުޅެއްގައި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ޑޮލަރު މާރުކުރުމުގެ އައު ގަވާއިދަށް އަމަލުކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މި ސިޓީގައި އެމްޔޫމަނިކް ވިދާޅުވެފައިވަނީ، ޑޮލަރު މާރުކުރުމުގެ ގަވާއިދު މިހާރު އޮތްގޮތުން ރިސޯޓް ވިޔަފާރިތަކަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ޑޮލަރު މާރުކުރުމުގެ ގަވާއިދު އެކުލަވާލާފައިވަނީ ޓޫރިޒަމް އިންޑަރސްޓްރީގެ ވިޔަފާރިވެރިންނާ މަޝްވަރާނުކޮށްކަން މި ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. ރިސޯޓްތަކަށް ކުރާ ހަރަދުގެ ބޮޑު އިންސައްތަ ހޭދަކުރަނީ ޑޮލަރުންކަމަށާއި، އަދި ރިސޯޓްތަކަށް އަންނަ ފަތުރުވެރިން އެމީހުންގެ ދަރިން ގޮވައިގެން އަންނައިރު، ގަވާއިދު ހެދިއިރު މިކަންކަމަށް ވިސްނާފައި ނުވާކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

އެމްޔޫ މަނިކުގެ ސިޓީގައި ވިދާޅުވެފައިވަނީ މިކަމުގައި މަޝްވަރާއަށްގޮސް ޓޫރިޒަމް ވިޔަފާރިއަށް ގެއްލުން ނުވާނޭ ފަދަ ގޮތަކަށް ޑޮލަރު މާރުކުރުމުގެ އުސޫލު ގާއިމްކުރަން ޖެހޭ ކަމަށެވެ.

ޑޮލަރު މާރުކުރުމުގެ ގަވާއިދު އިސްލާހުކުރަންޖެހޭ ކަމަށް އެމްޔޫމަނިކް ފާހަގަކޮށްފައިވާއިރު، ޓޫރިޒަމްގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ ވެސް ވަނީ އެ ގަވާއިދު މުރާޖައާކޮށް އިސްލާހުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

އުއްޗު ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ރިސޯޓަށް އަންނަ ފަތުރުވެރިންގެ ނިސްބަތުން ކޮންމެ މަހަކު ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ޑޮލަރު މާރުކުރުމަކީ ވިޔަފާރީގެ އުސޫލުން ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެގޮތުން މިއީ ވިޔަފާރިތަކަށް ގެއްލުންބޮޑު ކަމެއްކަމަށް އުއްޗުގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.