ޒަރިޔަންދު
ހަބަރު
15 Nov 2024 | 14:58
ބައެއް ވިޔަފާރިވެރިން ޑޮލަރު މާރުކުރަން ފޫކަހަނީ، ޓެކްސްއަށް ހަދާ މަކަރު އެނގިދާނެތީ: ޒަރިޔަންދު

މަރުކަޒީ ބޭންކުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ބައެއް ވިޔަފާރިވެރިން ޑޮލަރު މާރުކުރަން ފޫކަހަނީ, ޓެކްސްއަށް ހަދާ މަކަރު އެނގިދާނެތީކަމަށް ކުރީގެ ޓެންޑާ ބޯޑުގެ މެމްބަރުކަން ކުރެއްވި އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޑޮލަރު މާރުކުރުމާ ގުޅޭގޮތުން މަރުކަޒީ ބޭންކުން މިފަހުން ހެދި ގަވާއިދު މުރާޖައާ ކުރަންޖެހޭކަމަށް ބުނެ، ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ، ޗަމްޕާ އަދި ޔުނިވާސަލް އިން ވަނީ ޑޮލަރު މާރުކުރުމާ ދެކޮޅަށް ބަޔާންނެރެފައެވެ. އެ ފަރާތްތަކުން ނެރުނު ބަޔާންތަކުގައި ފާހަގަކޮށްފައިވަނީ މަރުކަޒީ ބޭންކުން އަންގާފައިވާގޮތަށް ޑޮލަރު މާރުކުރެވެން ނެތްކަމެވެ.

މިކަމާ ގުޅިގެން ކްލަބް ހައުސްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ޑޮލަރު މާރުކުރުމާ ދެކޮޅު ވިޔަފާރިތަކުން އެކަން ކުރަން އުޅެނީ އެމީހުން ހުށަހަޅަންޖެހޭ ބަޔާންތަކުން ދައުލަތަށް ކަމެއް އެނގިދާނެތީކަމަށެވެ. މިގޮތުން ބޮޑެތި އެ ވިޔަފާރިވެރިން ޑޮލަރުމާރުކުރަން ފޫކަހަނީ،  ޑޮލަރު މާރުކުރަން ހުށަހަޅަންޖެހޭ ބަޔާންތަކުން އެބައިމީހުން ޓެކްސްއަށް މަކަރުހަދަން ގެންގުޅޭ އުކުޅުތައް އެނގިދާނެތީކަން ޒަރިޔަންދުގެ ވާހަކައިގަ ފާހަގަކުރެއްވިއެވެ.

ޒަރިޔަންދު ވިދާޅުވީ މިސާލެއްގެ ގޮތުގައި ނަގާނަމަ، ޔުނިވާސަލް ގްރޫޕުން 500 ޑޮލަރު މާރުކުރަން ފަސްޖެހެންވީ ސަބަބެއް ނެތްކަމަށާއި، އެކުންފުނިން އެކަނިވެސް މުއައްޒަފުންނަށް މުސާރަ ދިނުމަށާއި، ސަޕްލަޔަރުންނަށް ފައިސާ ދެއްކުމަށް ބޮޑެތި އަދަދުތަކުން ޑޮލަރު މާރުކުރާނޭކަމަށެވެ. 

ތެއޮ ގަންނަންވެސް ޑޮލަރު މާރުކުރާނެ އެހާގިނައިން. އެހެންވީމާ އެއީކީ ލޮޖިކަލީވެސް ގަބޫލުކުރަން އެހާ ފަސޭހަވާހަކައެއްނޫން. 

ޒަރިޔަންދު ވިދާޅުވިއެވެ

ޒަރިޔަންދު ވިދާޅުވީ ކޮންމެ މަހެއްގައި އެ އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން 500 ޑޮލަރު މާރުކުރަން ދެކޮޅުހަދަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމަށް ތިންމަހެއްހާ ދުވަހުގެ މުއްދަތެއް ލިބިގެންދާކަމަށެވެ. އެހެންކަމުން 500 ޑޮލަރު މާރުކުރަންޖެހުމަކީ ކަންބޮޑުވާންޖެހޭވަރުގެ ކަމެއް ނޫންކަމަށާއި، މިބާވަތުގެ ކަންކަމުގައި ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިން ބައެއް މީހުންގެ ކަންކަން ހުންނަ އުސޫލު ދިވެހިންނަށް އޮޅިފައި ނުވާކަމަށް ޒަރިޔަންދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބޭރުފައިސާ ލިބުމުގެ މައްސަލައަކީ ޒަމާނުއްސުރެ އޮތް ޤައުމީ ބޮޑު މައްސަލައެކެވެ. ބޭންކްތަކަށް ޑޮލަރު ނުލިބޭ ވާހަކައަކީ ބޭންކުތަކުންވެސް ފާހަގަކުރާ ބޮޑު މައްސަލައެކެވެ.

ރާއްޖޭގައި ބޭރުފައިސާގެ ގަވާއިދަށް ބަލާއިރު، މިހާތަނަށް އަމަލުކުރަމުން އައިސްފައިވަނީ 1987 ހިސާބުގައި ވުޖޫދަށް ގެނެސްފައިވާ ގަވާއިދަކުންނެވެ.

މަރުކަޒީ ބޭންކުން ވަނީ މިހިނގާ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭރުފައިސާ ގަނެ ވިއްކުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ބޭރުފައިސާ ގަނެވިއްކުމުގެ ގަވާއިދަށް ގެނައި ބަދަލާއެކު، ޓޫރިޒަމް ވިޔަފާރިތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީގެ ވަކި އިންސައްތައެއް ބީއެމްއެލް މެދުވެރިކޮށް މާރުކުރުން ލާޒިމް ވެއެވެ. ގިނަ ރައްޔިތުން ގަބޫލުކުރާގޮތުގައި މަރުކަޒީ ބޭންކުން މި ގެނައި ބަދަލާއެކު ބޭންކުތަކަށް ޑޮލަރު ލިބޭނޭމަގު ޔަގީންވެގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.